Roadha Mihaaru
ދިރާގު ފިންޓެކް ކުންފުންޏަށް އެމްއެމްއޭއިން ލައިސެންސް

ދިރާގު ފިންޓެކް ކުންފުންޏަށް އެމްއެމްއޭއިން ލައިސެންސް ދީފި

20 އޯގަސްޓް 2024

ދިރާގުގެ ސަބްސިޑަރީ ކުންފުނި، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް އެމްއެމްއޭއިން ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުގެ ސަބްސިޑަރީ ކުންފުނި، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް އެމްއެމްއޭއިން ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި އެވެ.

އެމްއެމްއޭ އިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މިއަދު ދީފައިވާ ކަމަށެވެ.

މި ލައިސަންސް ދިނުމާ ގުޅިގެން، ދިރާގުން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ދިރާގުން އަންނަނީ ދިރާގުޕޭގެ ނަމުގައި ޑިޖިޓަލް ވޮލެޓެއްގެ ހިދުމަތް ދެމުންނެވެ. ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.