އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަން ޖެހޭ ފައިސާގެ އަދަދު 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
24 ޖުލައި 2025
އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަން ޖެހޭ ފައިސާގެ އަދަދު 7.5 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
އެބަދަލު އެމްއެމްއޭ އިން ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.
އެމްއާރްއާރް އަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކްގައި ރިޒާވްގެ ގޮތުގައި ރުފިޔާ އިން ނުވަތަ ބޭރު ފައިސާއިން ބަހައްޓަން ޖެހޭ ޕަސެންޓެވެ.
އެ ރިޒާވްތައް ލޯނު ދޫކުރުމަށް ނުވަތަ އިންވެސްޓްކުރުމަށް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި މިއީ މާލީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ޓަކައި މަރުކަޒީ ބޭންކުން ބަހައްޓާ ފައިސާ އެވެ.
އެމްއެމްއޭ އިން ބުނީ އެ ބަދަލުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުން ކަމަށެވެ. އެ އޮތޯރިޓީން ބުނީ ކޮވިޑަށް ފަހު އިގްތިސާދީ ރިކަވަރީ ރަނގަޅުވެފައިވީ ނަމަވެސް، ބޭރު ފައިސާއަށް އޮތް ޑިމާންޑް އަދިވެސް މަތިވުމާއެކު، ބޭންކުތަކަށާއި އެ ބަދަލުގެ ސަބަބުން މުޅި އިގްތިސާދަށް ކުރިމަތިވެފައިވާ ލިކުއިޑިޓީގެ ޕްރެޝަރަށް ލުޔެއް ލިބޭނެ ކަމަށެވެ.
އެމްއެމްއޭގައި ބޭންކްތަކުން އެ ބަހައްޓާ ފައިސާއިން އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ކްރެޑިޓް ދޫކުރުމުގެ ކުރިއެރުމާއި އަގުތައް މައްޗަށް ދިއުން ހިފެހެއްޓޭނެ އެވެ.
އެމްއެމްއޭ އިން ބުނީ، އަލަށް ގެނައި ބަދަލުގެ ސަބަބުން ބޭންކްތަކަށް ބޭރު ފައިސާގެ އިތުރު ލޯނު ދޫކުރުމަށް ބޭނުން ކުރެވޭނެ ކަމަށާއި ބޭރު ފައިސާގެ ދަތިކަމަށް ނުވަތަ ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށެވެ. އެގޮތުން ޑޮލަރު ބޭނުންވާ ވިޔަފާރިތަކަށާއި ފަރުދުންނަށް ބޭންކްތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
މަރުކަޒީން ބޭންކުން ބޭރު ފައިސާގެ ޑިޕޮސިޓަށް ބަދަލު ގެނައި ނަމަވެސް، ދިވެހި ރުފިޔާއިން ބަހައްޓަން ޖެހޭ ޑިޕޮސިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މަރުކަޒީ ބޭންކުގައި ބަހައްޓާ އެ ފައިސާއަށް ބޭންކްތަކަށް ދިވެހި ރުފިޔާގެ ރިޒާވަށް އެއް ޕަސެންޓުގެ އިންޓްރެސްޓް ލިބިގެންދާ އިރު ބޭންކްތަކުން ޑޮލަރު ބަހައްޓާ ރިޒާވަށް 0.01 ޕަސެންޓުގެ އިންޓްރެސްޓެއް ލިބޭނެ އެވެ. އެއީ އެމްއާރްއާރްގެ ތެރެއިން ބޭންކްތަކަށް ލިބޭ ފައިދާ އެކެވެ.
އިތުރު ދެ ބޭންކެއް އުފެއްދުމުގެ ހުއްދަ ދީފި
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބޭންކްތަކުގައި ރައްކާކުރާ ފައިސާ މަދުވެއްޖެ
ޑިޖިޓަލް ބޭންކްގެ ލައިސަންސަށް އަލުން އެދޭނަން: އަމްރު
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ލައިސަންސެއް ނުދިން
ބަދަލު ގެނައީ ގާބިލު މީހުން ނުލިބޭތީ: އެމްއެމްއޭ
ބޭންކުތަކުގެބޯޑުން ސިޔާސީ މީހުންނަށް ފުރުސަތު ބޮޑުކޮށްފި
ނަގުދު ފައިސާ ނެގޭވަރު 200،000ރ. އަށް ލިމިޓު