01 ފެބުރުއަރީ 2018
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެކި ކުންފުނިތަކުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ސަރުކާރުން ދިން ވަގުތީ ހުއްދައިގެ ދަށުން ބަނގުރަލާއި އޫރު މަސް އެތެރެކުރެވެނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށް ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އެ ހުރިހާ ރިސޯޓަކުން ބަނގުރާ ހުސްވެދާނެ ކަމަށް ވިލާ އިން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެކި ކުންފުނިތަކުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ސަރުކާރުން ދިން ވަގުތީ ހުއްދައިގެ ދަށުން ބަނގުރަލާއި އޫރު މަސް އެތެރެކުރެވެނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށް ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އެ ހުރިހާ ރިސޯޓަކުން ބަނގުރާ ހުސްވެދާނެ ކަމަށް ވިލާ އިން މިއަދު ބުނެފި އެވެ.
ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، ގާސިމްގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓީ މިދިޔަ މަހު އެވެ.
ސަރުކާރުން ހުއްދަ ހިފެހެއްޓުމަށް ފަހު، ޓޫރިޒަމް އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، ރަލާއި އޫރުމަސް އެތެރެކުރަން ސަރުކާރުން ވިލާއަށް ދިން 14 ދުވަހުގެ ލައިސަންސް އަންނަ ހަފުތާގައި ހަމަވާނެ އެވެ.
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "މިހާރު" އަށް ވިދާޅުވީ، ގާސިމްގެ ފަސް ރިސޯޓަށް ވެސް ބަނގުރަލާއި އޫރު މަސް އެތެރެ ކުރުމުގެ ވަގުތީ ހުއްދައެއް އިކޮނޮމިކް މިނިސްޓްރީން ދިން ނަމަވެސް، ކަސްޓަމުން އެތަކެތި ދޫކުރަނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށް ކަމަށެވެ.
ސަން އައިލެންޑް ރިސޯޓުގެ ބީޗުގައި ދެ ކުދިން ކުޅޭއިރު، ދެ ޓޫރިސްޓުން ހިނގާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް ހިންގަވާ ފަސް ރިސޯޓަކީ ރޯޔަލްގެ އިތުރުން ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރެޑައިސް އައިލެންޑް ރިސޯޓެވެ. ކަސްޓަމާއި ފުލުހުން އަރައި ފަން އައިލެންޑުގައި ހުރި ރާ ސްޓޮކް ވަނީ ގެންގޮސްފަ އެވެ.
"...ދެން ހުރި ރިސޯޓުތަކަށް ކަސްޓަމުން ޕްރޮސެސް ނުކޮށްދިން. މިއީ ވަރަށް ދެރަ ކަމެއް،" ސަން އައިލެންޑްގެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ކުރައްވާ ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން، ބައެއް ރިސޯޓުތަކުން ރާ ހުސްވާން ކައިރިވެފައިވާ ކަމަށެވެ. އެގޮތުން ސަން އައިލެންޑާއި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ހުރި ރާ ސްޓޮކް ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓޫރިސްޓުން ޝަކުވާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ރިސޯޓުތަކުން ބިޔަރު އެއްކޮށްހެން ހުރީ ހުސްވެފައި،" ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވިލާގެ ރިސޯޓުތަކުގެ މުވައްޒަފުން ތިބީ މާޔޫސްކަމާއި ހިތްދަތިކަމެއްގެ ތެރޭގަ އެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން ބައެއް މި ހަފުތާގައި ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސެންސެއް ދީފައި ވިޔަސް، އެ ފައިސާ ދެއްކުމުގައި ވިލާ އިން އެއްބާރުލުން ނުދޭ ކަމަށެވެ.
އެ ކުންފުނީގައި ރަނގަޅު ނިޔަތެއް ނެތް ކަން ހާމަވާތީ ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެކަމާ ގުޅިގެން ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީރާއިން މި މަހުގެ 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވިލާ ޝިޕިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާގެ ރިސޯޓުތައް ހުއްޓިދާނެ: ސަރުކާރު
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ހާސްކަމުގެ ތެރޭގައި ޝަކުވާތަކާ އެކު!
ރާ އެތެރެކުރުމަށް ވިލާގެ ރިސޯޓުތަކަށް ވަގުތީ ހުއްދައެއް
ރާ އެތެރެކުރުމަށް ރޯޔަލްއަށް ދިން ހުއްދަ ހިފަހައްޓައިފި
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި
ގާސިމްގެ ބައެއް ރިސޯޓުތަކުން ބަނގުރާ ހުސްވާން ފަށައިފި