Roadha Mihaaru

ސައުދީ އަރަބިއްޔާގެ އާ ސަފީރުގެ ފަތްކޮޅު އަރުވައިފި

ސައުދީ އަރަބިއްޔާ އިން ރާއްޖެ ކަނޑައެޅި އާ ސަފީރު، ޔަހްޔާ ހަސަން އަލްގަހްތަނީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ސައުދީ އަރަބިއްޔާގެ އާ ސަފީރުގެ ފަތްކޮޅު އަރުވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 ޖުލައި 2025

ސައުދީ އަރަބިއްޔާ އިން ރާއްޖެ ކަނޑައެޅި އާ ސަފީރު، ޔަހްޔާ ހަސަން އަލްގަހްތަނީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އޭގެ ތެރެއިން ސައުދީން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުމާއި ބަހައްޓާ އަހުވަންތަ ގުޅުމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

އެ މަނިކުފާނު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދީ، އޭގެ ހިދުމަތް ދިނުމުން ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ސައުދީއަށް އެއްބާރުލުންދޭނެކަން ތަކުރާރުކުރައްވައިފަ އެވެ.

ސައުދީން ރާއްޖެ އަށް އާ ސަފީރެއް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި މަޓްރެކް ބިން އަބްދުالله އަލްއަޖަލީން އަލް ދޯސަރީގެ ދައުރު މިދިޔަ އޭޕްރީލް މަހު ހަމަވުމުންނެވެ.

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން އުފެދުނީ މާޗު 17، 1981 ގަ އެވެ. އެ ގުޅުމަށް މި އަހަރު ވަނީ 44 އަހަރު ފުރިފަ އެވެ.