Roadha Mihaaru
ޕޭމަންޓް ސިސްޓަމް ތަރައްގީކުރަން ކޮންސަލްޓަންޓަކު ހޯދަނީ

ޕޭމަންޓް ސިސްޓަމް ތަރައްގީކުރަން ކޮންސަލްޓަންޓަކު ހޯދަނީ

20 ޖުލައި 2021

ޕޭމަންޓް ސިސްޓަމް ތަރައްގީކުރަން ކޮންސަލްޓަންޓަކު ހޯދަން އެމްއެމްއޭ އިން އިއުލާނުކޮށްފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕޭމަންޓް ސިސްޓަމް ތަރައްގީކުރަން ކޮންސަލްޓަންޓަކު ހޯދަން އެމްއެމްއޭ އިން އިއުލާނުކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ބުނީ ޕޭމަންޓް ސިސްޓަމް ބޭނުން ކުރުމަށް ޓެކްނިކަލް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުން އަންނަ މަހުގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ވާނެ ކަމަށެވެ.

ޕޭމަންޓް ސިސްޓަމް އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބޭނުން ކުރަން ފަށާނެ އެވެ. އާ ޕޭމަންޓް ނިޒާމާ އެކު ފައިސާ ދައުރު ކުރުމުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. މި ސިސްޓަމާ އެކު ރާއްޖޭގެ ހުރިހާ މާލީ ހިދުމަތްތައް ގުޅާލާނެ "ޔުނިފައިޑް ޕޭމެންޓް ގޭޓްވޭ"އެއް ހަދާނެ އެވެ. އެހެންކަމުން އެއް ސިސްޓަމް މެދުވެރިކޮށް މާލީ ހުރިހާ ހިދުމަތެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

އެމްއެމްއޭ އިން މިކަން ކުރަނީ ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެންނެވެ. މި ސިސްޓަމާ އެކު ޗެކާއި ނަގުދު ފައިސާއިން ހިންގި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކުގެ ބަދަލުގައި އާ ސިސްޓަމް މެދުވެރިކޮށް "ރިއަލް ޓައިމް"ގައި ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.