05 މެއި 2018
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފެށުމާ އެކު، ބޭރަށް ފައިސާ ފޮނުވުނުން ވަރަށް ބޮޑަށް މަދުވެފައިވާކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފެށުމާ އެކު، ބޭރަށް ފައިސާ ފޮނުވުނުން ވަރަށް ބޮޑަށް މަދުވެފައިވާކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.
ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު ފައިސާ ފޮނުވި މިންވަރު، ކުރީ އަަހަރާ އަޅާބަލާއިރު 39 ޕަސެންޓް ދަށްވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މަރުކަޒީ ބޭންކުން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން ބޭރަށް ފައިސާ ފޮނުވައިދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު ފޮނުވާފައި ވަނީ 66.8 މިލިއަން ޑޮލަރެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ 2016 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ހުރިހާ މަހެއްގައި ވެސް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވި އަދަދު މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފެބުރުއަރީ، ޖޫން އަދި ސެޕްޓެމްބަރު މަހު ފޮނުވި އަދަދު 45 ޕަސެންޓަށް ވުރެ ދަށްވެފައިވާ ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރު ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް ބޭރަށް ފޮނުވާފައިވާ ފައިސާގެ 71 ޕަސެންޓް ފޮނުވާފައި ވަނީ ބިދޭސީން ކަމަށް ރިޕޯޓްގައިވެ އެވެ.ކުރީ އަހަރު މި ނިސްބަތަކީ 83 ޕަސެންޓެވެ.
މަރުކަޒީ ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ ކޮންމެ މަހެއްގެ ޖުމްލައަށް ބަލާއިރު އަހަރު ތެރޭގައި ބިދޭސީން ފޮނުވި ފައިސާ ދަށްވި ނަމަވެސް، ދިވެހިން ފޮނުވާ ފައިސާ އެއް ހަމައެއްގައި ހުރުމަށް ފަހު އަހަރުގެ ފަހުކޮޅުގައި އިތުރުވެފައިވާ ކަމަށެވެ.
ބިދޭސީން ބޭރަށް ފޮނުވާ ފައިސާ މަދުވާން ފެށިކަން ފާހަގަކުރެވިފައި ވަނީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އިން ރެމިޓެންސް ޓެކްސް ނަގަން، އޮކްޓޯބަރު 1، 2016 ގައި ފެށުމަށް ފަހުގައި ކަމަށް ރިޕޯޓްގައިވެ އެވެ.
މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ 46 ޕަސެންޓަކީ ބަންގްލަދޭޝްއަށް ފޮނުވާ ފައިސާ އެވެ. އެކަމަކު އެ ގައުމަށް މިދިޔަ އަހަރު ފައިސާ ފޮނުވި އަދަދު ވަނީ 56 ޕަސެންޓް ދަށްވެފަ އެވެ. ބަންގްލަދޭޝްއަށްފަހު އެންމެ ގިނަ ފައިސާ ފޮނުވަނީ އިންޑިއާ އަށެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ފޮނުވާފައި ވަނީ 4.7 މިލިއަން ޑޮލަރެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު އެއް ޕަސެންޓްގެ އިތުރުވުމެއްކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ދައުރުވި ފައިސާގެ އަދަދު 41 ބިލިއަނަށް
މިދިޔަ އަހަރު ރެމިޓެންސް ގޮތުގައި 92 މިލިއަން ޑޮލަރު
ބިދޭސީން 363 މިލިއަން ޑޮލަރު ބޭރުކޮށްފި
"ފައިނޭންސިން ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ"
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
އިގްތިސާދު ރަނގަޅު ކުރާނީ ފައިސާ ޗާޕުނުކޮށް: ރައީސް
"ހަކަތަ ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު ބޭނުންވޭ"
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި 49 މިލިއަން ޑޮލަރު
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ