18 ނޮވެމްބަރ 2016
ރ. ދިގަލީ އަންނަ އަހަރުގެ އޭޕްރިލް މަހު ހުޅުވާ މަތީ ފެންވަރުގެ ރިސޯޓަށް 380 ވަރަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ރ. ދިގަލީ އަންނަ އަހަރުގެ އޭޕްރިލް މަހު ހުޅުވާ މަތީ ފެންވަރުގެ ރިސޯޓަށް 380 ވަރަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ، ޔުނިވާސަލް އެންޓަޕްރައިސަސް ހިންގަން ފަށާ "ދިގަލި މޯލްޑިވްސް"ގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފި އެވެ. އެ ރިސޯޓް ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރިލް އެއްވަނަ ދުވަހު އެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮރަލް އެޖް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރި ރިސޯޓްގެ ތިރީހަކަށް ދާއިރާއަށް މުވައްޒަފުން ހޯދަން ވަނީ ނިންމައިފަ އެވެ. އެގޮތުން ވެއިޓަރުންނާއި ރޫމް ބޯއިން އާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނާއި ގެސްޓް ސާވިސް ޓީމް އަދި ފްރޮންޓް އޮފީސް މެނޭޖަރުންނާއި އެޗްއާރު ކޯޑިނޭޓަރުންނާއި އެކައުންޓެންޓުން ފަދަ މަގާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެ އެވެ. އޭގެ އިތުރުން ވެސް ކައްކާ މީހުންނާއި އައިޓީ އަދި ރިޒަވޭޝަންސް އެޖެންޓުންނާއި ސްޕާ ތެރަޕިސްޓުން ވެސް އެ ރިސޯޓަށް ބޭނުން ވެގެން އިއުލާންކޮށްފައިވެ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރ. ދިގަލި. މި ރިސޯޓް އަންނަ އަހަރުގެ އޭޕްރިލް މަހު ހުޅުވާނެ. ފޮޓޯ: ޔުނިވާސަލް ރިސޯޓްސް
ރ. މީދޫ ކައިރީގައި އޮންނަ ދިގަލި އަކީ ހިތްގައިމު ފަޅެއް އޮންނަ، ތަފާތު އެކި ކެޓަގަރީތަކުގެ 180 ވިލާ ހިމެނޭ ރިސޯޓެކެވެ. އެގޮތުން 19 ބީޗް ބަންގަލޯ އާއި 24 ވޯޓާ ވިލާ، 33 ބީޗް ޑިލަކްސް ބަންގަލޯ، 64 ބީޗް ވިލާ، ޕޫލާއެކު 20 ބީޗް ވިލާ، ޕޫލާއެކު 16 ލެގޫން ވިލާ، ޕޫލާއެކު 3 ބީޗް ސުއިޓް އަދި ދިގަލި ސުއިޓްގެ ނަމުގައި ހާއްސަ ސުއިޓެއް ވެސް ހުރެ އެވެ. އޭގެ އިތުރުން ޓޫރިސްޓުންނަށް ބޭނުންވާ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަފާތު އަށް ރެސްޓޯރަންޓް އާއި ބާ ހުރެ އެވެ.
ދިގަލީގައި 12 ޓްރީޓްމަންޓް ރޫމް ހިމެނޭ ސްޕާއަކާއި މޫދު ކުޅިވަރުތަކާއި ޑައިވިން އަދި ފިޓްނަސް ސެންޓަރެއްގެ ހިދުމަތް ވެސް ލިބެންހުރެ އެވެ.
ރ. އަތޮޅުގައި މިހާރު ވެސް ދެ ރިސޯޓް ހިންގަމުން އެބަދެ އެވެ.
ދިގަލި ރިސޯޓުގެ ވަޒީފާތަކަށް 300 މީހުން ހޯދަނީ
އެކަކުގެ މުސާރަ ވެސް 380 ޑޮލަރަށް ވުރެ ދަށެއްނުވާނެ
ފާރުފުށި ރިސޯޓު ޑިސެމްބަރު މަހު ހުޅުވަނީ
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
ޔުނިވާސަލްގެ ހިއްސާ އޮތް ދެ ރިސޯޓެއް ވިއްކާލަނީ
ފުލުހުން ލައްވައި ވޭޖް ތަންފީޒުކުރާ ހާލަތަށް ނުދާނެ
ފާރުފުށި ރިސޯޓު ވިއްކާލަނީ
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވުން އޮކްޓޯބަރަށް ފަސްކޮށްފި
ވަޒީފާއަށް ދިވެހިންނަށް ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް