Roadha Mihaaru
ފަގީރުންނަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ މުއްދަތު ރަށްރަށަށް އިތުރުކޮށްފި

12 މެއި 2017

ރަށްރަށުން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް ދިން މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރަށްރަށުން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް ދިން މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރިން ހަމަޖައްސާފައި އޮތީ މާލެ އާއި ރަށްރަށުންބވެސް ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން ބޭނުން ނަމަ އަންނަ އާދިިއްތަ އަންގާރަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށެވެ. އެކަމަކު އެ މިނިސްޓްރީން މިހާރު ހަމަޖައްސާފައިވަނީ ރަށްރަށުން އެ ލިސްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިނުމަށެވެ.

އެގޮތަށް ހަމަޖެއްސީ މުއްދަތު އިތުރު ކުރުމަށް ފަހު ރަށްރަށުން އެދެމުންދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވެ އެވެ. ރަށްރަށުން އެ ލިސްޓުގައި ރަޖިސްޓްރީވާން ބޭނުންވާ މީހުން އެކަމުގެ ފޯމް ހުށަހަޅަން ޖެހޭނީ އެ ރަށެއްގެ ކައުންސިލް އިދާރާއަށެވެ.

އެހެނަސް، މާލޭ ސަރަހައްދުން އެ ލިސްޓުގައި ރަޖިސްޓްރީވާން ބޭނުން ނަމަ ކުރިން ވެސް އޮތްގޮތަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވާން ޖެހޭނެ އެވެ. މާލޭ ސަރަހައްދުން ފޯމް ހުށަހަޅަންޖެހޭނީ މިނިސްޓްރީއަށެވެ.

ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް 44.ރ ނުލިބޭ ނަމަ އެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ. އެއިން ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 900ރ. ވަނީ ބަހައިފަ އެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.