Roadha Mihaaru

ގަތަރުގެ މައްސަލަ ހައްލު ކުރަން އީރާނުން ގޮވާލައިފި

ތެހެރާން (ޖޫން 5) - ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ބައެއް ގައުމުތަކުން ކަނޑާލި މައްސަލަ ހައްލު ކުރުމަށް މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށް އީރާނުން ގޮވާލައިފި އެވެ.

ގަތަރުގެ މައްސަލަ ހައްލު ކުރަން އީރާނުން ގޮވާލައިފި
ހަސަން އާމިރު
ހަސަން އާމިރު

05 ޖޫން 2017

ތެހެރާން (ޖޫން 5) - ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ބައެއް ގައުމުތަކުން ކަނޑާލި މައްސަލަ ހައްލު ކުރުމަށް މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށް އީރާނުން ގޮވާލައިފި އެވެ.

"އަވަށްޓެރިންނަކީ ދާއިމީ ބައެއް. ޖިއޮގްރަފިކަލީ އެއީ ވަކި ކުރެވޭނެ ބައެއް ނޫން. ގަދަކަން ދެއްކުމާއި ބިރު ދެއްކުމަކީ ހައްލެއް ނޫން. މުހިންމު ކަމަކީ މަޝްވަރާ އިސްކުރުން. ޚާއްސަކޮށް މާތްވެގެންވާ ރަމަޟާން މަހު،" އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޒަރީފް ވަނީ ތުރުކީ، އިންޑޮނީޝިއާ، އިރާގު އަދި އޮމާންގެ ޚާރިޖީ ވަޒީރުންނަށް ގުޅުއްވާ ގަތަރު މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާ އިން ކުރިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ގަތަރާއި ސަރަހައްދީ ގައުމުތަކުން ގުޅުން ކަނޑާލި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ އަށް ދިއުމަށް ގޮވާލައިފަ އެވެ.

ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީ އަރަބިއާ، ބަހުރޭން، ޔޫއޭއީ، މިސްރު، ޔަމަން، ލީބިއާ އަދި ދިވެހި ރާއްޖެ އިން މިއަދު ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަލްފުގެ ސުންނީ މުސްލިމް ބައެއް ގައުމުތަކާ އީރާނާ އެކު އޮންނަ ސިޔާސީ ގުޅުން ވެސް މިދިޔަ އަހަރު ވަނީ ކަނޑާލައިފަ އެވެ.