އަންކާރާ (ޖޫން 12) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ފަހުން 15 މަތިންދާ ބޯޓުގެ ކާބޯތަކެތި ތުރުކީން ދޯހާ އަށް ފޮނުވައިފި އެވެ.
12 ޖޫން 2017
އަންކާރާ (ޖޫން 12) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ފަހުން 15 މަތިންދާ ބޯޓުގެ ކާބޯތަކެތި ތުރުކީން ދޯހާ އަށް ފޮނުވައިފި އެވެ.
ތުރުކީން ގަތަރަށް ފުރަތަމަ ފޮނުވި ޝިޕްމަންޓުގައި ހިމެނެނީ ކިރާއި ކިރުގެ ބާވަތްތަކެވެ. އޭގެ އިތުރުން ތަރުކާރީ އާއި މޭވާ އަދި އެއްގަމު މަހުގެ ބާވަތްތައް ވެސް ވަނީ ފޮނުވައިފަ އެވެ. ސައުދީ އަރަބިއާ، ބަހުރޭން އަދި ޔޫއޭއީ ފަދަ ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލިތާ ފުރަތަމަ ފަސް ދުވަހު ވެސް ތުރުކީން ވަނީ ފަސް މިލިއަން ޓާކިޝް ލީރާގެ ތަކެތި ގަތަރަށް ފޮނުވައިފަ އެވެ. މުދާ އުފާލާފައި ވަނީ ޓާކިޝް އެއާލައިންސްގެ އޭ330 ގެ ކާގޯ މަތިންދާ ބޯޓު ފަހަރުގަ އެވެ. ކޮންމެ ބޯޓެއްގައި 65 ޓަނުގެ ކާނާ ގަތަރަށް ގެންދާ ކަމަށްވެ އެވެ.
ތުރުކީން ގަތަރަށް ފޮނުވި ފިނިކުރި ކުކުޅު ވެހިކަލަކުން ބާލަނީ.
ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ގަތަރު އެކަހެރި ނުކުރާނެ ކަމަށާއި އެ ގައުމަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ އެއްގަމު ބޯޑަރު ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރަށް އިމްޕޯޓްކުރާ ކާނާގެ 40 ޕަސެންޓް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.
ތުރުކީގެ އިތުރުން އީރާނުން ވެސް ވަނީ ގަތަރަށް ފަސް މަތިންދާ ބޯޓުގެ ކާބޯތަކެތި ފޮނުވައިފަ އެވެ. ކޮންމެ ބޯޓެއްގައި 90 ޓަނުގެ މުދާ ހިމެނެ އެވެ. މީގެ އިތުރުން އީރާނުން ވަނީ ކަނޑު މަގުން ގަތަރަށް ގެންދިއުމަށް ތިން ބޯޓަކަށް 350 ޓަނުގެ މުދާ ބަރުކޮށްފަ އެވެ.
ގަތަރަށް ކާނާ އާއި ފެން ފޯރުކޮށްދޭން މަޝްވަރާ ކުރަނީ
ތުރުކީގެ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް އަންނާނެ
މި ރޯދަމަހު ކޮންމެ ގޭބީސީއަކަށް ހަނޑޫ، ފުށްބަސްތާއެއް
ކާޑުގެ ބާވަތްތައް ގެންނަން ތުރުކީއާއެކު އެއްބަސްވުމެއް!
ނަފްރަތުގެ އޮއިވަރު ގަދަވާތީ އަރަބިން ކަންބޮޑުވެއްޖެ
ގޮވާމުގެ އެއްބަސްވުމަށް ރަޝިޔާ އަމަލުކުރާނެ: ތުރުކީ
ގޮވާން ބަރުކުރި 16 އާގުބޯޓެއް ޔޫކްރޭނުން ފުރަނީ
ގޮވާމުގެ ދަތި ފިލާނީ ރަޝިޔާއަށް ދަތިކުރުން ހުއްޓާލުމުން
ކާބުލްގެ އެއާޕޯޓް ހިންގުމުގެ މަޝްވަރާތައް ގަތަރުގައި
ގަތަރާ އިތުރަށް ގުޅުން ބަދަހި ކުރާނަން: އުރުދުޣާން