ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
03 ޑިސެމްބަރ 2018
ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމަށް ކެބިނެޓުން ނިންމީ މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. ކެބިނެޓުން އެގޮތަށް ނިންމިޔަސް، ކޮމަންވެލްތުގައި ރާއްޖެ އަށް ބައިވެރިވެވޭނީ މަޖިލީހުން ފާސްކޮށްގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ފުރަތަމަ ހަފުތާގައި، ކޮމަންވެލްތާ ގުޅެން ހުށަހެޅުން ހިމެނެ އެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.
އެ ޖަމާއަތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ. ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ އެތައް ފައިދާއަކުން މަހްރޫމްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑު އުފުލި އެވެ. އެކަމަކު، ކުރީގެ ސަރުކާރުން ގަބޫލު ކުރީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެނީ ކަމަށެވެ.
ނަމަވެސް ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ގޮވާލަމުން ގެންދިޔައީ ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ސަރުކާރުގެ އަމަލްތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމަށެވެ.
ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ޖުލައި 9، 1982 ގަ އެވެ. އަދި އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ.
މީގެ އިތުރުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ހޯމް މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމަށް ފަހު އަލުން އިއްޔެ ހަމަ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝައިޚް އިމްރާން އަބްދުﷲ އަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަޒީރުކަމުން އިސްތިއުފާ ދެއްވީ، ނޮވެމްބަރު 17ގައި ވަޒީރުކަމަށް އިމްރާން އައްޔަން ކުރެއްވި އިރު، އޭނާގެ މައްޗަށް އޮތް 12 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ވަޒީރުކަން ކުރެވިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާތީ އެވެ. މަޖިލީހުން އޭނާ އަށް ރުހުން ހޯދުމަށް ފޮނުވި އިރު ވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ނުނިމެ އެވެ.
އިމްރާންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރީ ހުސްވި މަހުގެ 22 ވަނަ ދުވަހު އެވެ. އެހެންކަމުން އިމްރާންގެ ވަޒީރު ކަމުގެ ހައިސިއްޔަތާ މެދު އުފެދިފައިވާ ޝައްކު ފިލުވައިލުމުގެ ގޮތުން، އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމަށް އައްޔަން ކުރެއްވީ އެވެ.
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ކޮމިޓީން ފާސްކޮށްފި
ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފި
މިއީ ކޮމަންވެލްތުން ވަކިވާންވީ ވަގުތު: ރިޔާޒް
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ފައްޔާޒާ ދެކޮޅު ވޯޓު، ޑްރާމާއެއް ނޫން
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް
ވަޒީރުންގެ އިސްތިއުފާއަށް ގޮވާތީ ދީދީގެ ނުރުހުން
ރާއްޖެ، އަލުން ކޮމަންވެލްތާ ގުޅިއްޖެ
ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ސުވާލު ކުރަނީ!