20 މާޗް 2020
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ޓޫރިޒަމް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް، ޔުނިވާސަލް އެންޓަޕްރައިޒަސްގެ ރިސޯޓްތައް ވެސް ބަންދު ކުރަން ނިންމުމާ އެކު އެ ކުންފުނީގެ މުސާރަ އަށް ބަަދަލުތަކެއް ގެންނަން ނިންމައި އެކަން މުވައްޒަފުންނަށް އަންގައިފި އެވެ. ޔުނިވާސަލުން ބުނީ އެހެން ހަދަނީ މުވައްޒަފުން ދެމެހެއްޓުމަށާއި މުވައްޒަފުންނަށް ލިބިދާނެ ދާއިމީ ގެއްލުމަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ޓޫރިޒަމް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް، ޔުނިވާސަލް އެންޓަޕްރައިޒަސްގެ ރިސޯޓްތައް ވެސް ބަންދު ކުރަން ނިންމުމާ އެކު އެ ކުންފުނީގެ މުސާރަ އަށް ބަަދަލުތަކެއް ގެންނަން ނިންމައި އެކަން މުވައްޒަފުންނަށް އަންގައިފި އެވެ. ޔުނިވާސަލުން ބުނީ އެހެން ހަދަނީ މުވައްޒަފުން ދެމެހެއްޓުމަށާއި މުވައްޒަފުންނަށް ލިބިދާނެ ދާއިމީ ގެއްލުމަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ސޮއިކުރައްވައި ރިސޯޓްތަކަށް ފޮނުއްވާފައިވާ ޕޮލިސީ ގައިޑްލައިންގައިވާ ގޮތުން އެ ކުންފުނީގެ ރިސޯޓްތައް އަންނަ މަހު އެކަކުން ފެށިގެން ޖޫން މަހުގެ 30 އާ ހަމައަށް ބަންދުކުރާނެ އެވެ.
އެ ގައިޑްލައިންގައި ބުނެފައިވާ އެންމެ މުހިންމު ވާހަކައަކީ 380 ޑޮލަރަށް ވުރެ އެއްވެސް މުވައްޒަފެއްގެ މުސާރަ ދަށް ނުވާނެ ވާހަކަ އެވެ. އެކަމަކު އެންމެ މަތީގެ މުސާރައެއްގެ ގޮތުގައި ބަލާފައި ވަނީ 1600 ޑޮލަރެވެ. މީގެ އިތުރުން ގައިޑްލައިންގައި ބުނެފައިވާ ގޮތުން 380 ޑޮލަރުން މަތީގެ މުވައްޒަފުންގެ މުސާރައިން 50 ޕަސެންޓް ކެނޑިޔަސް، އެ އަދަދު 380 ޑޮލަރަށް ވުރެ ދަށެއް ނުވާނެ އެވެ.
ގައިޑްލައިންގަައިވާ ގޮތުން ޔުނިވާސަލްގެ ރިސޯޓްތަކުގެ މުވައްޒަފުންނަށް މާޗްމަހު ދޭނީ ފުރިހަމަ މުސާރަ އެވެ. އަދި މުސްލިމް މުވައްޒަފުންނަށް، އާއްމު އުސޫލުން ރޯދަ އިނާޔަތް ވެސް ދޭނެ އެވެ. މީގެ އިތުރުން ދަތުރުފަތުރު ވަނީ ހިލޭ ހަމަޖެހިފަ އެވެ.
ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނި، ބުކިންތައް ކެންސަލް ވުމާ ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓުތައް ބަންދުކުރަން ނިންމީ އިއްޔެ އެވެ. އެ ކުންފުނިން ރާއްޖޭގައި އަށް ރިސޯޓު ހިންގަ އެވެ. އަދި އެ ކުންފުނީގައި 3،200 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.
ރިސޯޓްތައް ބަންދުުކުރާކަން އިއުލާނު ކުރި އިރު ޔުނިވާސަލް އިން ބުނީ އެ ފިޔަވަޅުތަކާ އެކު، މުވައްޒަފުންނަށް ޚާއްސަ ޕެކޭޖުތަކެއް ހަމަޖެހި، މުސާރަ ލިބޭ ގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. ކުރިއަށް އޮތް ތަނުގައި މި ހާލަތު ދިގުދެމިގެންދާ ނަމަ އެހެން ރިސޯޓުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުން އެކަށީގެންވާ ކަމަށް ރިސޯޓުތަކުގެ އިސްވެރިން ބުނެ އެވެ.
ކާމިޔާބީގެ ވާހަކަ ހުއްޓާލައި ކުރިއަށްދާނެ ގޮތްހޯދަންޖެހޭ
ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވުން އޮކްޓޯބަރަށް ފަސްކޮށްފި
ޔުނިވާސަލްގެ ރިސޯޓުތައް ތިން މަހަށް ބަންދުކުރަނީ
ފާރުފުށި ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ
ދިގަލި މޯލްޑިވްސް: ތަފާތު ޑިޒައިނެއް، ހިތްގައިމުކަމެއް
ދިގަލި ރިސޯޓުގެ ވަޒީފާތަކަށް 300 މީހުން ހޯދަނީ
ދިގަލީގައި ހުޅުވާ ރިސޯޓަށް 380 މުވައްޒަފުން ހޯދަނީ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ޑޮލަރު މާރުކުރާ ގަވައިދަށް އަމަލުނުކުރެވޭނެ: ޔުނިވާސަލް
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި