Roadha Mihaaru
ޑަބްލިއުއެލްޓީއަށް ތިން މިލިއަން ޑޮލަރު ދޭން އަންގައިފި

ޑަބްލިއުއެލްޓީއަށް 3.3 މިލިއަން ޑޮލަރު ދައްކަން އެއިމްސްއަށް އަންގައިފި

08 މާޗް 2021

ވިލާ ކުންފުނީގެ ހިއްސާ އޮޮންނަ ވޯލްޑް ލިންކް ޓްރެވަލްސް ކުންފުނި (ޑަބްލިއުއެލްޓީ) އަށް 3.3 މިލިއަން ޑޮލަރު (52 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން، ސަރުކާރު ކުންފުނިތަކެއް ހިއްސާވާ އެއާޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް (އެއިމްސް) ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިލާ ކުންފުނީގެ ހިއްސާ އޮޮންނަ ވޯލްޑް ލިންކް ޓްރެވަލްސް ކުންފުނި (ޑަބްލިއުއެލްޓީ) އަށް 3.3 މިލިއަން ޑޮލަރު (52 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން، ސަރުކާރު ކުންފުނިތަކެއް ހިއްސާވާ އެއާޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް (އެއިމްސް) ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ޑަބްލިއުއެލްޓީއަށް ފައިސާ ދައްކަން އެއިމްސްގެ މައްޗަށް ހުކުމްކުރީ އެއިމްސް އިން 2007 ވަނަ އަހަރު ޑަބްލިއުއެލްޓީ އަށް ރަށްތަކެއް ދޭން ނިންމައި، އެޑްވާންސް ގޮތުގައި 16.9 މިލިއަން ޑޮލަރު ނެގުމަށް ފަހު ރަށްތައް ހަވާލު ނުކުރި މައްސަލާގަ އެވެ. ރަށްތައް ނުދިނުމުން ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރާއި އެޑްވާންސް ފައިސާ އަނބުރާ ހޯދަން ޑަބްލިއުއެލްޓީން ދައުވާ ކުރުމުން ސުޕްރީމް ކޯޓުން 2019 ގައި ނިންމާފައި އޮތީ އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރާއި ފައިނޭޝަލް ކޮސްޓްގެ ގޮތުގައި 13 މިލިއަން ޑޮލަރު ދައުލަތާއި އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކުރީގެ ހުކުމުގެ ދަށުން ޑަބްލިއުއެލްޓީއަށް ދައުލަތުން ދައްކަން ޖެހޭ 15 މިލިއަން ޑޮލަރާއި ވިލާ ޝިޕިން ކުންފުންޏާއި އިތުރު ހަ ކުންފުންޏަކުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 11.4 މިލިއަން ގިނަ ޑޮލަރު އަދި އިތުރު 8.2 މިލިއަން ރުފިޔާ އަޅާ ކެނޑުމުން ދައުލަތުން ޑަބްލިއުއެލްޓީއަށް ދައްކަންޖެހޭ ފައިސާ ދައްކައި، ނިމިފައިވާ ކަމަށެވެ.

އެކަމަކު އެޑްވާންސް ފައިސާގެ ތެރެއިން އެއިމްސް ކުންފުނިން ޒިންމާވާން ޖެހޭ 1.9 މިލިއަން ޑޮލަރާއި ފައިނޭޝަލް ކޮސްޓްގެ ތެރެއިން އެ ކުންފުނިން ޒިންމާވާން ޖެހޭ 1.4 މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އެ ފައިސާ އެއް މަސް ތެރޭގައި ސިވިލް ކޯޓަށް ދައްކަން އަންގާ އެއިމްސްގެ މައްޗަށް ކަމަށް އެ ހުކުމުގައިވެ އެވެ.

އެއިމްސްއަކީ ގައުމީ އެއާލައިން ހިންގާ މޯލްޑިވިއަން އާއި އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ.

ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރާތީ ކަމަށް ބުނެ، ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކެއް 2015 ގައި ސަރުކާރުން އަތުލި އެވެ. އެކަމަކު 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެރަށްތައް އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ރަށްތައް އަނބުރާ ދޭން އަންގައިފަ އެވެ.