06 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނިތައް އަތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާ ކޮށްފައި ވަނިކޮށް، ގާސިމްގެ ތިން ކުންފުންޏެއް އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނިތައް އަތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާ ކޮށްފައި ވަނިކޮށް، ގާސިމްގެ ތިން ކުންފުންޏެއް އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފި އެވެ.
ގާސިމްގެ ފަސް ކުންފުންޏަކުން 166 މިލިއަން ޑޮލަރު (2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ހޯދަން މީރާ އިން ދައުވާކޮށް، އެ މައްސަލަތައް ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް މި ފަހަރު މީރާ އިން ދައުވާކުރީ ގާސިމްގެ މަސްލަހަތު އޮންނަ ވިލާ ޝިޕިން ކުންފުންޏާ ދެކޮޅަށެވެ.
ވިލާ ޝިޕިންއާ ދެކޮޅަށް މި ފަހަރު މީރާ އިން ކުރަނީ ތިން ދައުވާއެކެވެ. އެއީ ޓީޖީއެސްޓީ އާއި އޭގެ ޖޫރިމަނާ ފައިސާގެ ގޮތުގައި ލިބެންޖެހޭ 3.2 މިލިއަން ޑޮލަރު (49.3 މިލިއަން ރުފިޔާ) ހޯދުމަށް ކުރި ދައުވާއަކާއި ޖީއާރްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 1.2 މިލިއަން ޑޮލަރު (18 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާއަކާއި ޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ހަތް މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާއެކެވެ.
ވިލާ ޝިޕިންގެ އިތުރުން ބިންގާ މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏެއްގެ މައްސަލަ ވެސް މީރާ އިން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރަނީ ޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި 170،000ރ. ހޯދުމަށެވެ.
އެ މައްސަލަތައް މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ވަނީ ބަލައިގަނެ، ރަޖިސްޓްރީކޮށްފަ އެވެ.
ގާސިމްގެ ކުންފުނިތަކާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާއިރު ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ގާސިމްގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެހެން ނަމަވެސް ބޭސްފަރުވާ އަށް އޭނާ މިހާރު ހުންނެވީ ޖަރުމަނު ވިލާތުގަ އެވެ.
ގާސިމްގެ ކުންފުނިތަކަށް ސަރުކާރުން ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ވެސް ސަރުކާރުން ކުރިން ވަނީ އަތުލައިފަ އެވެ. އެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން އެ ކުންފުނިތަކާ އެއްކޮޅަށް ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް، އެތަންތަން އަތުލީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
ވިލާގެ 18 މިލިއަން ޑޮލަރުގެ މައްސަލަ ބޭރުކޮށްލައިފި
ވިލާއާ ދެކޮޅަށް 37 މިލިއަން ޑޮލަރުގެ ދައުވާއެއް
ވިލާއާ ދެކޮޅަށް ކުރި 2.5 ބިލިއަންގެ ދައުވާ ނަގައިފި
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް: ގާސިމް
ފައިސާ ނުދެއްކުމުން މަޝްރޫއުތަކަށް ހުރަސް އެޅޭ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާއިން މީރާއާ ދެކޮޅަށް ކުރި ދައުވާތައް ގެންގޮސްފި