11 އޮކްޓޯބަރ 2021
ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ނޯންނާނެ ކަމަށް އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ނޯންނާނެ ކަމަށް އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ޓިކެޓް ވިއްކުމުގެ އިންތިޒާމު ސޯޝަލް ސެންޓަރުގައި ހަމަޖެއްސުމަށް ފަހު، އެ ތަނުގައި ބޭއްވި ޕްރެސް ބްރީފިންއެއްގައި ބައްސާމް ވިދާޅުވީ ޓިކެޓް ވިއްކުގައި ކޮރަޕްޝަނަށް ޖާގައެއް ނޯންނާނެ ކަމަށެވެ.
"ކޮރަޕްޝަންގެ ކަންތައްތަކެއް ހިންގާނެ ޖާގައެއް ނޯންނާނެ ޓިކެޓް ވިއްކުމުގައި މި އަންނަ އަގުތަކަށް ބަލާއިރު،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދެންނެވިހެން 5،000 ޓިކެޓްގެ ތެރެއިން ފުދޭ ވަރެއްގެ ބައެއް އެބަދޭ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތައް އަދި ސްޕޮންސަރުންނަށް. ދެން ބާކީ އޮތް އެއްޗެއް ވަރަށް ތަފުސީީލުކޮށް މި އޮންނަނީ ވިއްކޭނެ ގޮތް. އެހެންވީމާ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިނގާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."
ކުރިން ކުޅުނު މެޗުތަކުގައި ޓިކެޓް ގަންނަން ބައެއް މީހުން ކިޔުގައި ޖެހިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން އޮތް ކަމުގެ ތުހުމަތު ބައްސާމާއި އެފްއޭއެމްގެ މައްޗަށް ކުރީ މިދިޔަ ހޮނިހިރު ދުވަހު ޓިކެޓް ވިއްކި އިރު ގަލޮޅު ދަނޑަށް ވިއްކަން ގެންދިޔަ ޓިކެޓްތަކުގެ އަދަދު ސާފުނުވުމުންނެވެ. އެ ދުވަހުގެ ހެނދުނު 10 ޖެހި އިރު ޓިކެޓް ވިއްކަން ފެށި ނަމަވެސް މާ ގިނައިރުތަކެއް ނުވެ ހުރިހާ ޓިކެޓެއް ހުސްވީ އެވެ. އެކަމަކު، ދަނޑަށް ގެންދިޔަ ޓިކެޓުގެ އަދަދެއް ފުޓުބޯޅައާ ބެހޭ އިދާރާ އިން މިހާތަނަށް ރަސްމީކޮށެއް ނުބުނެ އެވެ.
5،000 ޓިކެޓްގެ ތެރެއިން ފުދޭ ވަރެއްގެ ބައެއް އެބަދޭ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތައް އަދި ސްޕޮންސަރުންނަށް. ދެން ބާކީ އޮތް އެއްޗެއް ވަރަށް ތަފުސީީލުކޮށް މި އޮންނަނީ ވިއްކޭނެ ގޮތް. އެހެންވީމާ ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިނގާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."--- ބައްސާމް
މައްސަލަ ހޫނުވުމުން އެފްއޭއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކަށް އަދި ސްޕޮންސަރުންނަށް 2،500 ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކަށް ޓިކެޓް ނުލިބުމުން އެ 2،500 ޓިކެޓްގެ ތެރެއިން 1،000 ޓިކެޓް ސޯޝަލް ސެންޓަރުގައި މީހަކަށް ޓިކެޓެއްގެ މަގުން ވިއްކާނެ ކަމަށް އެފްއޭއެމުން ހޮނިހިރު ދުވަހު ބުންޏެވެ.
ހޮނިހިރު ދުވަހުގެ ރޭ 1،000 ޓިކެޓް ވިކި ހުސްވީ އެންމެ ހަތަރުގަޑިއިރުގެ ތެރޭގަ އެވެ. އެ ދުވަހުގެ ރޭގަނޑު އަށެއް ޖެހިރު ޓިކެޓް ވިއްކަން ފެށި ގޮތަށް ޓިކެޓް ވިއްކައި ނިމުނީ ދަންވަރު 12:30 ގަ އެވެ. އޭރު ޓިކެޓް ނުލިބި 21 މީހުން ކިއޫގައި ވެސް ތިއްބެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއެކު މިއަދު ބޭއްވި ބްރީފިންގައި ބައްސާމް ވިދާޅުވީ، ކްލަބުތަކަށާއި ސްޕޮންސަރުންނަށް ލިބޭ ޓިކެޓް ތަކުގެ ތެރެއިން އަދި ވަކިން ހާއްސަކޮށް ކުޅުންތެރިންގެ އާއިލާތަކަށް ދޭ ޓިކެޓް ތަކުގެތަކުގެ ތެރެއިން ބައެއް އާންމުންނަށް ދޫކޮށްލަން ކުޅުންތެރިން ނިންމުމުން އެ ކަމަށް ޝުކުރު ހައްގު ކަމަށެވެ.
ރާއްޖެ އާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ސާފް ޗެމްޕިއަންޝިޕްގައި ޓިކެޓް ވިއްކުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށް ބުނެ، މިދިޔަ ހޮނިހިރު ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފަ އެވެ. ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ޓިކެޓް ނުލިބުމުން ގިނަ ބަޔަކު ވަނީ ބައްސާމްގެ އިސްތިއުފާ އަށް ގޮވި އެވެ. ބައެއް މީހުން ދަނޑުގެ އެތެރެއަށް ވެސް ވަދެގަތެވެ.
އަންނަ ބުދަ ދުވަހުގެ ރޭ އޮންނަ އިންޑިއާ އާއި ރާއްޖޭގެ މެޗުގެ ޓިކެޓް ސޯޝަލް ސެންޓަރުގައި ވިއްކުމަށް ހަ ކައުންޓަރުން ބެހެއްޓުމަށް ޔޫތު، ސްޕޯޓްސް މިނިސްޓްރީން މަސައްކަތް ކުރާ ކަމަށް ބައްސާމް މިއަދު ވިދާޅުވި އެވެ. ސޯޝަލް ސެންޓަރުގައި ދިވެހިންނަށް 3،000 ޓިކެޓް ވިއްކާނެ އެވެ. މީހަކަށް ގަނެވޭނީ މަދުވެގެން ދެ ޓިކެޓެވެ. ކޮންމެ ޓިކެޓެއް ވެސް ވިއްކާނީ އައިޑީ ކާޑާއި ކޮވިޑް ވެކްސިން ކާޑު ދެއްކުމުންނެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ޓިކެޓް ވިއްކަމުން ދިޔައީ މީހަކަށް ފަސް ޓިކެޓްގެ މަގުންނެވެ.
ގައުމީ ޓީމާއެކު ދެގޮތެއް ނުވެ ތިބެ 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކުރާ ދިވެހި ސަޕޯޓަރުން މިއަދުގެ މެޗުގައި ޓީމަށް ސަޕޯޓްކުރަނީ--. ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖެ-އިންޑިއާ ކުޅޭ މެޗަށް، އިންޑިއާގެ ސަޕޯޓަރުންނަށާއި އެ ދުވަހު ހަވީރު ނޭޕާލް- ބަންގްލަދޭޝްގެ މެޗަށް ޓިކެޓް ވިއްކާނީ ގަލޮޅު ދަނޑުންނެވެ. ރާއްޖޭގެ މެޗަށް އިންޑިއާގެ ސަޕޯޓަރުންނަށް ވިއްކާނީ 200 ޓިކެޓެވެ.
- ދިވެހިންނަށް 3،000 ޓިކެޓް.
- ވިއްކާނީ މީހަކަށް ދެ ޓިކެޓް.
- ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުން.
- ޓިކެޓް ވިއްކަން ފަށާނީ އަންގާރަ ދުވަހުގެ ހެނދުނު 10 ޖަހާއިރު.
- ކޮންމެ ޓިކެޓެއް ވެސް ވިއްކާނީ އައިޑީ ކާޑާއި ވެކްސިން ކާޑު ދެއްކުމުން.
- އަވޭ ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ގަލޮޅު ދަނޑުން.
ދިވެހިންނަށް ހާއްސަ ކޮށްފައިވާ ޓިކެޓްގެ ތެރެއިން ކުޅުންތެރިންގެ އާއިލާތަކަށާއި ކްލަބުތަކަށާއި މުބާރާތުގެ ސްޕޮންސަރުންނަނަށް ހާއްސަކޮށްފައިވަނީ 1،800 އެއްހާ ޓިކެޓެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. ތިން މެޗު ކުޅެ ރާއްޖެ އަށް ހޯދިފައި ވަނީ ހަ ޕޮއިންޓެވެ. ނޭޕާލް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ނޭޕާލް އެއްވަނައިގައި އޮތީ ރާއްޖެ އަތުން މޮޅުވެވެފައި ވުމުން ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީ އެވެ.
ބުދަ ދުވަހުގެ ހަވީރު ނުކުންނާނީ ނޭޕާލް އާއި ބަންގްލަދޭޝް އެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ނޭޕާލަށް ވެސް ފައިނަލަށް ދެވޭނެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
ޓީމުގެ ޕީސީއާރް ނެގެޓިވް، ގަތަރުގައި ޓްރޭނިން ފަށައިފި
އެފްއޭއެމް:ބަންގްލަދޭޝް ހޮޓަލަކަށް ބޮޑު ބިލެއް ނުދައްކާ
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
އުއްޗު ދެއްވި ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
ފުޓުބޯޅަ ހަލާކުވެއްޖެ، ޒިންމާ ނަގާނެ ބަޔަކު ނެތް!
އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟