އިރާގު ސަރުކާރު މެދުވެރިވެގެން، އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސިއްރު ބައްދަލުވުންތަކެއް ހިނގަމުންދާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފި އެވެ.
އިރާގު ސަރުކާރު މެދުވެރިވެގެން، އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސިއްރު ބައްދަލުވުންތަކެއް ހިނގަމުންދާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފި އެވެ.
އިރާގުގެ ވެރިރަށް ބަގުދާދުގައި މި ބައްދަލުވުންތައް ބާއްވަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. އޭގެ ތެރެއިން މިހާތަނަށް ބޭއްވި އެންމެ ފަހު ބައްދަލުވުން ބާއްވާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބަގުދާދުގަ އެވެ. އެއީ މި ސިލްސިލާގެ ހަތަރު ވަނަ ބައްދަލުވުމެވެ.
އިރާގުގެ އިސް މަސްއޫލުވެރިޔަކާ ހަވާލާދީ އޭޕީ ނިއުސް އޭޖެންސީން ބުނި ގޮތުގައި ސައޫދީ އާއި އީރާނާ ދެމެދު ސިއްރު ބައްދަލުވުންތައް ކުރިއަށް ދަނީ ވަޒީރުންގެ ފެންވަރުގައި ނޫން ނަމަވެސް، ދެ ގައުމުގެ ވެސް ވަރަށް އިސް މަންދޫބުން ބައިވެރިވެގެންނެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެނީ، ދެ ގައުމުގެ މެދުގައި އަލުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި، އެއް ގައުމުން އަނެއް ގައުމަށް ސަފީރުން ފޮނުވުމާ ގުޅޭ ގޮތުންނެވެ.
އީރާނުގެ ދުވަހު ނޫހެއް ކަމަށްވާ ތެހެރާން ޓައިމްސް އިން ބުނި ގޮތުގައި، ބަގުދާދުގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އީރާން ތަމްސީލުކުރެއްވީ، އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަލީ ޝަމްޚާނީ އެވެ. އަދި ސައޫދީ އަރަބިއްޔާގެ ފަރާތުން ބައިވެރިވީ އެ ގައުމުގެ ހާރިޖީ ގުޅުންތަކާ ބެހޭ، ދައުލަތުގެ ވަޒީރު އާދިލް އަލްޖުބައިރް އެވެ.
އިރާގުގެ ރިއާސީ ގަނޑުވަރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކުގައި އިރާގުން އަދާކުރަނީ ހަމައެކަނި މެދުވެރިއެއްގެ ދައުރެވެ. އެއީ ބައްދަލުވުންތައް އިންތިޒާމުކޮށްދިނުމާއި، ބަގުދާދުގައި ދެ ގައުމުގެ މަންދޫބުންނަށް ބައްދަލުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އިރާގުގެ ރައީސް ބަރްހަމް ސޯލިހް ދާދި ފަހުން ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އީރާނާއި ސައޫދީއާ ދެމެދު އަލުން ސިޔާސީ ގުޅުން ބަދަހިވެގެން ދިއުމަކީ ވަރަށް އުންމީދު ކުރައްވާ ކަމެކެވެ. އެކަމަށް ހުރަސްއަޅާ ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް، ކައިރި ކުރިމަގެއްގައި އެ ހުރަސްތައް ނައްތައިލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އީރާނާއި ސައޫދީއާ ދެމެދު ދެބަސްވުންތަކެއް ހުރި ނަމަ، އަވައްޓެރި ގައުމުތަކުން އެ ދެ ގައުމާ އެކުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭނެ ކަމަށް ވެސް އިރާގުގެ ރައީސް ވިދާޅުވި އެވެ. މެދުއިރުމަތީގެ މުހިންމު ދެ ގައުމެއް، ހަތަރު ކަޅި ހަމަނުކޮށް ދެކޮޅުވެރިކަމުގައި ދެމިއޮތުމަކީ ސަރަހައްދީ ސުލްހައަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނާއި ސައުދީގެ ޑިޕްލޮމެޓުން ދަތުރުތަކެއް ކުރަނީ
އަޅުގަނޑަށް ނުވިސްނުނު ކަމެއް!
ގަތަރުގެ މައްސަލަ ހައްލު ކުރަން އީރާނުން ގޮވާލައިފި
ރާއްޖެ އާއި ސައޫދީގެ ގުޅުން ވަރަށް ވަރުގަދަ: ހަލީލް
ސައުދީ އަރަބިއްޔާގެ އާ ސަފީރުގެ ފަތްކޮޅު އަރުވައިފި
ގަތަރަށް ހަމަލާދޭންޖެހޭ ހަމައެއް ނެތް: ސައޫދީ
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
ސައޫދީ އެއާލައިނަކުން އީރާންގެ ހައްޖާޖީން އުފުލަނީ
ސައުދީއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ: ރައީސް
ސައޫދީ ސިފައިންގެ ވެރިޔާ އީރާނަށް ވަޑައިގަންނަވަނީ