24 އެޕްރީލް 2017
ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް، އެފްއޭއެމްގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު ޝަވީދު އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތިން ވަނަ ދައުރަކަށް، ސާފިން އެސޯސިއޭޝަނުގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު މަރުޒޫގު (މަރޭ) އިންތިހާބުވެވަޑައިގެންފި އެވެ.
ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް، އެފްއޭއެމްގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު ޝަވީދު އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތިން ވަނަ ދައުރަކަށް، ސާފިން އެސޯސިއޭޝަނުގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު މަރުޒޫގު (މަރޭ) އިންތިހާބުވެވަޑައިގެންފި އެވެ.
އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީގެ 14 ގޮނޑީގެ ތެރެއިން އަންހެން ދެ މެމްބަރުންގެ ދެ ގޮނޑި ފިޔަވައި އެހެން ހުރިހާ މަގާމަކަށް މެމްބަރުން މި ވަނީ އިންތިހާބަކާ ނުލާ ހޮވިފަ އެވެ. މިކަން އިއުލާންކުރީ އިންތިހާބީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ނައިބް ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ކަމަށްވާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް އަހުމަދު ލަތީފެވެ. ހަޒާންދާރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ ދެ ދައުރުގައި ވެސް އެ މަގާމް ފުރުއްވި ކުރީގެ ޓީޓީ ކުޅުންތެރިޔާ ހުސެއިން ރަޝީދެވެ.
އެގްޒެކެޓިވް ކޮމިޓީގެ އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ ޖާގަ އަށް ހޮވުނީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއި ހޭންޑްބޯލް މޯލްޑިވްސް އެވެ. ނޮން އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމަށް ބެޑްމިންޓަން އެސޯސިއޭޝަނާއި ސްވިމިން އެސޯސިއޭޝަން އަދި ޓެނިސް އެސޯސިއޭޝަން ހޮވުނުއިރު ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ މަގާމަށް ހޮވުނީ ބޮޑީބިލްޑިން ފެޑެރޭޝަނާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނެވެ.
އަންނަ މޭ މަހުގެ 5 ވަނަ ދުވަހު އިންތިހާބު ބާއްވަން ޖެހެނީ ހަމައެކަނި އެކްސްކޯގެ އަންހެން ދެ މެމްބަރުން ހޮވުމަށެވެ. އެ ދެ މަގާމަށް ކުރިމަތިލާފައިވަނީ ނެޓްބޯޅަ އެސޯސިއޭޝަނުން އައިމިނަތު އަލީ އާއި ވޮލީބޯޅަ އެސޯސިއޭޝަނުން ޔާސްމީން އަބްދުﷲ އަދި ޝޫޓިން އެސޯސިއޭޝަނުން މޯނާ އަހުމަދު އައްބާހެވެ.
ރާއްޖޭގެ ކުޅިވަރުގެ އެންމެ ޝަރަފްވެރި މަގާމަށް 2013 ވަނަ އަހަރުގެ ޖުލައި މަހު އިންތިހާބުވެވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ ޝަވީދަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެކްސްކޯ މެމްބަރެކެވެ. ވީބީ ސްޕޯޓްސް ކްލަބް އުފައްދައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ޝަވީދު ވަނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން އެ އިދާރާ ވެސް ދޮޅު އަހަރެއްހާ ދުވަހު ހިންގަވައިފަ އެވެ.
އޮލިމްޕިކް ކޮމިޓީގެ އާ ނައިބް ރައީސް ސީވީޑް ލަތީފަކީ 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ޓޭބަލް ޓެނިސް ޓީމަށް ކުޅުއްވައި އަދި ފަހުން ވެސް ގައުމީ ފެންވަރުގައި ޓީޓީން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކުރީގެ މަޝްހޫރު ކުޅުންތެރިއެކެވެ. ރާއްޖޭގެ ހާރިޖީ ދާއިރާގައި ވެސް މަސައްކަތްކުރައްވާފައިވާ ލަތީފް ވަނީ ޓީޓީ އެސޯސިއޭޝަން ގިނަ ދުވަސްތަކެއް ވަންދެއް ހިންގަވައި އެ ކުޅިވަރު ރާއްޖޭގައި ތަރައްގީކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އޮލިމްޕިކް ކޮމިޓީ ދުވަހުން ދުވަހަށް ހިންގެވުމުގެ ޒިންމާ އޮންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގެންނެވި މަރުޒޫގު ވަނީ މިދިޔަ ދެ ދައުރުގައި އެތުލީޓުން ތަމްރީން ކުރުމުގެ ކާމިޔާބު ޕްރޮގްރާމެއް ހިންގަވައިފަ އެވެ. އޮލިމްޕިކް ކޮމިޓީއާ ގުޅުމުގެ ކުރިން މަރުޒޫގު ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރައިފަ އެވެ. ކުރީގެ މަޝްހޫރު ރެފްރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގު ވަނީ ފުޓްބޯޅަ ކެރިއަރުގައި ޔޫތޫ ގައުމީ ޓީމުތަކަށާއި ކްލަބް ވެލެންސިއާ އަދި އައިއެފްސީއަށް ކުޅެފަ އެވެ.
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް
އަންހެން ޓީޓީ ޓީމަށް ލަންކާ އަތުން ތާރީހީ މޮޅެއް
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
މުންސިފް ބަލިކޮށް ގައުމީ ތަށި އަޚްޔާރު ހޯދައިފި
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް!
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި
ޓީޓީގެ ރައީސް އަލީ އިތުރުދައުރަކަށް ވާދަކުރައްވަނީ