12 އޮކްޓޯބަރ 2023
ޓޫރިޒަމްގެ 50 އަހަރުގެ ކާމިޔާބީއަކީ ބާ ވާހަކައެއް ކަމަށާއި އަދި ޓޫރިޒަމް ދާއިރާ ކުރިއަށް ގެންދަން ސީރިއަސް މަސައްކަތްތައް ފަަށަންޖެހޭ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ އަދި ޓޫރިޒަމަށް ބޮޑު އިންވެސްޓްމަންޓްތަކެއް ކުރައްވާފައި މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ 50 އަހަރުގެ ކާމިޔާބީއަކީ ބާ ވާހަކައެއް ކަމަށާއި އަދި ޓޫރިޒަމް ދާއިރާ ކުރިއަށް ގެންދަން ސީރިއަސް މަސައްކަތްތައް ފަަށަންޖެހޭ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ އަދި ޓޫރިޒަމަށް ބޮޑު އިންވެސްޓްމަންޓްތަކެއް ކުރައްވާފައި މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.
ގައުމީ ޓޫރިޒަމް ދުވަސް ފާހަގަކުރަން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ޓޫރިޒަމް މިހާ ހިސާބަށް އައީ ދާއިރާގެ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އިތުރުން އެކަމުގައި ދިވެހިންގެ ނަސީބު ގަދަވުމުން ކަމަަށެވެ.
"ދާއިރާ މިހާރު އޮތް ސްޓޭޖުން ކުރިއަށް ގެންދަން ދެން އަންނަ ސަރުކާރުން ވެސް ވަރަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ތިން މަހު ރާއްޖޭގެ ޓޫރިޒަމް ދިޔައީ ދަށަށް ކަމަށާއި އެކަމުގެ އަސަރު ހުރިހާ ހިދުމަތްދޭ ތަނަކަށް ކުރި ކަމަށެވެ.
މިދިޔަ މަހު ރާއްޖެއަށް އައީ 130،000 ޓޫރިސްޓުންނެވެ. އެއީ އޭގެ ކުރީ ދެ މަހަށް ވުރެ ދަށް އަދަދެކެވެ. ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައި ނަމަވެސް ސަރުކާރުގެ އަމާޒަކީ 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
އެމްޔޫ މަނިކުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ އަދި މަޓީގެ ނައިބު ރައީސް ހުސައިން އަފީފު ވެސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ރަނގަޅު ވާހަކަ ދައްކަ ދައްކާ ނުތިބެވޭނެ ކަމަށާއި އަދި މި ދާއިރާ ކުރިއަށް ގެންދިއުމަށް އިޝްތިހާރު ކުރުން ފުޅާކުރަން ޖެހޭނެ ކަމަށެވެ.
އަފީފު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އޭނާ ވިދާޅުވީ ހިންދަމާލެވެން ނެތް ކަމަށާއި ކޮވިޑްގެ ދުވަސްވަރު ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީން ކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރަށް ވުރެ ރާއްޖެއަށް ޓޫރިސްޓް ބެޑް އިތުރުވެފައިވާއިރު ޓޫރިޒަމްގެ ކާމިޔާބުގެ ވާހަކަ ދައްކައިގެން ނިންމާ ނުލެވޭނެ ކަމަށެވެ.
"ޓޫރިޒަމްގެ މުސްތަގްބަލާ މެދު އެބަ ވިސްނަން ޖެހޭ. މާކެޓިން ކުރުމުގައި ތަފާތު ކުރާނެ ގޮތް ހޯދަން އެބަ ޖެހޭ. މިހާރަށް ވުރެ ފައިދާ އިތުރު ކުރާނެ ގޮތްތައް ހޯދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ދުރު އަތޮޅަށް ފްލައިޓް އިތުރު ކުރަންޖެހޭ: އެމްޔޫމަނިކު
ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫމަނިކު
ވަން އައިލެންޑް- ވަން ރިސޯޓް ކޮންސެޕްޓާ ދުރަށްނުދޭ
ދިވެހި ޓޫރިޒަމްގެ ބާނީން އެއްތަންވެ ދެއްވީ ފިލާވަޅެއް
މަދު ރިސޯޓްތަކެއް ރަނގަޅު، އެކަމަކު ކަންބޮޑުވުންތަކެއް
ޓޫރިޒަމް ބަނަކޮށް، "ބޭސް އޮތީ ދިވެހިންގެ އަތުގައި"
އަފީފް: ޓޫރިޒަމް މަޑުމަޑުން ހަމަޔަކަށް އެޅޭނެ
އެކަކުގެ މުސާރަ ވެސް 380 ޑޮލަރަށް ވުރެ ދަށެއްނުވާނެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި