31 ޖުލައި 2017
ދައުލަތަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދައްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންގި މައްސަލާގައި ވިލާ އިން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް އެ ކުންފުނި ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ދައުލަތަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދައްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންގި މައްސަލާގައި ވިލާ އިން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް އެ ކުންފުނި ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް ސަރުކާރުން ދޫކޮށްފައިވާ ރަށެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 18 މިލިއަން ޑޮލަރު ދައްކަން އަންގައި، މިދިޔަ މާޗް މަހު މީރާ އިން ވަނީ އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.
އެ މައްސަލާގައި ވިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ އިއްޔެ ތާވަލްކުރި އަޑުއެހުމަށް ވިލާ ކުންފުނި ހާޒިރު ނުވުމުންނެވެ. މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއް ބޭރުކޮށްލުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ.
އެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު ވިލާ އަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 37 މިލިއަން ޑޮލަރު(578 މިލިއަން ރުފިޔާ) ހޯދަން މީރާ އިން ވަނީ ވިލާ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފަ އެވެ.
ވިލާ އަށް ދޫކުރި ރަށްތަކާއި ފަޅުތަކެއް 2015 ގައި ސަރުކާރުން އަތުލި މައްސަލާގައި ދަށު ކޯޓުން ވިލާއާ އެއްކޮޅަށް ނިމުނު ހުރިހާ މައްސަލަތަކެއްގައި ވެސް ހައި ކޯޓުން ވަނީ ދަށު ކޯޓުން ހުކުމްތައް ބާތިލްކޮށް، ދައުލަތާ އެއްކޮޅަށް މައްސަލަ ނިންމައިފަ އެވެ. ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކަން މީރާ އިން އެންގީ ހައި ކޯޓުގެ ހުކުމަށް ފަހު އެވެ.
ވިލާ ޝިޕިންއާ ދެކޮޅަށް 75 މިލިއަންގެ ދައުވާތަކެއް
ވިލާއާ ދެކޮޅަށް ކުރި 2.5 ބިލިއަންގެ ދައުވާ ނަގައިފި
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
ވިލާއާ ދެކޮޅަށް 37 މިލިއަން ޑޮލަރުގެ ދައުވާއެއް
ވިލާއިން މީރާއާ ދެކޮޅަށް ކުރި ދައުވާތައް ގެންގޮސްފި
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
ޑަބްލިއުއެލްޓީއަށް ތިން މިލިއަން ޑޮލަރު ދޭން އަންގައިފި
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ
ވިލާއިން ޓެކްސް ފައިސާ ދެއްކުމުން ދައުވާ ނަގައިފި