21 ޖެނުއަރީ 2019
ޓޫރިޒަމް އިންޑަސްޓްރީގެ ހާލަތު ދެނަގަތުމުގައި ބަލަންޖެހޭނީ ޒިޔާރަތްކުރާ ޓޫރިސްޓުގެ އަދަދަށް އެކަނި ނޫން ކަމަށް، އިންޑަސްޓްރީގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ހާލަތު ދެނަގަތުމުގައި ބަލަންޖެހޭނީ ޒިޔާރަތްކުރާ ޓޫރިސްޓުގެ އަދަދަށް އެކަނި ނޫން ކަމަށް، އިންޑަސްޓްރީގެ މައި ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާގައި މަނިކު ވިދާޅުވީ، ދާއިރާގެ ކުރިއެރުން ވަޒަންކުރުމުގައި އޮކިއުޕެންސީ ރޭޓް ފަދަ ކަންކަމަށް މިހާރަށް ބޮޑަށް ބަލަންޖެހޭ ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ ކުރިއަރުވަން، ރީސާޗާއި ޑިވެޕޮލްމެންޓަށް އިންވެސްޓްކުރާ ވަރު އިތުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުރިހަމަ ރީސާޗަކަށް ބިނާކޮށް ޓޫރިޒަމް އިންޑަސްޓްރީގެ ނިންމުންތައް ބައްޓަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރު ވެސް ޓޫރިޒަމް ދާއިރާއަށް ކުރިއެރުންތަކެއް ލިބުނު ކަމަށެވެ. އާ ރަންވޭއާ އެކު އިންޓަނޭޝަނަލް ފްލައިޓްތައް އަންނަ އަދަދުތައް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަަކައި ރާއްޖޭގެ ގުދުރަތީ ރީތިކަން ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން އޮތް އެންމެ ބޮޑު އެޑްވާންޓޭޖު ކަމަށްވާ އިރު ތިމާވެށި ރައްކާތެރިކުރުމާއި ފަތުރުވެރިކަން ކުރިއަރުވަން ޖެހޭނީ އެއް ވާނެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މަޓީގެ ޗެއާމަނަކަށް އަނެއްކާވެސް އެމްޔޫ މަނިކު
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި
ތިން މަސް ނުވަނީސް ބައި މިލިއަން ޓޫރިސްޓުން