Roadha Mihaaru
ސަޓާ އިން އެމްޔޫ މަނިކަށް ހާއްސަ އެވޯޑެއް ދީފި

ސަޓާ އިން އެމްޔޫ މަނިކަށް ހާއްސަ އެވޯޑެއް ދީފި

24 ނޮވެމްބަރ 2023

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ޕައިނިއަރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ) އަށް ހާއްސަ އެވޯޑެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ޕައިނިއަރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ) އަށް ހާއްސަ އެވޯޑެއް ދީފި އެވެ.

މި އެވޯޑު ދިނީ، ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެމްޔޫ މަނިކު ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މި ރަސްމިއްޔާތު ބޭއްވީ ކުރުނބާ މޯލްޑިވްސްގަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓު ވިޔަފާރި ހިންގަވަން ފެއްޓެވި އެއް ބޭފުޅަކީ ވެސް އެމްޔޫ މަނިކެވެ. އޭނާ އަކީ މިހާރު ވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގަމުން އަންނަ ބޭފުޅާ އެވެ.

ސަޓާ އެވޯޑު ދޭން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. މި އެވޯޑަކީ މިހާރު ޓޫރިޒަމް ދާއިރާގައި މިސަރަހައްދުގައި ދޭ އެންމެ ފަހުރުވެރި އެއް އެވޯޑެވެ. މިއީ މި ސަރަހައްދުގެ 15 ގައުމެއްގެ ސަރުކާރުގެ އިދާރާތަކުން ބަލައިގެންފައިވާ އެވޯޑެކެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ބޫޓާން އާއި ނޭޕާލް އާއި ލަންކާ ފަދަ ގައުމުތަކުގެ އޭޖެންސީތައް ހިމެނެ އެވެ.