11 ފެބުރުއަރީ 2022
އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރުން ފެށޭވަރު ވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރުން ފެށޭވަރު ވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށުން ލަސްވެފައި ވަނީ ކޮވިޑްގެ ސަބަބުން ދިމާވި ގޮންޖެހުންތަކާ ހެދިި ބޭންކްތަކަށް އެ ސިސްޓަމަށް ތައްޔާރުވާން އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މިދިޔަ އަހަރު ކުރީ ކޮޅު އެމްއެމްއޭ އިން ބުނީ އެ އަހަރުގެ ފަހު ކޮޅު އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އަނެއްކާވެސް އެމްއެމްއޭ އިން ވަނީ މި އަހަރުގެ ފެބްރުއަރީގައި އާ ސިސްޓަމް ބޭނުން ކުރަން ފެށޭނެ ކަމަށް ބުނެފަ އެވެ. އެއަށް ފަހު އެމްއެމްއޭން މި ވަނީ އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށުން މި އަހަރުގެ ފަހު ކޮޅަށް ލަސްކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނީ މި ސިސްޓަމް ޓެސްޓް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބޭންކްތައް ވެސް އާ ޕޭމެންޓް ސިސްޓަމްގެ ތެރެއަށް ވައްދާ، ޓެސްޓް މަރުހަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން ފެށުމުން ރާއްޖޭގެ ހުރިހާ މާލީ ހިދުމަތްތައް ގުޅާލާނެ "ޔުނިފައިޑް ޕޭމެންޓް ގޭޓްވޭ"އެއް ހަދާނެ އެވެ. އެއާ އެކު އެއް ސިސްޓަމް މެދުވެރިކޮށް މާލީ ހުރިހާ ހިދުމަތެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ފިންލޭންޑުގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން ހަދާ ޕޭމެންޓް ސިސްޓަމުން ކޮންމެ ރަށަކުން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ، އެއް ތަނުން އަނެއް ތަނަށް ފޮނުވާލެވޭނެ އެވެ. ކުރިން ޗެކާއި ނަގުދު ފައިސާއިން ހިންގި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކުގެ ބަދަލުގައި އާ ސިސްޓަމް މެދުވެރިކޮށް "ރިއަލް ޓައިމް"ގައި ފައިސާގެ ކޮންމެ މުއާމަލާތެއް ވެސް ހިންގޭނެ އެވެ.
އާ ނިޒާމުގެ ތެރެއިން ޕޭމަންޓްތައް ހެދުމުގައި ރައްކާތެރި ނިޒާމެއް އެކުލަވައިލެވޭނެ އެވެ. ކޮންމެ ފަހަރު އެކައުންޓް ނަންބަރު ދިނުމުގެ ބަދަލުގައި ހާއްސަ ކޯޑެއް ދީގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. މިސާލަކަށް އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
ޕޭމަންޓް ސިސްޓަމް ތަރައްގީކުރަން ކޮންސަލްޓަންޓަކު ހޯދަނީ
އާ ޕޭމަންޓް ސިސްޓަމާ އެކު ނިޒާމަށް އިންގިލާބީ ބަދަލެއް
ފަވަރަ: އެއް އަހަރުން 15 ބިލިއަންގެ މުއާމަލާތް
ދިރާގު ފިންޓެކް ކުންފުންޏަށް އެމްއެމްއޭއިން ލައިސެންސް
ފަވަރައިން 2 ދުވަހުން 10 މިލިއަންގެ މުއާމަލާތް
ޕޭމަންޓް ސިސްޓަމް ތިން ބޭންކާ އެކު އަންނަ މަހު ފަށަނީ
މިދިޔަ އަހަރު ދައުރުވި ފައިސާގެ އަދަދު 41 ބިލިއަނަށް
ޕޭމަންޓް ސިސްޓަމް ގެންނަނީ ބޭރުން: ގަވަރުނަރު
ރެމިޓެންސް ޓެކްސްއާ އެކު ބޭރަށް ފައިސާ ފޮނުވުން ދަށަށް
މިދިޔަ އަހަރު 108.7 މިލިއަން ޑޮލަރު ބޭރަށް ފޮނުވި