Roadha Mihaaru
ގާނޫނާހިލާފަށް ފައިސާ ފޮނުވައިދޭ ބަޔަކު އަތުލައިގެންފި

ބަންގްލަދޭޝް އަށް ގާނޫނާހިލާފަށް ފައިސާ ފޮނުވާ ބަޔަކު އަތުލައިގެންފި

19 ޑިސެމްބަރ 2016

މަނީ ޓްރާންސްފާ ކުރުމުގެ ހުއްދަ ނެތި، އެ ހިދުމަތް ދެމުންދިޔަ ބަޔަކު ފަޅާއަރައި އެ ފަރާތްތަކާ މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ފިޔަވަޅު އަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަނީ ޓްރާންސްފާ ކުރުމުގެ ހުއްދަ ނެތި، އެ ހިދުމަތް ދެމުންދިޔަ ބަޔަކު ފަޅާއަރައި އެ ފަރާތްތަކާ މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ފިޔަވަޅު އަޅައިފި އެވެ.

އެމްއެމްއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ބީ.ކޭޝް" ގެ ނަމުގައި މަނީ ޓްރާންސްފާގެ ހިދުމަތް އިސްތިހާރުކޮށް، ބައެއް މީހުން ބަންގްލަދޭޝަށް ފައިސާ ވެސް ޓްރާންސްފާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް، އެ މައްސަލަ ބެލުމަށްފަހު ގާނޫނީ ފިޔަވަޅު އަޅާފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި މަނީ ޓްރާންސްފާ ކުރުމުގެ ހިދުމަތް ދެވޭނީ އެމްއެމްއޭ އިން ދޫކުރާ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބުންޏެވެ.

"މިގޮތަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެ އެވެ. ލައިސަންސް ނެތި މަނީ ޓްރާންސްފާގެ ހިދުމަތް ހިދުމަތް ދިނުމަކީ ގާނޫނީ ކުށެކެވެ،" ބަޔާނުގައި ބުންޏެވެ.

ގާނޫނާ ހިލާފަށް މަނީ ޓްރާންސްފާ ކުރުމުގެ ހިދުމަތްތައް ދެމުން އަންނަ ފަރާތަކާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ، އެކަން އެމްއެމްއޭ އަށް އެންގުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.