30 ސެޕްޓެމްބަރ 2022
ޓޫރިޒަމްގައި ރާއްޖެއިން ގެންގުޅޭ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިން އުފެއްދި އަދި ދުނިޔެއަށް ވެސް އާ ކޮންސެޕްޓެއް ކަމަށާއި އެ ކޮންސެޕްޓް ދަމަހައްޓަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގައި ރާއްޖެއިން ގެންގުޅޭ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިން އުފެއްދި އަދި ދުނިޔެއަށް ވެސް އާ ކޮންސެޕްޓެއް ކަމަށާއި އެ ކޮންސެޕްޓް ދަމަހައްޓަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއާ މެދު ޓޫރިސްޓުން ގަޔާވާ ސިފައަކީ މެހެމާންދާރީ އާއި ރާއްޖޭގެ އަމާންކަމެވެ. ޓޫރިޒަމްގައި އެކަން ދެމެހެއްޓޭނީ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓް ދަމަހައްޓައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ސިފަތައް ދިވެހި ފަތުރުވެރިކަމުގައި ދެމެހެއްޓޭނީ އަޅުގަނޑުމެން މި ގެންގުޅޭ ވަން އައިލެންޑް، ވަން ރިސޯޓް ކޮންސެޕްޓް އެގޮތުގައި ދަމަހައްޓައިގެން. އެ ކޮންސެޕްޓާއެކު، ފަތުރުވެރިންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ކޮންސެޕްޓަކީ ދިވެހިން އަމިއްލައަށް ގެނެސް، އުފަންކުރި ކޮންސެޕްޓެކެވެ.
"ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވުމުގެ ކުރިން، ދިވެހިންގެ މި ކޮންސެޕްޓް ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެހެން އެއްވެސް ގައުމެއް ދުނިޔެއަކު ނެތް." ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާއަށް ޚިދުމަތް ކުރެއްވި ކްރައުން ކުންފުނީގެ ހިއްސާދާރު ނަޒީރުއަށް އެވޯޑް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ރައީސް އޮފީސް
ޓޫރިޒަމްގައި ރާއްޖެއަކީ ނަން މަޝްހޫރު ބްރޭންޑަކަށް ވެފައި ވިޔަސް، އެ މަޝްހޫރު ކަމަކީ ކާމިޔާބެއް ކަމުގައި ދެކިގެން އަބަދު ނުތިބެވޭނެ ކަމަށެވެ. އަދި ވާދަވެރި މާހައުލުގައި ބްރޭންޑް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭރު ޓޫރިޒަމް ފެށިގެން ދިޔައިރު ރާއްޖޭގެ އެކަށީގެންވާ ވަސީލަތްތަކެއް ނެތަސް، ވާދަވެރި މާކެޓެއްގައި ރާއްޖެއިން ކާމިޔާބު ހޯދީ ރިސޯޓްތަކުގެ ވެރިންނާއި ސަފާރީތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ އެތައް މުވައްޒަފުންނެއްގެ މަސައްކަތުން ކަމަށެވެ.
"ފަތުރުވެރިކަމަކީ ދިވެހިންގެ ޝަރަފެއް ކަމުގައި ވެގެން ދިޔައީ އެތައް ހާސް ދިވެހިންނެއްގެ ބުރަ މަސައްކަތުން. އެތައް ބަޔަކު ރެޔާއި ދުވާލު އެތައް ދަލެއް އޮހޮރުވައިގެން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ތިމާވެށްޓަށް ވެސް ސަމާލުކަން ދޭންޖެހެ އެވެ. އެއީ ޓޫރިޒަމް ދާއިރާގެ ޒިންމާއެއް އެކަނި ކަމުގައި ނުދެކި، އާންމު ރައްޔިތުން ވެސް އެކަމުގައި ބައިވެރިވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޓޫރިޒަމް ފެށުމުގައި އެންމެ މުހިންމު ރޯލު އަދާކުރެއްވި އިސް ބޭފުޅުންގެ އަގު ވަޒަންކޮށް، އެވޯޑް އަރުވާފައިވެ އެވެ.
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން
ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫމަނިކު
"ޓޫރިޒަމް ކުރިއަރުވަން ރަށްފުށުގެ ގޮތްތައް ދޫކޮށްނުލާ"
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"
ރިސޯޓު ކުލި ހަ މަހަށް ފަސްކޮށްދޭން ނިންމައިފި
ހަނީމޫނަށް ރާއްޖެ ވަރުގެ ތަނެއް ނެތް!
ރާއްޖޭގެ ޓޫރިޒަމްގެ ހަގީގީ މަންޒަރު އުފާވެރިއެއް ނޫން!
އިސްލާމިކް ޓޫރިޒަމް ތައާރަފްވާންޖެހޭ: އިބޫ
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ