Roadha Mihaaru
ނަގުދު ފައިސާ ނެގޭވަރު 200،000ރ. އަށް ލިމިޓު

އެމްއެމްއޭގެ އެންގުމާއެކު، ބޭންކުތަކުން ނަގުދު ފައިސާ ނެގޭވަރު 200،000ރ. އަށް ލިމިޓުކޮށްފި

01 ޑިސެމްބަރ 2020

ބޭންކުތަކުން ދިވެހި ރުފިޔާ އިން ނަގުދު ފައިސާ ނެގޭވަރު ދުވާލަކަށް 200،000ރ. އަށް ލިމިޓު ކުރަން މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންގައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކުތަކުން ދިވެހި ރުފިޔާ އިން ނަގުދު ފައިސާ ނެގޭވަރު ދުވާލަކަށް 200،000ރ. އަށް ލިމިޓު ކުރަން މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންގައިފި އެވެ.

މިއީ މިގޮތަށް އެމްއެމްއޭ އިން ބޭންކުތަކަށް އެންގި ފުރަތަމަ ފަހަރެވެ. ބޭންކުތަކުން ކޮންމެ ދުވަހަކު ފައިސާ ނެގޭވަރު މީގެ ކުރިން ކަނޑައަޅަނީ އެ ބޭންކަކުން އަމިއްލަ އަށެވެ. އެހެންވެ، އެކި ބޭންކުތަކުން މިހާތަނަށް އޮންނަނީ އެކި އަދަދު ކަނޑައަޅައިފަ އެވެ.

އެމްއެމްއޭ އިން ބުނީ، މިއީ ނަގުދު ފައިސާ ގެންގުޅުން މަދުކޮށް، އިލެކްޓްރޯނިކް ޓްރާންސެކްޝަންތައް އިތުރު ކުރުމަށް ބާރު އެޅުމަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ. މި މަހުގެ ނިޔަލަށް މި ބަދަލާ އެއްގޮތަށް އަމަލު ކުރަން ފަށަން ޖެހޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް އަންގައިފަ އެވެ.

މި ބަދަލުގެ ސަބަބުން ނަގުދު ފައިސާގެ މުއާމަލާތްތަކުގައި ދިމާވާ ދަތިތައް ކުޑަކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ނަގުދު ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތެރޭގައި ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ކުންފުންޏަކުން ބޭންކަށް ޖަމާ ކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ މަގުމަތިން ފޭރެން ވަނީ މަސައްކަތް ކޮށްފަ އެވެ.