ފީފާ އިން މަހަކު އެއް ފަހަރު ނެރޭ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ 101 ވަނަ މަގާމަށް އިންޑިއާ އަރައި ބޮޑު ކުރިއެރުމެއް ހޯދިއިރު، ދިވެހިރާއްޖެ 11 ދަރަޖައިގެ ވެއްޓުމަކާ އެކު، 151 ވަނައިގައި ލައްވާލައިފި އެވެ.
06 އެޕްރީލް 2017
ފީފާ އިން މަހަކު އެއް ފަހަރު ނެރޭ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ 101 ވަނަ މަގާމަށް އިންޑިއާ އަރައި ބޮޑު ކުރިއެރުމެއް ހޯދިއިރު، ދިވެހިރާއްޖެ 11 ދަރަޖައިގެ ވެއްޓުމަކާ އެކު، 151 ވަނައިގައި ލައްވާލައިފި އެވެ.
މިއީ 1996 ވަނަ އަހަރު ދުނިޔޭގެ 101 ވަނަ އަށް އިންޑިއާ އެރި ފަހުން ރޭންކިންގައި އެ ގައުމު އެންމެ ކުރިއަށް ޖެހުނު ފަހަރެވެ. މީގެ ދެ އަހަރު ކުރިން 2015 ވަނަ އަހަރުގެ މާޗު މަހު ދުނިޔޭގެ 173 ވަނައިގައި އޮތް އިންޑިއާ މިހާ ބޮޑު ކުރިއެރުމެއް ހޯދިއިރު އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިންގެ ތިން މެޗާއި ބައިނަލްއަގްވާމީ އެކުވެރިކަމުގެ ތިން މެޗެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ މިއީ އޭނާގެ ދައުރުގައި އިންޑިއާ ރޭންކިންގައި އެންމެ ކުރި ހޯދި ފަހަރަށް ވުމުން ހާއްސަ އުފަލެއް ލިބިފައިވާ ކަމަށާއި އެކަމަކު އަދި މިއީ ފެށުމެއް ކަމަށެވެ.
"ރޭންކިން އަކީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެއް. އެހެންކަމުން އަހަރެމެން ތިބެން ޖެހޭނީ ހަމަބިމުގައި. އެއް މެޗުން ބަލިވެއްޖެއްޔާ 40 ދަރަޖަ ފަހަތަށް ވެއްޓިދާނެ. މޮޅުވެއްޖެއްޔާ 50 ދަރަޖަ ކުރިއަށް ޖެހިދާނެ،" ހިންދުސްތާން ޓައިމްސްއާ ވާހަކަދައްކަމުން ޗެތުރީ ބުންޏެވެ.
އޭނާ ބުނީ ހަގީގީ ކާމިޔާބަކަށް ވާނީ މި މަގާމް ދެމެހެއްޓުން ނުވަތަ ތިން ހަތަރު އަހަރު ތެރޭ މިއަށް ވުރެ މައްޗަށް އެރުން ކަމަށެވެ.
"އެކަމަށް ޖެހޭނެ އަހަރެމެންނަށް ވުރެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތައް ކުޅެން. އަދި މެޗުތަކުގައި އެއް ފެންވަރެއްގައި ކުޅެން ޖެހޭ ހާއްސަކޮށް ރަށުން ބޭރުގައި،" ޗެތުރީ ބުންޏެވެ.
ފީފާ އިން 1992 ވަނަ އަހަރު ތައާރަފްކުރި ރޭންކިންގައި އިންޑިއާ އެންމެ މައްޗަށް އެރީ 1996 ވަނަ އަހަރު ދުނިޔޭގެ 94 ވަނަ އަށެވެ. މި ފަހަރުގެ ރޭންކިންގައި އޭޝިއާގެ 11 ވަނައިގައި އިންޑިއާ އޮތްއިރު އެ ޓީމު އޮތީ ދެކުނު އޭޝިއާގެ އެއް ވަނައިގަ އެވެ.
ސަރަހައްދުގެ ދެ ވަނައިގައި ރާއްޖެ އޮތްއިރު އިންޑިއާއާ ރާއްޖެއާ ދެމެދު 50 ދަރަޖައިގެ ފަރަގެއް އެބައޮތެވެ. ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުން އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީން އަތުން 3-0 އިން ބަލިވިއިރު އޭގެ ކުރިން އޮތް ފީފާ ތާރީހުގައި ރާއްޖޭން މެޗެއް ނުކުޅެ އެވެ.
ފީފާ ރޭންކިންގައި ރާއްޖެ މިހާތަނަށް އެންމެ މައްޗަށް އެރީ 2006 ވަނަ އަހަރު، ދުނިޔޭގެ 126 ވަނަ އަށެވެ. އެންމެ ދަށަށް ދިޔައީ 1997 ވަނަ އަހަރު، ދުނިޔޭގެ 183 ވަނަ އަށެވެ.
ސަރަހައްދުގެ ތިން ވަނައިގައި އޮތީ ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު އަފްގާނިސްތާނެވެ. އެ ޓީމު އޮތީ ދުނިޔޭގެ 153 ވަނައިގަ އެވެ. މި ސަރަހައްދުގެ ހަތަރު ވަނައިގައި އޮތީ ކުރިން ދުނިޔޭގެ ފުލުގައި އޮތް ބޫޓާނެވެ. ދުނިޔޭގެ 164 ވަނައިގައި ބޫޓާން އޮތްއިރު މި ފަހަރު ވަނީ 13 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ކުރިން ތިން ވަނައިގައި އޮތް ނޭޕާލް މިފަހަރު ސަރަހައްދުގެ ހަތަރު ވަނައިގައި އޮތްއިރު ދުނިޔޭގެ ރޭންކިންގައި އެ ގައުމުގެ މަގާމަށް ބަދަލެއް ނައިސް، އޮތީ 170 ވަނައިގަ އެވެ. ބަންގްލަދޭޝް އޮތީ ދުނިޔޭގެ 193 ވަނައިގައި، ދެކުނު އޭޝިއާގެ ފަސް ވަނައިގަ އެވެ. ސްރީ ލަންކާ ދުނިޔޭގެ 197 ވަނައިގައި އޮތްއިރު ޕާކިސްތާން އޮތީ 201 ވަނައިގަ އެވެ. އެ ގައުމު މި ފަހަރު ވަނީ ތިން ދަރަޖަ ފަހަތަށް ޖެހިފަ އެވެ.
ޗެތުރީ އެނބުރި އައިސް ގޯލަކާއެކު އިންޑިއާ މޮޅުކޮށްދީފި
ޓީމު ދެބަޔަކަށް ބަހައިގެން ދެ ފްލައިޓްގައި އިންޑިއާއަށް
ފީފާގެ ރޭންކިންގައި ރާއްޖެ ފަހަތަށް ސޮއްސާލައިފި
އިންޑިއާ 100 އަށް، ރާއްޖެއަށް ބަދަލެއް ނާދޭ
ސާފްގެ ކުރިން އިންޑިއާއިން ކޮންޓިނެންޓަލް ކަޕް ހޯދައިފި
ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް ނަގާނީ އަޅުގަނޑު:ސުޒޭން
ޗެތުރީގެ ދެލަނޑުން ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
2008 ގެ ފައިނަލް: އިންޑިއާ އަށް ހަޖަމު ނުވި ބަލި
ޓިކެޓް ކިޔުގައި ފޫހިފިލުވުމުގެ ގޮތުން ތާސް ކުޅުމުގައި
ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނެއް ނޯންނާނެ: ބައްސާމް