އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް ދެ ދުވަހުން 10 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
29 އޯގަސްޓް 2023
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް ދެ ދުވަހުން 10 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ ވޭތުވެދިޔަ ދެ ދުވަހު 3،678 ފައިސާގެ މުއާމަލާތް ހިންގި ކަމަށެވެ.
ފަވަރައިގެ ފުރަތަމަ މަރުހަލާގައި މި ވަގުތު ދެނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ، ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ. މި ހިދުމަތްތައް ދެނީ ބީއެމްއެލް އާއި އެސްބީއައި އާއި އެމްއައީބީގެ އިންޓަނެޓް ބޭންކިން އާއި އެޕްލިކޭޝަން މެދުވެރިކޮށެވެ.
އެމްއެމްއޭ އިން އަންނަނީ ފަވަރައިގެ އެޕްލިކޭޝަނެއް ވެސް ތައްޔާރު ކުރަމުންނެވެ.
ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. ފަވަރަ ޓްރާންސްފާ އިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
ފަވަރަ މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވޭނެ އެވެ.
އެމްއެމްއޭ އިން ނެޝަނަލް ކިއުއާރްކޯޑް ތައާރަފްކުރަނީ
ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް 7.7 ބިލިއަން
އެމްއެމްއޭއިން ޑޮލަރުގެ އެމްއާރްއާރްގެ އަދަދު ދަށްކޮށްފި
ޓީޓީޕޭމަންޓުތަކަށް ދޭ ޑޮލަރު 10 ޕަސެންޓު އިތުރުކޮށްފި
"މާލީ އިދާރާތަކަށް ލައިސަންސް ދޭނީ ގާނޫނުގެ ތެރެއިން"
އިތުރު ދެ ބޭންކެއް އުފެއްދުމުގެ ހުއްދަ ދީފި
ފަވަރަގެ ހިދުމަތް މެދުކެނޑިއްޖެ
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި