Roadha Mihaaru
ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫމަނިކު

ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫ މަނިކު

30 ސެޕްޓެމްބަރ 2022

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރޭއިރު، އެ ސިނާއަތް ބަލައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ޓޫރިޒަމްގެ އެއް ބާނީ ޔުނިވަސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ތައުރީފު ކުރައްވައިފި އެވެ.

ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ބޭއްވި ޖަލްސާގައި ދެއްކެވި ކުރު ވާހަކައިގެ ބޭނުން އޭނާ ކުރެއްވީ ހަމައެކަނި މި ސަރުކާރަށް ތައުރީފު އޮއްސައިލުމަށެވެ.

"ރާއްޖޭގެ ސަރުކާރުތައް އަތުވެއްޖެ، އައިސްފައި މި ރާއްޖޭގައި ހިނގައްޖެ ޓޫރިޒަމް ޑޭ ފާހަގަކުރަމުން. އެހެން ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މި ފަހަރު މި ދެއްވި ރިކޮގްނިޝަނެއް އަޅުގަނޑުމެންނަށް ފެނިފައެއް ނެތޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވި ޖަލްސާގައި އެމްޔޫ މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމްގެ ސިނާއަތާ މެދު "އަޅުގަނޑުމެން ޕްރައުޑް ވާންޖެހޭކަން" މިހާރު އެނގިއްޖެ ކަމަށާއި ސަރުކާރުން ވެސް އެ ސިނާއަތް ބަލައިގެންފިކަން އެނގިއްޖެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ޖެހޭނެ މިކަން ގަބޫލުކުރަން،" ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ހަފުލާގައި އެމްޔޫ މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރީގެ ސަރުކާރުތަކުން ޓޫރިޒަމްގެ ކާމިޔާބީ ފާހަގަކުރަނީ "ލިޕް ސާވިސް" ގޮތަކަށެވެ.

ދިވެހި ޓޫރިޒަމްގެ އަނެއް ބާނީ ޗަމްޕާ ހުސައިން އަފީފު ވިދާޅުވީ، އެންމެ ކުރީގައި އެންމެ އުހަށް ދިއުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށާއި އެކަމަކު އެއްވަނައިގައި އަބަދު އޮތުމަކީ ދަތިކަމެއް ކަމަށެވެ.

ރޭގެ ހަފުލާގައި ޗަމްޕާ ހުސައިން އަފީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރޭގެ ހަފުލާގައި ޗަމްޕާ ހުސައިން އަފީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެހެންވީމާ އަޅުގަނޑު އެދެނީ ހުރިހާ އެންމެން ވެސް މަސައްކަތް ކޮށްގެން ދުނިޔޭގެ އެއްވަނަ ޑެސްޓިނޭޝަނެއް ގޮތަށް ރާއްޖެ ބާއްވަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޓޫރިޒަމްގައި ރާއްޖެއިން ގެންގުޅޭ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިން އުފެއްދި އަދި ދުނިޔެއަށް ވެސް އާ ކޮންސެޕްޓެއް ކަމަށާއި އެ ކޮންސެޕްޓް ދަމަހައްޓަންޖެހޭ ކަމަށެވެ.

ރޭގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރޭގެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މި ސިފަތައް ދިވެހި ފަތުރުވެރިކަމުގައި ދެމެހެއްޓޭނީ އަޅުގަނޑުމެން މި ގެންގުޅޭ ވަން އައިލެންޑް، ވަން ރިސޯޓް ކޮންސެޕްޓް އެގޮތުގައި ދަމަހައްޓައިގެން. އެ ކޮންސެޕްޓާއެކު، ފަތުރުވެރިންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭ." ރައީސް ވިދާޅުވި އެވެ.