22 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓްތަކާ މެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމްގެ މައި ޖަމިއްޔާ މަޓީގެ އިސް ބައެއް ވެރިން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓްތަކާ މެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމްގެ މައި ޖަމިއްޔާ މަޓީގެ އިސް ބައެއް ވެރިން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ގާސިމްގެ ރޯޔަލް އައިލެންޑް ރިސޯޓުން ބަނގުރަލާއި އޫރުމަސް އޭނާގެ އެހެން އެހެން ރިސޯޓްތަކަށް ގެންދާ މައްސަލާގައި އެ ރިސޯޓްތަކަށް ކަސްޓަމްސްގެ އޮފިސަރުން އަރައި ވަނީ ފާސްކޮށްފަ އެވެ. އަދި ފަން އައިލެންޑް ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ރާ ވެސް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރޯޔަލް އައިލެންޑުން ވިލާގެ އެހެން ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް ގެންދާ މައްސަލާގައި، އެ ރިސޯޓަށް އެ ތަކެތި އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން ހަ މަސް ދުވަހަށް ހިފަހައްޓައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު "މިހާރު" އަށް ވިދާޅުވީ މަޓީގެ ފައުންޑަ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މަޓީގެ ވައިސް ޗެއާމަން ޗަމްޕާ ހުސެއިން އަފީފާއި އެ ޖަމިއްޔާގެ ސީނިއާ ބޭފުޅުންތަކެއް އިއްޔެ އޭނާއާ ބައްދަލުކުރައްވައި، އެ ކަންކަމާ ގުޅިގެން، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވެސް އިއްޔެ ފޯނުން ގުޅުއްވައި، ގާސިމްގެ ރިސޯޓުތަކާ މެދު އަޅަމުންދާ ފިޔަވަޅާ ގުޅިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ކުރުނބާގައި މިއަދު ކުރިއަށް ގެންދާ މަޓީގެ މި އަހަރުގެ އާންމު ބައްދަލުވުމަށް ވަޑައިގެންނެވުމަށްޓަކައި، އެ ޖަމިއްޔާގެ ޗެއާމަން އެމްޔޫ މަނިކު ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޔުނިވަސަލްގެ ޗެއާމަން އެމްޔޫ މަނިކު އިއްޔެ ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ، ޒަމީރުގެ ބައްދަލުވުމަށް ވަޑައެއްނުގަންނަވަ އެވެ.
"ގާސިމްގެ ރިސޯޓުތަކާ މެދު މަޓީގެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ވަނީ ހިއްސާ ކޮށްފައި. މިވަގުތު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް މިދެނީ އެ ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންނަށް ކުރާ އަސަރު ވީހާ ވެސް ކުޑަކޮށް، ކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް. އެ މަޝްވަރާ މަޓީގެ އިސް ބޭފުޅުންނާ އެކު ވެސް އަޅުގަނޑުމެން ކުރިން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމްގެ ރިސޯޓުތަކާ މެދު ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ހައްލެއް ލިބެން އޮތީ ވިލާއިން ސަރުކާރަށް ދައްކަން ޖެހޭ އެކި ބާވަތުގެ ޖީއެސްޓީ އާއި އެހެނިހެން ފައިސާ ދައްކައި ނިންމުމުން ކަމަށެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ރޭ ބުނެފައި ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށެވެ. އެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށް މީރާއިން ނެރުނު ބަޔާނުގައިވެ އެވެ.
މި އަދަދާ ގުޅޭ ގޮތުން ވިލާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މިނިސްޓަރު ޒަމީރާއި ގާސިމް ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
ޒަމީރު ވިދާޅުވީ ގާސިމްގެ ރިސޯޓުތަކާ މެދު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅު އަޅަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އެ ރިސޯޓުތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ދެއްކުމަށް ވެސް ސަރުކާރުން ބާރުއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާ އެކު، ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންނަށް ލިބޭ ގެއްލުން ކުޑަކުރަން އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް އެބަ ދެން. އެ ގެއްލުން އެންމެ ކުޑަކުރެވޭނެ ގޮތަކަށް ސަރުކާރުން ފިޔަވަޅު އަޅާނީ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރާ، މަޓީގެ އިސް ވެރިން ބައްދަލުކުރެއްވިއިރު، އެ ޖަމާއަތުގެ އަހަރީ އާންމު ބައްދަލުވުން ކުރުނބާ އައިލެންޑް ރިސޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ.
ނަމަވެސް ގާސިމްގެ ރިސޯޓުތަކާ މެދު ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން މަޓީން މިހާތަނަށް އެއްޗެއް ނުބުނާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
ވިލާ އިން ދައްކަންޖެހޭ ފައިސާއިން ބައެއް ދައްކައިފި
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް: ގާސިމް
ރާ އެތެރެކުރުމަށް ވިލާގެ ރިސޯޓުތަކަށް ވަގުތީ ހުއްދައެއް