21 ޖެނުއަރީ 2018
ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާއި ހިތްހަމަޖެހުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި އެކަންކަމާ ގުޅޭ ގޮތުން މަޓީ އާއި ކަމާ ބެހޭ އެހެން މުއައްސަސާތަކާ އެކު މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެފި އެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާއި ހިތްހަމަޖެހުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި އެކަންކަމާ ގުޅޭ ގޮތުން މަޓީ އާއި ކަމާ ބެހޭ އެހެން މުއައްސަސާތަކާ އެކު މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެފި އެވެ.
ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ފަސް ރިސޯޓަކުން ގާނޫނާއި ގަވައިދާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދައްކަން ޖެހޭ ފައިސާ ނުދައްކައި ރިސޯޓްތައް ހިންގުމުގެ ސަބަބުން ދައުލަތަށް ވެސް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ.
"...ދައުލަތަށް ލިބެން ޖެހޭ މި ފައިސާ ނުލިބުމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމަގަ އާއި ދައުލަތުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރެ އެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. "ހަމަ އެހެންމެ ގާނޫނާއި ގަވައިދުތަކުގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޓެކްސްތައް ދައްކަމުން ނުދާ ފަރާތްތަކާ ގުޅޭ ޝަކުވާތައް، ކުއްޔާއި ޓެކްސް ދައްކަމުންދާ ފަރާތްތަކުން ތަކުރާރުކޮށް މިނިސްޓްރީ އަށް ދަނީ ހުށަހަޅުންނެވެ."
ޓޫރިޒަމް މިނިސްޓްރީން ބުނީ ވިލާ ޝިޕިން އެންޑް ޓްރޭޑް އާއި އެ ކުންފުންޏާ ގުޅުން ހުރި ކުންފުނިތަކަށް ދޫކޮށްފައިވާ ބައެއް ރަށްތަކާއި ފަޅުތަކުން ދައުލަތުން ދައްކަން ޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވިއު އޮތޯރިޓީ (މީރާ) އިން މިހާރު ވެސް ކޯޓްތަކަށް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ވިލާއާ ގުޅުން ހުރި ކުންފުނިތަކުން މިހާރު ވެސް ހިންގަމުންދާ ބައެއް ރިސޯޓްތަކުން ގްރީން ޓެކްސް އާއި ޓީޖީއެސްޓީ ވޭތުވެ ދިޔަ މަސްތަކުގައި ދައްކާފައި ނުވާތީ އެ ފައިސާ ދެއްކުމަށް ވެސް މީރާ އިން ވަނީ އަންގައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވިލާއާ ގުޅުން ހުރި އެއްވެސް ރިސޯޓަކާ ދޭތެރޭ ގާނޫނާ ހިލާފަށް އެއްވެސް ފިޔަވަޅެއް ސަރުކާރުން މިހާތަނަށް އަޅައިފައެއް ނުވާނެ އެވެ. ނަމަވެސް "ބަނގުރަލާއި އޫރުމަހުގެ ގަވައިދާ" ވިލާ އިން ހިލާފުވެފައިވާ ކަމަށް ކަސްޓަމްސް އިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
"އެ ކުންފުންޏާ ގުޅުން ހުރި ކުންފުނިތަކުގެ ދަށުން ހިންގާ ބައެއް ރިސޯޓްތަކުން ގަވައިދުގެ އެކި މާއްދާތަކާ ހިލާފުވެފައިވާ ކަމަށް ކަސްޓަމްސް އިން މިނިސްޓްރީ އަށް ވަނީ އަންގަވައިފަ އެވެ." ބަޔާނުގައި ބުންޏެވެ.
ވިލާގެ ރިސޯޓުތައް ހުއްޓިދާނެ: ސަރުކާރު
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ހާސްކަމުގެ ތެރޭގައި ޝަކުވާތަކާ އެކު!
ރާ އެތެރެކުރުމަށް ރޯޔަލްއަށް ދިން ހުއްދަ ހިފަހައްޓައިފި
ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި