13 ސެޕްޓެމްބަރ 2018
މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަފާރީ މެރީނާތައް ގާއިމުކުރުމާއި ކަލްޗަރަލް، މެޑިކަލް އަދި އިސްލާމިކް ޓޫރިޒަމް ތައާރަފްކުރުމުގެ ވައުދާއެކު، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ޓޫރިޒަމްގެ ސިނާއަތް ކުރިއަރުވަން ގެންގުޅޭނެ ސިޔާސަތުތައް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ އދ. މާމިގިލީގައި ހާމަކުރައްވައިފި އެވެ.
މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަފާރީ މެރީނާތައް ގާއިމުކުރުމާއި ކަލްޗަރަލް، މެޑިކަލް އަދި އިސްލާމިކް ޓޫރިޒަމް ތައާރަފްކުރުމުގެ ވައުދާއެކު، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ޓޫރިޒަމްގެ ސިނާއަތް ކުރިއަރުވަން ގެންގުޅޭނެ ސިޔާސަތުތައް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ އދ. މާމިގިލީގައި ހާމަކުރައްވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ ރާއްޖެއަށް އާމްދަނީ ލިބޭ އެއް ދާއިރާއަކީ ޓޫރިޒަމްގެ ދާއިރާ ކަމަށްވާއިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ޓޫރިޒަމް ފުޅާކުރުމަށް ކަމަށެވެ. އިގްތިސާދުގެ 70 ޕަސެންޓު ހިއްސާކުރަނީ ޓޫރިޒަމްގެ ސިނާއަތްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ޓޫރިޒަމްގެ ނަފާ ހަމަހަމައަށް ރައްޔިތުންނަށް ލިބޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި އިދިކޮޅު ސަޕޯޓަރުން ބައިވެރިވަނީ. -- ފޮޓޯ: އެމްޑީޕީ
އިބޫ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ތައާރަފްކުރި ގެސްޓްހައުސް ޓޫރިޒަމްގެ ސަބަބުން ވަޒީފާތައް އިތުރުވެ، ވަކިވަކި ރައްޔިތުން މުއްސަނދިވެގެން ވަނީ ގޮސްފަ އެވެ. އެކަމަކު، އެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގޮތުން، ގެސްޓްހައުސް ވިޔަފާރިތަކަށް އިންވެސްޓްކުރަން ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ހޯދައިދީ، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
މީގެއިތުރުން، ޓޫރިޒަމްގެ ބޭނުމަށް އެތައް ރަށެއް ހުރިކަން ފާހަގަކުރައްވައި އިބޫ ވަނީ ރަށްތައް ހެދުމަށް މާލީ އެހީތެރިކަން ހޯދައިދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރައްވައިފަ އެވެ.
- ޓޫރިޒަމްގެ ދާއިރާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޕްރޮމޯޓު ކުރާނަން.
- ކަލްޗަރަލް، މެޑިކަލް، އިސްލާމިކް ޓޫރިޒަމް ތައާރަފްވާން ޖެހޭ.
- އަމާޒަކީ ވެރިކަމުގައި 35،000 އެނދު ތަރައްގީ ކުރުން.
އިދިކޮޅު ކޯލިޝަނުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި އިދިކޮޅު ސަޕޯޓަރުން ބައިވެރިވަނީ. - ފޮޓޯ: އެމްޑީޕީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީވާއިރު، ޓޫރިސްޓުން އަންނަ އަދަދު އިތުރު ކުރަން ޖެހޭ ކަމަށާއި އިދިކޮޅު ވެރިކަމެއްގައި އައްޑޫ އަދި ފުވައްމުލަކަށް 17،000 އެނދު، މެދުރާއްޖެ ތެރޭގައި 10،000 އެނދު، އުތުރުގައި 18،000 އެނދު އިތުރުވެގެން ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"މިކަން ކުރާނީ މާކެޓް ކުޑަ ނުވާ ގޮތަށް ބަލައިގެން. އަގުތައް ތިރިނުވާ ގޮތަށް ބަލައިގެން. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މާކެޓުކޮށްގެން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށުގައި ހުންނަވައި އަދި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަން ފަސް އަހަރު ނިމޭއިރު، ދައުލަތަށް ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިގެންދާނެ އެވެ. އެއާއެކު، ރާއްޖޭގެ އެކި ރަށްތަކުގައި އުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެވޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތް ފުޅާ ކުރުމުން، 60،000 ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅު ވެރިކަމެއްގައި 30،000 މީހުން ޓޫރިޒަމް ދާއިރާއަށް ތަމްސީލް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
ކާށިދޫގެ ބިން ހިއްކައި ރިސޯޓެއް ހަދާނަން: އިބޫ
ހިތްގައިމު ރީތި ދިގަލި ރިސޯޓް ހުޅުވައިފި
ރާއްޖެ އާއި އިޓަލީއާ ދެމެދު ދަތުރުތައް ފަށަނީ
ފަސް އެއާޕޯޓެއް އަޅަން ބަޔަކާ ހަވާލުކުރަނީ
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ