Roadha Mihaaru
މި ރޯދަމަހު ކޮންމެ ގޭބީސީއަކަށް ހަނޑޫ، ފުށްބަސްތާއެއް

މި ރޯދަމަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުގެ ހަރަދުގައި ހަނޑޫ އަދި ފުށްބަސްތާއެއް!

13 ޖެނުއަރީ 2024

އަންނަ މާޗު މަހު ފަށާ މި އަހަރުގެ ރޯދަމަހަށް ކޮންމެ ގޭބީސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

އަންނަ މާޗު މަހު ފަށާ މި އަހަރުގެ ރޯދަމަހަށް ކޮންމެ ގޭބީސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރޯދަމަހު ފުރަތަމަ ފަހަރަށް ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ހިލޭ ދޭނެ ކަމަށެވެ.

"އޭގެ އިތުރު ކަންކަން ވެސް ވާނެ. އަދި މި އަންނަ އަހަރު އެ އަށް ވުރެ އިތުރު ވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން، ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަދި ފޮރިން މިނިސްޓަރު ޒަމީރު.--- ފޮޓޯ: ރައީސް އޮފީސް

ކާޑުގެ ބާވަތްތައް ގެންނަން އިންޑިއާ އަށް ބަރޯސާ ވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރުން ވަނީ ތުރުކީން އެ ބާވަތްތައް ގެންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަން ވެސް ރައީސް މިއަދު ހާމަކުރެއްވި އެވެ. ވިދާޅުވީ، ތުރުކީގެ ފުށުގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުން ނަމަ ތުރުކީއާ އެކު އެއްބަސްވީ މުޅި ރާއްޖެ އަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 10 ޕަސެންޓަށް ކާޑުގެ ބާވަތްތައް ގެނައުމަށެވެ.

"ހަނޑޫ، ހަކުރު ދެން ވެސް ހުރި ފިޔާ، ބިސް އަދި އަލުވި މިފަދަ ތަކެތި އެކި ގައުމުތަކުން މިހާރު ވަނީ ހަމަޖެހިފައި. އެ ތަކެތި އަންނާނެ،" ވަރަށް ޔަގީންކަމާ އެކު ރައީސް ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއާ އެކު 20 އެމްއޯޔޫއެއްގައި ސޮއިކުރެއްވި އެވެ. އޭގެ ތެރޭގައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރުމުގެ އެމްއޯޔޫއެއް ހިމެނޭ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އުތުރު ތިލަފަޅުގައި ހަދަނީ މަދުވެގެން ދެ ލައްކަ ދިވެހިންނަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދޭނެ ވަރުގެ ތަނެކެވެ. ރާއްޖޭގައި ހެއްދޭ ހުރިހާ ބާއްވަތްތަކެއް އެ ތަނުގައި ހައްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.