Roadha Mihaaru
މިދިޔަ އަހަރު 108.7 މިލިއަން ޑޮލަރު ބޭރަށް ފޮނުވި

މަނީ ޓްރާންސްފާ ކުންފުނިތައް މެދުވެރިކޮށް 108.7 މިލިއަން ޑޮލަރު ބޭރަށް ފޮނުވައިފި

02 މެއި 2017

ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު 108.7 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު 108.7 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން އިއްޔެ ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ރާއްޖެ އިން ބޭރަށް ފޮނުވި ފައިސާގެ މިންވަރު 2015 ވަނަ އަހަރަށް ވުރެ 13 ޕަސެންޓް ދަށެވެ. އަދި މިދިޔަ އަހަރު ފޮނުވި ފައިސާގެ ތެރެއިން 83 ޕަސެންޓަކީ ބިދޭސީން ފޮނުވި ފައިސާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން 17 ޕަަސެންޓަކީ ދިވެހިން ފޮނުވި ފައިސާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ކޮންމެ މަހަކު ދިވެހިން ފޮނުވި ފައިސާ އެއް ހަމައެއްގައި ހިފެހެއްޓިފައިވާ އިރު ބިދޭސީން ފޮނުވި އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ރެމިޓެންސް ޓެކްސް ނަގަން ފެށުމާއެކު ބިދޭސީން ފޮނުވާ ފައިސާގެ އަދަދު ދަށްވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ބޭރަށް ފޮނުވި ފައިސާގެ ތެރެއިން 64 ޕަސެންޓް ފައިސާ ފޮނުވާފައި ވަނީ ބަނގްލަދޭޝް އަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް ބޭރުގެ އެކި ގައުމުތަކުން ފޮނުވި ފައިސާގެ އަދަދު ވެސް ވަނީ 13 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރު އެކި ގައުމުތަކުން ރާއްޖެ އަށް ފޮނުވި އަދަދު ވަނީ 4.6 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދިނުމަށް މިދިޔަ އަހަރު ރާއްޖޭގައި ހަ ކުންފުންޏެއް ހަރަކާތްތެރިވެފައިވެ އެވެ.