މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން ސްކޮލަޝިޕަށް މި ހަފުތާގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
13 އެޕްރީލް 2025
މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން ސްކޮލަޝިޕަށް މި ހަފުތާގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ، އިސްލާމީ އިލްމުގެ މުހިއްމު ތަފާތު ދާއިރާތަކުން މާސްޓާސް އާއި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކަކަށް ހުޅުވާލާނެ ކަމަށެވެ. އަދި މެޑިސިން ދާއިރާއިން ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓުން ނެތް މުހިއްމު ދާއިރާތަކުން ވެސް އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އެނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް މާލީ އެހީ ފޯރުކޮށްދޭން އިއުލާންކުރާނެ އެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ އެހީތެރިކަމާ އެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެންދިޔަ ނަސްރެއް ކަމަށެވެ. މީގެ ދަށުން ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މި ހަފްތާގައި ސްކޮލަޝިޕަށް ހުޅުވާލަން ނިންމިއިރު މަތީ ތައުލީމް ހާސިލްކުރަން ޒަކާތު ފަންޑުން އެހީދޭނެ ގޮތްތައް އިތުރުކޮށް، އާ އުސޫލެއް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އާންމުކޮށްފަ އެވެެ.
ސްކޮލަޝިޕްގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން އާއި ވިސާ ފީ އާއި ސްޓައިޕެންޑާއި ބުކިން އެލަވަންސް ވެސް ދޭނެ އެވެ.
- މާލީ ފުދުންތެރިކަން ނެތުން.
- ކިޔެވުމަށް އަމިއްލަ އަށް ހަރަދު ކުރެވެން ނެތުން.
- ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ހިލޭ އެހީގައި މީގެ ކުރިން ކިޔަވަން ފުރުސަތު ލިބުން ނުވަތަ ޒަކާތު ފަންޑު ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ނުވުން.
- ސަރުކާރުން ނުވަަތަ ސަރުކާރު މެދުވެރިވެގެން ހިލޭ އެހީ/ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުސަތުގައި ކިޔެވުމަށް ފަހު ބޮންޑު ފުރިހަމަނުކުރާ މީހަކަށް ނުވުން.
ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސްޕްލާންޓާއި ބޯން މެރޯ ހެދުމާއި ފުއްޕާމޭގެ ކެންސަރު ފަދަ ބޯޑެތި ބަލިތަކަށް ވެސް ހޭދަކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
މިނިސްޓަރަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް
"މުއިއްޒަކީ ރާއްޖެއަށް މިވަގުތަށް ލިބުނު ނިއުމަތެއް"
މުނީޒާގެ ޖަވާބު: ޒަކާތް ފުޅާކުރަން ހޭލުންތެރިކަން ނެތީ
ޒަކާތު ފަންޑުން އެހީވުން ފުޅާކުރާނެ ގޮތް ކެބިނެޓަށް
ޒަކާތާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި
މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ