ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފި އެވެ.
07 ޖޫން 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފި އެވެ.
ސައުދީ ޕްރެސް އެޖެންސީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މި އަހަރުގެ ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސައުދީ ރަސްގެފާނު އަދި ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތްޕުޅުން ވަލީ އަހުދު ސަލްމާން ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައި ވެސް ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުވުމުގައި އެކި ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިންނާއި ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހައްޖަށް ވަޑައިގެންނެވި ބޭފުޅުންނާ އެކި ގައުމުތަކުގެ ހައްޖު މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ވެސް ރައީސް މުއިއްޒު އިންނެވީ ވަލީ އަހުދު ސަލްމާންގެ އެންމެ އަރިހުގަ އެވެ.
ރާއްޖެ އިން މި ފަހަރު ހައްޖަށް ގެންދިޔަ މީހުންނަށް ސައޫދީ ސަރުކާރުން ހާއްސަ އިންތިޒާމުތަކެއް ވަނީ ހަޖަމައްސައި ދީފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކީ "މައްކާ ރޫޓް އިނިޝިއޭޓިވް" ގައި މި ފަހަރު ރާއްޖެ އަލަށް ބައިވެރިކޮށް އޭގެ ފަސޭހަތައް ލިބުމެވެ. އެހެންވެ، ދިވެހި ހައްޖުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހި އެއާޕޯޓުން އަވަހަށް ނުކުތުމުގެ މަގު ފަހިވި އެވެ.
އަދި ދިވެހިން މިނާގައި ތިބި ޓެންޓުތައް "މަތީ ކެޓަގަރީ" އަށް ބަދަލުކޮށްދީފައިވާ ކަމަށް ވެސް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ސައުދީ އަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. މިގޮތުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭއިރު، ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ.
މީގެ އިތުރުން، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ވަނީ ލޯނު އެހީދީފަ އެވެ.
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
އިބޫއަށް ރަސްގެފާނު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ
"ސައޫދީން ބާއްވަނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް"
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަނީ
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
ސައުދީއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ: ރައީސް
ސައޫދީގެ ސަފީރު ކަމަށް ސަރީރު އައްޔަން ކުރަނީ
ސައުދީ ރަސްގެފާނު ދެއްވާ ހައްޖުވުމުގެ 1،000 ފުރުސަތު ފަލަސްތީނަށް