30 ޖެނުއަރީ 2018
ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އަބުރުވެރިކަމާއި ހެޔޮ ނިޔަތާއެކު ދެއްކެވުމުގެ ރީތި ގޮތް އިޚުތިޔާރު ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މިރޭ ގޮވާލައްވައިފި އެވެ.
ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް އަބުރުވެރިކަމާއި ހެޔޮ ނިޔަތާއެކު ދެއްކެވުމުގެ ރީތި ގޮތް އިޚުތިޔާރު ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މިރޭ ގޮވާލައްވައިފި އެވެ.
ގާނޫނީ ވަކީލު އާޒިމާ އެކަމަށް ގޮވާލެއްވީ، ވިލާ ގްރޫޕަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމުލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ޓީވީއެމްގެ "އުންމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ދެއްކެވި ވާހަކައަށް ގާސިމް ރައްދު ދެއްވުމާ ގުޅިގެންނެވެ.
އާޒިމާ ވަނީ ވިލާ ގުރޫޕުގެ އެކި ކުންފުނިތަކާއި އަދި އެ ގުރޫޕަށް ނިސްބަތްވާ އެކި ފަރުދުންގެ ނަމުގައި 2008 ގެ ކުރިން ކުއްޔަށް ނަގާފައިވާ ބައެއް ރަށްރަށާއި ބިންތަކުގެ މައްސަލައިގެ އެއްބަސްވުންތަކާ ގުޅިގެން ސަރުކާރާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ކުންފުނީގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް 2012 ގައި ސަރުކާރު ބަދަލުވެ، ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމާ އާޒިމާ ހަވާލުވެވަޑައިގަތުމާއެކު، އެހެން މައްސަލަތަކެކޭ އެއްފަދައިން ވިލާ ކުންފުންޏާ ގުޅޭ މައްސަލަތަކުގައި ވަކާލާތު ކުރެއްވުން ވެސް ހުއްޓާލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ވިލާ ގުރޫޕާއި އެ ކުންފުންޏާ ގުޅޭ އެހެން ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ މައްސަލާގައި ޓީވީއެމްގައި އޭނާ ވާހަކަ ދެއްކެވީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އެކި ފަހަރު މަތިން ހާމަކޮށްފައިވާ އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ޔަގީންކަން ދެއްވާފައިވާ އަދަދުތަކުގެ މައްޗަށް ބުރަވެ ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމުގެ ހުއްޖަތެއްގެ ގޮތުން، އެ ވާހަކަތައް ދައްކާ މީހުންގެ އަބުރާ ބެހުމަކީ ހައްލެއް ކަމަށް ދުށުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"އަދި ދައުލަތަށް ދައްކަވަން ހުރި ފައިސާގެ މައްސަލާގައި އަބުރުވެރިކަމާއި ހެޔޮ ނިޔަތާއެކު އެ ކަންކަން ނިންމެވުމުގެ ރީތި ގޮތް އިޚްތިޔާރު ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އިލްތިމާސް ކުރަމެވެ،" އާޒިމާގެ ބަޔާނުގައި ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ، ވިލާއާ ގުޅޭ މައްސަލަތަކަކީ ދައުލަތަށް ރައްދުވާ ކަންކަމަށް ވުމުން، އެކަން ކުރަން އޮންނަ އުސޫލުގެ މަތިން ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް އޮތް ކަމަށް ކަނޑައަޅައި، ދައުލަތުގެ ފަރާތުން ވިޔަސް އެ މައްސަލަތަކުގައި މަސައްކަތް ކުރެއްވުމުން އޭނާ ތަނާޒިލްވެވަޑައިގެންފައިވާ ކަމަށެވެ. އެކަން އެގޮތަށް ނިންމެވީ ވެސް ބަންޑާރަ ނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ކަމަށް އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށް، ދެ ފަރާތުން ސެޓްލްމަންޓް އެގްރީމެންޓެއްގައި ސޮއިކުރުމަށް ވިލާ ގްރޫޕްގެ ފަރާތުން ސަރުކާރަށް ހުށަހެޅިކަން ރަސްމީކޮށް އެނގިވަޑައިގަތުމުން، އެކަމުން ވެސް ތަނާޒިލް ވެފައިވާ ކަމަށެވެ. އެހެންވެ ސަރުކާރާއި ވިލާއާއެކު ވި "ސެޓްލްމެންޓް އެގްރީމެންޓް" އެއްބަސްވުމުގައި ވެސް އޭނާގެ ދައުރެއް ނޯންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ވިލާ ގްރޫޕަށް ނިސްބަތްވާ އެކި އެކި ކުންފުނިތަކާއި އަދި ފަރުދުން ކުއްޔަށް ނަގާފައިވާ ރަށްރަށާއި ބިމުގެ ކުއްޔާއި އެ ތަންތަނުން ދައްކަންޖެހޭ އެހެން ފައިސާގެ މައްސަލައަކީ، އާޒިމާ ވިދާޅުވި ގޮތުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނުވަތަ ވަކާލާތު ކުރުމެއް އޮވެގެން ހިނގާފައިވާ ކަން ކަމެއް ނޫނެވެ.
"މިއާ ހިލާފަށް އެއީ އެ ރަށްތަކާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި އަދި ވިލާ ގްރޫޕުން 2013 ގައި ސަރުކާރާއެކު ކޯޓުން ބޭރުގައި އެއްބަސްވުންތަކެއް ވުމަށް ނަގާފައިވާ ވިޔަފާރީގެ ނިންމުންތަކެއްގެ ނަތީޖާ އެވެ،" އާޒިމާގެ ބަޔާނުގައިވެ އެވެ.
އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް: ގާސިމް
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
ވިލާ ޝިޕިންއާ ދެކޮޅަށް 75 މިލިއަންގެ ދައުވާތަކެއް
ޓެކްސްގެ ގޮތުގައި 2.8 މިލިއަން ދައްކަން ހުކުމްކޮށްފި
ޓެކްސްގެ ގޮތުގައި 1.9 މިލިއަން ދައްކަން ހުކުމްކޮށްފި
ވިލާއާ ދެކޮޅަށް 37 މިލިއަން ޑޮލަރުގެ ދައުވާއެއް
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި