19 އެޕްރީލް 2017
ރާއްޖޭގައި އިތުރު ފަސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިތުރު ފަސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ މަހާސިންތާ ފަށަން ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވުމަކީ ރައީސް ޔާމީންގެ މުހިންމު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"މުޅިން އަލަށް ފަސް އެއާޕޯޓު ތަރައްގީ ކުރަން އެގްރީމަންޓްގައި ވަނީ ސޮއިކުރެވިފައި. އިތުރު ފަސް އެއާޕޯޓެއް ތަރައްގީ ކުރަން ވަރަށް އަވަހަށް އެގްރީމަންޓްގައި ސޮއިކުރެވޭނެ،" ޒަމީރު ވިދާޅުވި އެވެ.
ނަމަވެސް މުޅިން އަލަށް ސޮއިކުރަން އުޅެނީ ކޮން ސަރަހައްދުތަކަކަށް ނިސްބަތްވާ އެއާޕޯޓްތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސަރުކާރުން ވަނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ފ. ނިލަންދު އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓުތައް އަޅަން މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި އެ އެއާޕޯޓުތައް އަޅަން 57.7 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ސަފީރުންގެ މަހާސިންތާ ފެށުމަށް ބޭއްވި ބައްދަލުވުން: މި ބައްދަލުވުމުގައި ބޭރުގައި ތިއްބަވާ ދިވެހި ސަފީރުން ބައިވެރިވެވަޑައިގެންނެވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒަމީރު ވިދާޅުވީ މިއީ ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރަން ކުރާ މަސައްކަތެއް ކަމަށެވެ. މިއީ ރައީސް ޔާމީންގެ ދުރުވިސްނުމާއި ރައްޔިތުންނަށް ފާގަތި ކުރިއެރުމެއް ހޯދައި ދިނުމަށް ފާޅުކަން ބޮޑު ގޮތެއްގައި ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކޮށް ޓޫރިސްޓުން އަންނަ އަދަދު އިތުރު ކުރަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސިޔާސަތުތައް ހާސިލްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ފަސް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދުނިޔޭގައި ރާއްޖެ މަޝްހޫރުވެފައި ވަނީ ޓޫރިޒަމްގެ އެންމެ މަތީ ފެންވަރުގެ ގައުމެއްގެ ގޮތުގައި. ވޭތުވެދިޔަ 44 އަހަރު ތެރޭ ޓޫރިޒަމް ދެމިއޮތީ ޒަމާނުއްސުރެ ގެންގުޅޭ ވަން އައިލެންޑް، ވަން ރިސޯޓު ކޮންސެޕްޓްގެ ސަބަބުން. މިއީ ދުނިޔޭގެ އެހެން ގައުމުތަކުން މަދުން ނޫނީ ނުފެންނަ ކޮންސެޕްޓެއް،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގެސްޓްހައުސްތައް ހިންގަމުން އަންނަ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އައްޑޫގައި އިންވެސްޓްމަންޓްތައް ފުޅާކުރަން ފޯރަމެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ރާއްޖެ އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ދިވެހިން ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަށް ހަދަން ބޭރުން ލިބެން ހުރި ފުރުސަތުތައް އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލްކުރަން އެއް އަމާޒަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އާސިމް ވިދާޅުވި ގޮތުގައި މި މަހާސިންތާގެ ބޭނުމަކީ ސަފީރުން ކުރައްވާ މަސައްކަތަށް އިތުރު ހިތްވަރެއް ހޯދައި ދިނުމެވެ.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖޭން ދެ ދައުރު ފުރިހަމަކޮށް، އިތުރު ދައުރަކަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އދ.ގެ ސެކިއުރިޓީ ކައުންސިލް ގޮނޑިއަކަށް ކުރިމަތިލާން ނިންމެވިކަން ވެސް މިނިސްޓަރު އިއުލާން ކުރެއްވި އެވެ.
އިސްލާމިކް ޓޫރިޒަމް ތައާރަފްވާންޖެހޭ: އިބޫ
ހިތްގައިމު ރީތި ދިގަލި ރިސޯޓް ހުޅުވައިފި
ރާއްޖެ އާއި އިޓަލީއާ ދެމެދު ދަތުރުތައް ފަށަނީ
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
މިދިޔަ މަހު އައި ޓޫރިސްޓުން އެއް ޕަސެންޓް ދަށްވެއްޖެ
ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ
ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން!