08 ޖޫން 2017
ރ. އަތޮޅުގައި އަލަށް ހެދި ހިތްގައިމު ރީތި ދިގަލި ރިސޯޓު ހުޅުވައި، މިމަހު އެ ރިސޯޓަށް ޓޫރިސްޓުން އަންނަން ފަށައިފި އެވެ.
ރ. އަތޮޅުގައި އަލަށް ހެދި ހިތްގައިމު ރީތި ދިގަލި ރިސޯޓު ހުޅުވައި، މިމަހު އެ ރިސޯޓަށް ޓޫރިސްޓުން އަންނަން ފަށައިފި އެވެ.
މިއީ ރ. އަތޮޅުގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. އެ ރިސޯޓް ހިންގަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮރަލް އެޖް ޕްރައިވެޓް ލިމިޓެޑުންނެވެ.
ދިގަލި މޯލްޑިވްސް ގެ ބޮޑު މިނުގައި 18.5 ހެކްޓަރު ހުރެއެވެ. ރިސޯޓުގައި މަތީ ފެންވަރުގެ 20 ބީޗް ބަންގަލޯ އާ 33 ޑިލަކްސް ބީޗް ބަންގަލޯ، އަދި ޕްލަންޖް ޕޫލް ހިމެނޭ 63 ބީޗް ވިލާ ގައި ހުރެ އެވެ.
"ބީޗް ވިލާގައި 115 އަކަމީޓަރުގެ ޖާގަ ހުރޭ. ކުޑަ އާއިލާ އަކަށް އައިސް ހުރުން އެންމެ ރަގަނޅު ވާނެހެން ޑިޒައިންކޮށްފައި ހުންނާނީ. އެއަށްވުރެ ބޮޑު ޖާގައެއް ބޭނުން ނަމަ ބަންގަލޯ ހިޔާރު ކުރެވޭނެ. އަދި ޑިލަކްސް ކޮޓަރީގައި އޯޕަން އެއާ ދެ ފާހާނާ ހުންނާނެ،" ދިގަލި މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ރަށުގެ އިރުމަތީ ފަޅު ތެރޭގައި 24 ވޯޓާ ވިލާ އަދި އިރުދެކުނު ފަޅުތެރޭގައި ޕްރައިވެޓް ޕޫލްތަކާ އެކީ 16 ލެގޫން ވިލާ ހުރެ އެވެ. އޭގެ އިތުރުން އެންމެ މަތީ ފެންވަރުގައި ޑިޒައިން ކޮށްފައިވާ ތިން ބީޗް ސުއީޓާއި ދިގަލި ސުއިޓް ހުރެ އެވެ. 400 އަކަމީޓަރުގެ ދިގަލި ސުއިޓުގައި މުޅިން އެކަހެރި ކޯޓްޔާޑަކާ، އިންފިނިޓީ ޕޫލް، އަދި އޯޕަން އެއާ ފާހަނައެއް ހިމެނެ އެވެ.
ދިގަލި މޯލްޑިވްސްގެ 250 މީޓަރަށް ފެތުރިފައި އޮންނަ ހިތްގައިމު ގޮނޑުދޮށުގައާއި ގަސްގަހާ ރުއްތަކުގެ ހިޔަލުގެ ހިތްގައިމުކަން ލިބޭ އެކި ހިސާބުތަކުގައި ފަސް ރެސްޓޯރަންޓެއް ހުރެ އެވެ. އޭގެ ތެރެއިން އޭޝިޔާ ސަރަހައްދުގެ ރަހަތަކަށް ހާއްސަ ބަތޫތާ ރެސްޓޯރަންޓް ފާހަގަކޮށްލެވެ އެވެ. އޭޝިޔާ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނާތީ އެ ރެސްޓޯރަންޓަށް ބޮޑު މަގްބޫލުކަމެއް ލިބޭނެ ކަމާ މެދު ޝައްކެއް ނެތެވެ. މި އަހަރު ހަމައެކަނި އޭޕްރިލް މަހުގައި ވެސް އޯޝޭނިއާ ނުހިމަނައި އޭޝިޔާ ސަރަހައްދުން 44،308 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ދިގަލި މޯލްޑިވްސް ކައިރީ އޮންނަ ޑައިވް ސައިޓެއް.
ދިގަލި މޯލްޑިވްސްގެ ފަރާއި ފަޅު އަދި ކައިރީ ކަނޑުގެ ހިސާބުތައް ޑައިވް ކުރާ މީހުނަށް ވަރަށް ހިތްގައިމުވާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.
ދިގަލި މޯލްޑިވްސް އިން ބުނިގޮތުގައި ކަނޑުއަޑީ ހޮހަޅަތައް އެ ރަށް ކައިރީ ހިސާބުތަކުގައި ގިނަ އެވެ. އަދި ގިނަ ބާވަތްތަކުގެ ކަނޑުއަޑީ ދިރުންތައް އެ ސަރަހައްދުގައި އުޅޭ ކަމަށް ބުންޏެވެ. އެ ރިސޯޓު އޮންނަ ކަނޑުގެ ސަރަހައްދުގައި މަޑި، ވެލާ ކަހަނބު، އަދި ގިނަ އަދަދަކަށް ފަންހާމަސް އާލާވެ އުޅެއެވެ.
"ރިސޯޓް ކައިރީ އޮންނަ ރީތި ކަނޑުއަޑީގެ މާހައުލުގެ އިތުރަށް ހަނިފަރު ބޭ އަށްވެސް ރިސޯޓުން ފަތުރުވެރިން ގެންގޮސްދޭނަން. އެއީ މި ރާއްޖޭގައި ވެސް އޮތް އެންމެ ރީތި އެއް ސަރަހައްދު. ހަނިފަރު ބޭ ގެ މުރަކަތަކާއި މަޑިތައް އަދި ފެހުރިހި އެއީ ފަތުރުވެރިން މި ރާއްޖޭން އެންމެ ދެކޭ ހިތްވާ މަންޒަރުތައް،" ދިގަލި މޯލްޑިވްސް އިން ބުންޏެވެ.
އެ ރިސޯޓުން ޑައިވް ކުރަން ދަސްކޮށްދޭން ޕަޑީ ކޯސް ހިންގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭން ގައި ފަސް ތަރީގެ ދިގަލި މޯލްޑިވްސް އަށް ދެވެނީ 45 މިނެޓުންނެވެ. ދަރަވަންދޫ އެއާޕޯޓުން އެ ރިސޯޓަށް ދެވެނީ 70 މިނެޓުންނެވެ.
އިސްލާމިކް ޓޫރިޒަމް ތައާރަފްވާންޖެހޭ: އިބޫ
ރާއްޖެ އާއި އިޓަލީއާ ދެމެދު ދަތުރުތައް ފަށަނީ
ފަސް އެއާޕޯޓެއް އަޅަން ބަޔަކާ ހަވާލުކުރަނީ
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
މިދިޔަ މަހު އައި ޓޫރިސްޓުން އެއް ޕަސެންޓް ދަށްވެއްޖެ
ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ
ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން!