23 ޖެނުއަރީ 2018
ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ރައްޔިތުންގެ މަސްލަހަތު އެކުލެވޭ މަޝްރޫއުތައް މަޑުޖެހި، ރައްޔިތުން ބޭނުންވާ ފަދަ ބާރު ދުވެއްޔެއްގައި މަޝްރޫއުތައް ނިންމަން ބުރޫއަރާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ރައްޔިތުންގެ މަސްލަހަތު އެކުލެވޭ މަޝްރޫއުތައް މަޑުޖެހި، ރައްޔިތުން ބޭނުންވާ ފަދަ ބާރު ދުވެއްޔެއްގައި މަޝްރޫއުތައް ނިންމަން ބުރޫއަރާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާގެ މައްސަލަތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވައިދުން ނުލިބި ދިގުލައި ދާނަމަ، އޭގެ ސަބަބުން ދައުލަތުން ދޭ ހިދުމަތްތަކާއި މަޝްރޫއުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދައުލަތަށް ދަތިތައް ދިމާވެ، ގެއްލުންތައް ކުރިމަތިވަމުން ދާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.
" ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކްސްތަކަކީ ފަތުރުވެރިން ދައްކާފައިވާ ޓެކްސްތަކެއް ކަމަށްވުމާއެކު، އަދި އެއީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށް ވުމާއެކު، ކަނޑައެޅިފައިވާ ސުންގަޑިތަކަށް ދައުލަތަށް އެ ފައިސާ އަމާނާތްތެރި ކަމާއެކު ހަވާލު ކުރުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަން ވެސް ފާހަގަކޮށްލަމެވެ. ވުމާއެކު، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި މަސައްކަތްކުރަން ޖެހޭ އެންމެހައި މުއައްސަސާތަކުން ވެސް، މި ފައިސާގެ މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިލްތިމާސްކުރަމެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފީ ތައްވެސް ގަވައިދުން ދެއްކުމަށް އިލްތިމާސްކުރަމެވެ،" ފިނޭންސްގެ ބަޔާނުގައި ވެ އެވެ.
ފިނޭންސްއިން ބުނީ ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި 2.9 ބިލިއަން ރުފިޔާ އަކީ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީގެ ނިސްބަތުން 13.3 ޕަސެންޓްކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން، މިފަދަ ބޮޑެތި އަދަދުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ދިގު މުއްދަތަކަށް ނުލިބި ވުމަކީ މި މިނިސްޓްރީން ނުހަނު ކަންބޮޑުވާކަމެކެވެ." ފިނޭންސް އިން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން ގަވައިދުން ދެއްކުމަކީ ދައުލަތުން ދޭ އާންމު ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސުމަށް މުހިންމު ކަމެއް ކަމަށެވެ.
"މިގޮތުން މަހެއްގެ މައްޗަށް ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 700 މިލިއަނެއްހާ ރުފިޔާ އެވްރެޖް ގޮތެއްގައި ހަރަދުވެ އެވެ. އަދި ދައުލަތުގެ ހިންގުމުގެ ހަރަދަށް، މުސާރައިގެ ހަރަދު ހިމަނައިގެން މަހެއްގެ މައްޗަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ހަރަދުވެ އެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ފިނޭންސް އިން ބުނީ މަހުން މަހަށް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ހަރަދުތައް ކުރުމަށް ބޭނުންވާ އާމްދަނީ ގަވައިދުން ލިބެމުން ނުދާނަމަ، ފައިސާ ހޯދަން ޖެހެނީ ޓީ ބިލާއި ބޮންޑް ފަދަ ތަކެތި މެދުވެރިކޮށް ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ. އެއާއެކު، ފައިނޭންސިން ކޮސްޓް ބޮޑުވެ، ދައުލަތުގެ ބަޖެޓުން ހިންގަންޖެހޭ މަޝްރޫއު ތަކަށާއި ދޭންޖެހޭ އާންމު ހިދުމަތްތަކަށް ބުރޫ އަރާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެންމެ ބޮޑު ފައިދާއެެއް ލިބުނީ ވިޔަފާރީގެ ޓެކްސްއިން
ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ
ވިލާއިން ޓެކްސް ފައިސާ ދެއްކުމުން ދައުވާ ނަގައިފި
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް: ގާސިމް
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާ ޝިޕިންއާ ދެކޮޅަށް 75 މިލިއަންގެ ދައުވާތަކެއް
ވިލާއާ ދެކޮޅަށް 37 މިލިއަން ޑޮލަރުގެ ދައުވާއެއް