Roadha Mihaaru
"ޓޫރިޒަމް ކުރިއަރުވަން ރަށްފުށުގެ ގޮތްތައް ދޫކޮށްނުލާ"

އާ ޖީލަށް އަފީފު ދެއްވި ނަސޭހަތް: ރަށްފުށުގެ އުސޫލުތައް ދޫކޮށް ނުލާ

18 ޖުލައި 2022

ރާއްޖޭގެ ޓޫރިޒަމްގައި ފެންނަނީ އުންމީދުން ފުރިގެންވާ މުސްތަގްބަލެއް ކަމަށާއި މި ދާއިރާ ކުރިއަށް ގެންދިއުމަށް ރަށްފުށުގެ އުސޫލުތައް ދޫކޮށް ނުލުމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ އަދި މަޓީގެ ނައިބު ރައީސް ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ޓޫރިޒަމްގައި ފެންނަނީ އުންމީދުން ފުރިގެންވާ މުސްތަގްބަލެއް ކަމަށާއި މި ދާއިރާ ކުރިއަށް ގެންދިއުމަށް ރަށްފުށުގެ އުސޫލުތައް ދޫކޮށް ނުލުމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ އަދި މަޓީގެ ނައިބު ރައީސް ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން މަޓީން އިއްޔެ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެވޯޑް ދިނުމުގެ ހަފްލާގައި އަފީފު ވިދާޅުވީ، އެއިރަކު ހުރި ވަސީލަތެއް ބޭނުން ކޮށްގެން ކަންކަން ކުރިއަށް ގެންދިއުމުގެ އުސޫލަކީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިން ފެންނަ ސިފައެއް ކަމަށެވެ. އެ އުސޫލުގައި ހިފަހައްޓައިފި ނަމަ، ކޮންމެ ފަދަ އުނދަގުލަކުން ވެސް ސަލާމަތް ވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ދާއިރާ ފެށީ ވެސް އެ އުސޫލުން. ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެކަން ކުރެވޭނެ އެންމެ ފުރިހަމައަކަށް ކޮށްގެން. މިއީ މި ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމަށް ވެސް ބޭނުންވާ އެއް ސިފަ،" އޭނާ ވިދާޅުވި އެވެ.

މަޓީއިން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ބައިވެރިން. މި ހަފްލާގައި 57 އެވޯޑެއް ދީފައިވޭ--ފޮޓޯ:މަޓީ

މަޓީއިން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ބައިވެރިން. މި ހަފްލާގައި 57 އެވޯޑެއް ދީފައިވޭ--ފޮޓޯ:މަޓީ

އަފީފު ވިދާޅުވީ، އާ ޖީލުގެ މަސައްކަތްތަކާ ދޭތެރޭ މިހާރުވެސް ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. މި ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންގެ ފަރާތުން، ކުޅާދާނަ، މަސައްކަތްތައް ފެންނަމުން ދިއުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި މިހާރު މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ އެކަމަށް ބޭނުންވާ މަތީ ތައުލީމު ލިބިފައިވާ ފަރާތްތައް ކަމުން، އެ މީހުންގެ މަސައްކަތްތަކުން "ޕްރޮފެޝަނަލް" އުސޫލުތައް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ކުރިއަށް ގެންދިއުމުުގައި ސަރުކާރުތަކުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ޓޫރިޒަމް ދާއިރާ ކުރިއަރުވަން ބޭނުން ކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ، ކޮވިޑްގެ ހާލަތުގައި ޓޫރިޒަމް ދާއިރާ ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުންތަކަށް އަފީފު ވަނީ ތައުރީފު ކުރައްވައިފަ އެވެ.

އެވޯޑް ހަަފްލާގައި ޓޫރިޒަމް ދާއިރާ ކުުރިއަރުވަން ކުރީގެ ރައީސް އިބްރާހިމް ނާސިރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ހާއްސަ އެވޯޑެއް ވެސް ދިނެވެ. އަދި ޓޫރިޒަމްގެ ހަތަރު ޕައިނިއަރުންނަށް އެވޯޑު ދީފައިވެ އެވެ. ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތައް ހިމެނޭ ގޮތަށް ޖުމްލަ 57 އެވޯޑެއް ދީފައިވެ އެވެ.

އެވޯޑުތައް ކަނޑައެޅީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުންގެ ކޮމިޓީއަކުންނެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން ހިންގަވާ މަޓީން، ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލާ ގުޅުވައިގެން ގިނަ ކަންތައްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އެކަމާ ގުޅިގެން އެވޯޑު ދިނުމުގެ އިތުރުން ސެލެބްރިޓީން ބައިވެރިވެރިކޮށްގެން ހަރަކާތްތަކެއް ބޭއްވުމާއި ޗެވެނިން/ސްކޮލާޝިޕް ޕާޓްނަޝިޕް ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ނިންމައިފަ އެވެ.