21 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ސަރުކާރުން ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިއަދު ހިފަހައްޓައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ސަރުކާރުން ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިއަދު ހިފަހައްޓައިފި އެވެ.
އެ ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ ހިފެހެއްޓިއިރު، ގާސިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ދަށުން ހިންގާ ސަން އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓް އަދި ފަން އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ވަނީ ބާތިލްކޮށްފަ އެވެ.
ރޯޔަލް އައިލެންޑަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ ހިފެހެއްޓުމާއެކު، ގާސިމްގެ އެއްވެސް ރިސޯޓަކަށް އެ ތަކެތި އެތެރެކޮށް ވިއްކުން ހުއްޓުމަކަށް އައީ އެވެ.
ރޯޔަލް އައިލެންޑް ރިސޯޓު ހިންގާ އައިލެންޑް ޓްރެވެލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަދި ވިލާގެ ޗެއާމަން ގާސިމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރަލާއި އޫރުމަސް އެތެރެކުރުމަށް އެ ކުންފުންޏަށް ދީފައިވާ ހުއްދަ ބޭނުންކޮށްގެން، "ބަނގުރަލާއި އޫރުމަހުގެ ގަވައިދު" 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާފައިވާކަން، ބަލައި ފާސްކުރުން ފާހަގަވެފައިވާ ކަމަށެވެ.
އެެހެންވެ ރަލާއި ބަނގުރާ އެތެރެކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓަށް ދީފައިވާ ހުއްދަ މިއަދުން ފެށިގެން ހަ މަސް ދުވަހަށް ހިފަހައްޓާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް ގާސިމްގެ އަނެއް ހަތަރު ރިސޯޓަށް ގެންދާ ކަމަށް ކަސްޓަމްސްއިން ތުހުމަތު ކުރެ އެވެ. އެހެންވެ ކަސްޓަމްސްއިން ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ގާސިމްގެ ހުރިހާ ރިސޯޓަކަށް ފުލުހުންގެ އެހީތެރިަކަމާއެކު އަރައި މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފަ އެވެ. އަދި އާ ކޯޓު އަމުރަކާއެކު ކަސްޓަމްސްއިން އިއްޔެ ވަނީ ފަން އައިލެންޑް ރިސޯޓަށް އަރައި ގިނަ އަދަދެއްގެ ރާ ގެންގޮސްފަ އެވެ.
ކަސްޓަމްސްއިން ބުނެފައި ވަނީ ރަލާއި އޫރުމަސް ދޫކުރަމުން ގެންދަނީ ވަކި ތަނަކަށް ގެންދިއުމަށް އިގުރާރު ވުމަށް ފަހު ކަމަށް ވާއިރު އެ ތަކެތި އެހެން ތަންތަނަށް ގެންގޮސް ވިއްކައި، ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި ވިލާގެ ހަތަރު ރިސޯޓުގައި ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ބަނގުރާ ގެންގޮސް ބޭނުން ކުރަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
އެ އިދާރާއިން ކުރިން ބުނެފައި ވަނީ ސަން އައިލެންޑާއި ޕެރެޑައިސް އާއި ހޮލިޑޭ އަދި ފަން އައިލެންޑަށް ރަލާއި އޫރުމަސް ދޫކުރުމުގެ އިތުރުން ވެސް އެހެނިހެން ޚިދުމަތްތައް ދިނުން ކަސްޓަމްސްއިން މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. ޚިދުމަތްތައް ހުއްޓާލީ ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ރޯޔަލް އައިލެންޑް ރިސޯޓު އުފައްދާފައި ވަނީ އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑްގެ ދަށުން ކަމަށް ވިޔަސް، އެ ރިސޯޓު އޮޕަރޭޓް ކުރަމުން އަންނަނީ ވިލާއިން ކަމަށެވެ. ރޯޔަލް އައިލެންޑުން އެހެން ރިސޯޓުތަކަށް ރަލާއި އޫރުމަސް ފަދަ ތަކެތި ގަވާއިދުގެ ތެރެއިން ގެންދެވޭ ކަމަށާއި މިހާތަނަށް ވެސް އެކަން ހިންގީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މީހެއްގެ މުދާ، އަޅުގަނޑުމެން ފައިސާ ދީފައި، ދައްކަން ޖެހޭ ޓެކުހާއި އެއްޗެހި ދައްކައިގެން މިތަނަށް ގެނެސްފައި ހުރި އެއްޗެހިތައް [މިއީ]. އެހެންވީމަ މީހެއްގެ މުދާ އެގޮތަށް ފޭރިގަނެގެން ނުގެންދެވޭނެ. ގާނޫނުއަސާސީގައި މީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅާފައި އޮންނަނީ،" ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރު ގައިސަރު ވިދާޅުވި އެވެ.
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ހާސްކަމުގެ ތެރޭގައި ޝަކުވާތަކާ އެކު!
ރާ އެތެރެކުރުމަށް ވިލާގެ ރިސޯޓުތަކަށް ވަގުތީ ހުއްދައެއް
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ