21 ޖެނުއަރީ 2019
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަނަކަށް މިފަހަރު ވެސް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ހޮވައިފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަނަކަށް މިފަހަރު ވެސް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ހޮވައިފި އެވެ.
މަޓީގެ ޗެއާމަންކަމަށް އެމްޔޫ މަނިކު ހޮވީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން އެމްޔޫ މަނިކު މަޓީގެ ޗެއާމަންކަން ކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ޖަމިއްޔާގެ 74 މެންބަރުން ބައިވެރިވި ޖަލްސާގައި މަޓީގެ ބޯޑަށް 15 މެންބަރަކު ވެސް އިންތިހާބުކުރި އެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު މަޓީގެ އަހަރީ އާންމު ޖަލްސާގައި--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ޖަމިއްޔާގެ ވައިސް ޗެއާމަނަކަށް ޗަމްޕާ ހުސައިން އަފީފާއި ވޮޔޭޖަސް މޯލްޑިވްސްގެ ސަލާހު ޝިހާބު ހޮވި އިރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވީ ކްރައުން ކޮމްޕެނީގެ ޗެއާމަން އަހުމަދު ނަޒީރެވެ. އަދި ފައިނޭޝަލް ކޮންޓްރޯލަރަކަށް ލިލީ ހޮޓެލްސްގެ އަހުމަދު ހަފީޒު ހޮވިއިރު ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް ހޮވީ ޑްރިފްޓްވުޑް މޯލްޑިވްސްގެ އައްސަދު އަލީ އެވެ. މިއީ މި މަގާމުތަކުގައި ކުރިން ވެސް ތިއްބެވި ބޭފުޅުންނެވެ.
މަޓީގެ ވައިސް ޗެއާމަނަކަށް ހޮވި ހުސައިން އަފީފު، އަހަރީ އާންމު ޖަލްސާގައި ބައިވެރިވެފައިވޭ--ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިއީ ޓޫރިޒަމް ދާއިރާ ކުރިއަރުވައި ދެމެހެއްޓުމަށް 1982 ވަނަ އަހަރު ވިޔަފާރިވެރިންތަކެއް ގުޅިގެން އުފެއްދި ޖަމިއްޔާއެކެވެ. ޖަމިއްޔާގައި ހިމެނެނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ބޭފުޅުންނެވެ.
ޓޫރިޒަމްގެ ޕާފޯމަންސް ބަލާގޮތް ބަދަލުކުރަންޖެހޭ: މަނިކު
ޓޫރިޒަމް ކުރިއަރުވާނީ މަޓީގެ އެހީއާ އެކު: އަލީ ވަހީދު
ސަޓާ އިން އެމްޔޫ މަނިކަށް ހާއްސަ އެވޯޑެއް ދީފި
ކާމިޔާބީގެ ވާހަކަ ހުއްޓާލައި ކުރިއަށްދާނެ ގޮތްހޯދަންޖެހޭ
ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫމަނިކު
ވަން އައިލެންޑް- ވަން ރިސޯޓް ކޮންސެޕްޓާ ދުރަށްނުދޭ
"ޓޫރިޒަމް ކުރިއަރުވަން ރަށްފުށުގެ ގޮތްތައް ދޫކޮށްނުލާ"
މަޓީން ޓޫރިޒަމްގެ 50 އަހަރު ފާހަގަކުރަނީ
ދިވެހި ޓޫރިޒަމްގެ ބާނީން އެއްތަންވެ ދެއްވީ ފިލާވަޅެއް
1.3 މިލިއަން ވަނަ ޓޫރިސްޓަށް ރުމޭނިއާގެ މީހެއް