ގަތަރާއި އީރާނު އަދި ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން ކަނޑާލާފައިވާ ގުޅުން، އަލުން ގާއިމު ކުރައްވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
11 އޯގަސްޓް 2018
ގަތަރާއި އީރާނު އަދި ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން ކަނޑާލާފައިވާ ގުޅުން، އަލުން ގާއިމު ކުރައްވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގަތަރާއި އީރާނު އަދި ކޮމަންވެލްތާއެކު އޮތް ގުޅުން ކަނޑާލުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ރާއްޖެއަށް ކުރިމަތިވި ކަމަށެވެ. އެގޮތުން ގަތަރަކީ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އެހީދޭ ގައުމެއް ކަމަށާއި ކޮމަންވެލްތުގެ ސަބަބުން ބޭރު ގައުމުތަކުގައި ކިޔެވުމަށް ސްކޮލަޝިޕް ލިބި އަދި އެކި ކުޅިވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ދިވެހި ސަރުކާރުން އެ ފަރާތްތަކާ ގުޅުން ކަނޑާލުމުން، އެ ފުރުސަތު ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް ގެއްލިިފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
ގަތަރާއެކު ރާއްޖޭން ބާއްވަމުން އައި ޑިމޮކްރަޓިކް ގުޅުން، މިދިޔަ އަހަރު ސަރުކާރުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. އަދި ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅާ ކަމަށް ބުނެ، މީގެ ދެ އަހަރު ކުރިން އެ ގައުމާ ގުޅުން ކަނޑާލި އިރު، ދިވެހި ސަރުކާރުން ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބަލައި ނުގަންނާތީ، ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށްޓަކައި ކަމަށް ބުނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއިން ކޮންމެ ފަރާތަކާ ވެސް ގުޅުން ކަނޑާލުމުގެ ކުރިން، ސަރުކާރުން ބަޔާން ނެރެ، އެ ގައުމުތަކާމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނުވަތަ މައްސަލައެއް ނެތް ކަމަށް ބުނެ އެވެ.
"އެކަމަކު އޭގެ އަނެއް ދުވަހު ގުޅުން ކަނޑާލާނެ،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާނާއި ގަތަރަކީ މުސްލިމް ދެ ގައުމު ކަމަށާއި އެހެންވެ، ވަކި އިސްލާމީ ގައުމަކާ ގުޅުން ބަދަހިކޮށްފައި އެހެން ގައުމުތަކާ ގުޅުން ކަނޑާލުމުގެ ސަބަބެއް ނެތް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިދާޅުވި ގޮތުގައި އެ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތުން، ރާއްޖެ ދުވަހުން ދުވަހަށް ދަނީ އެކަހެރިވަމުންނެވެ. އަދި މިހާރު ރާއްޖެއާ އަނގައިން ބުނެލަނީ ދެ ގައުމަކުން ކަމަށާއި ދުވަސްކޮޅެއް ފަހުން އެންމެ ގައުމެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހެން ދަތުރުފަތުރުކޮށް އުޅޭއިރު މިކަމާ ގުޅޭގޮތުން ވަރަށް ސުވާލު އާދޭ. ރާއްޖެއަށް އެކަހެރިކޮށެއް ނޯވެވޭނެ. މިއީ އެ ޒަމާނެއް ނޫން. ތަރައްގީ އާއި ކުރިއެރުމަށް، އެހެން ގައުމުތަކާ ގުޅުން ބާއްވަން ޖެހޭ." އިބޫ ވިދާޅުވި އެވެ.
ރާއްޖެ، އަލުން ކޮމަންވެލްތާ ގުޅިއްޖެ
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި
ކޮމަންވެލްތުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީ އަށް
ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފި
ގަތަރާ ގުޅުން ކަނޑާލަންޖެހޭ ސަބަބެއް ނެތް: މައުމޫން
އަޅުގަނޑަށް ނުވިސްނުނު ކަމެއް!
ހަމަލާތައް ހުއްޓާލަން އެއްބަސްވީ ގަތަރުގެ ބަހަށް
ގަތަރަށް ހަމަލާދޭންޖެހޭ ހަމައެއް ނެތް: ސައޫދީ
ގަތަރާއި އިރާގުގެ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފި
އަހަރެއް ތެރޭ ފެނުނީ އުއްމީދެއް ނެތް ސަރުކާރެއް: އިބޫ