07 ޖުލައި 2023
މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ކުރީކޮޅު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑާޝިޕް ބަދަލުކުރުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ފާޅުގައި މަސައްކަތެއް ފެއްޓެވި އެވެ. މީގެ ކުރިން ކުޅިވަރު މިނިސްޓްރީގެ ވަޒީރުކަމަށް ވަޑައިގެންނެވި އެހެން ބޭފުޅުންނާ ވެސް، އެފްއޭއެމްއާ ހިޔާލު ތަފާތުވުން އުފެދި މައްސަލަތައް ޖެހިފައި އެބަހުއްޓެވެ. އެކަމަކު އެފްއޭއެމް ބަދަލުކުރުމަށް މަހުލޫފް ފެއްޓެވި ވަރުގެ މަސައްކަތެއް ފެއްޓެވި އެހެން ވަޒީރަކު އެ ވުޒާރާއަކާ މީގެ ކުރިން ހަވާލުވެވަޑައެއް ނުގަންނަވަ އެވެ. އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފީއާ ބައްދަލު ކުރައްވަން ލަންޑަނަށް މަހުލޫފް ވަޑައިގަތީ ސީދާ އޭރު އެފްއޭއެމް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ކުރީކޮޅު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑާޝިޕް ބަދަލުކުރުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ފާޅުގައި މަސައްކަތެއް ފެއްޓެވި އެވެ. މީގެ ކުރިން ކުޅިވަރު މިނިސްޓްރީގެ ވަޒީރުކަމަށް ވަޑައިގެންނެވި އެހެން ބޭފުޅުންނާ ވެސް، އެފްއޭއެމްއާ ހިޔާލު ތަފާތުވުން އުފެދި މައްސަލަތައް ޖެހިފައި އެބަހުއްޓެވެ. އެކަމަކު އެފްއޭއެމް ބަދަލުކުރުމަށް މަހުލޫފް ފެއްޓެވި ވަރުގެ މަސައްކަތެއް ފެއްޓެވި އެހެން ވަޒީރަކު އެ ވުޒާރާއަކާ މީގެ ކުރިން ހަވާލުވެވަޑައެއް ނުގަންނަވަ އެވެ. އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފީއާ ބައްދަލު ކުރައްވަން ލަންޑަނަށް މަހުލޫފް ވަޑައިގަތީ ސީދާ އޭރު އެފްއޭއެމް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
އެކަމަކު އެ މަސައްކަތުގައި މަހްލޫފް ހަތިޔާރު ބެހެއްޓެވީ، މީގެ ކުރިން އެ ވުޒާރާއާ ހަވާލުވި އެހެން ވަޒީރަކު ގޮތް ދޫކުރެއްވި ވަރަށް ވުރެ ވެސް މާ ފަސޭހަކޮށެވެ.
"ތަޅާފޮޅުން ނިމިއްޖެ. އެ ކުރި ގޮތަކަށް ކޮށްގެން ބައްސާމް މޮޅުވީ،" އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ފެއްޓެވި މަސައްކަތް ނިންމާލީކަން ހާމަކޮށް، ސެޕްޓެމްބަރު 2019 ގައި މަހުލޫފް ވިދާޅުވެފައި ވެއެވެ.
ހަމަ އޭރު އޭނާ ވިދާޅުވީ އެފްއޭއެމް ބަދަލު ކުރުމުގެ ބާރު އޮތީ ކްލަބްތަކަށް ކަމަށެވެ. ކުޅިވަރު ހިންގެވުމުގައި އޭރު އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވީ އެފްއޭއެމް ދާނެ ގޮތަކަށް ދާން، މަހްލޫފް ދޫކޮށްލެއްވީ އެހިސާބުން ކަމަށެވެ. އޭނާ އަށް ވެސް އެ ނޫން ގޮތެއް ނެތީ ކަމަށެވެ.
އެކަމަކު، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި، އެހެން ބަޔަކާ ގުޅުވާފައި އެސޯސިއޭޝަންތައް އިސްލާހު ކުރުމުގައި މިނިސްޓަރުގެ ދައުރު ކުޑައެއް ނުކުރެވޭނެ އެވެ. އޭގެ މާނައަކީ، މިނިސްޓަރަކީ ބާރު ދޫކޮށްލެވެން އޮތް ބޭފުޅެއް ނޫން ކަމަށެވެ.
އެފްއޭއެމް އޮތީ އަޑިގަނޑެއްގެ ތެރޭގަ އެވެ. އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. ފައިސާއެއް ނެތެވެ. ދަރަނި އެހާ ބޮޑެވެ. އިންތިޒާމުތައް ސުމެކެވެ. މުބާރާތްތަކުން ނެރޭ ނަތީޖާގައި ވަރެއް ނެތެވެ. އަނެއްކޮޅުން ގިނަ ކްލަބްތަކުގައި އަމިއްލަ އަށް ކުލަބު ހިންގާލެވޭނެހާ ގާބިލު ކަމެއް ނެތެވެ. ކުޅުންތެރިންނާއި ކޯޗުންނަށް ކްލަބްތަކުން މުސާރަ ނުދޭ ވާހަކަ އަކީ ނިމެން ނެތް އަދި ހައްލެއް ވެސް ނުލިބުނު ބޮޑު މައްސަލައެކެވެ.
އެކަން ގޮސް ނިމެނީ ވެސް އެފްއޭއެމް އާ ހަމައިންނެވެ. އެފްއޭއެމުން ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ބަރާބަރަކަށް ނުދެ އެވެ. އެ އެސޯސިއޭޝަންގެ އިދާރީ އަދި ޓެކްނިކަލް މުވައްޒަފުންނަށް އަދި ގައުމީ ޓީމުތަކުގެ ކޯޗުންނަށް ވެސް މުސާރައެއް ނުދެވެ އެވެ. ރެފްރީންނާއި އެހެނިހެން ވެސް އޮފިޝަލުންނަށް ނުދީ ހުރި އެތައް ފައިސާއެއް އެބަހުއްޓެވެ.
ދިވެހި ލީގުގައި މެޗު އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވާ ރެފްރީ އަކު ބުނީ، ބައެއް ރެފްރީންނަށް އެލެވެންސްގެ ގޮތުގައި 40،000ރ. އަށް ވުރެ ބޮޑެތި އަދަދުތަކުން ދޭން އެބަހުރި ކަމަށެވެ.
"އެކަމަކު އެއިން ކަމަކާ ޝަކުވާއެއް ކުރިޔަސް ދެން އެ ރެފްރީ އަކަށް މެޗުތަކަކުން އަދި އިންޓަނޭޝަނަލީ ލިބޭ ފުރުސަތުތަކެއް ވެސް ނުލިބޭ ގޮތަށް ބާކީކޮށްލަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ރެފްރީ އަކު ބުންޏެވެ.
"އެ ފައިސާ ނުދީގެން ޝަކުވާއެއް ހުށަހަޅާނެ ގޮތެއް ވެސް ނެތް."
ރެފްރީންތަކެއް މެޗަށް ނުކުންނަނީ: އެފްއޭއެމްގެ ސަބަބުން ކުރިއަށް ދެވޭނެ ގޮތެއް ނެތް -- ފައިލް ފޮޓޯ: މިހާރު
ރެފްރީންނަށް އެއްވެސް ފައިސާއެއް ނުދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.
މައްސަލަ ޖެހިފައި ހުރީ ސީދާ އެފްއޭއެމުން ދޭން ޖެހޭ ފައިސާގައި އެކަންޏެއް ވެސް ނޫނެވެ. ހެޔޮ އެދޭ ފަރާތްތަކުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް ހަދިޔާގެ ގޮތުގައި ދޭ ފައިސާ ވެސް ކުޅުންތެރިންނަށް ދީފައެއް ނެތެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މެދުވެރިވެގެން މީގެ ދެ އަހަރު ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް ހޯދައިދިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަދި ވެސް ކުޅުންތެރިންނަށް ބަރާބަރަށް ފޯރުކޮށްދީފައެއް ނުވެ އެވެ.
ކްލަބް ފުޓްބޯޅަ ނުކުޅެ އަށް މަސް ހޭދަ ކުރި އެވެ. ގައުމީ ޓީމަށް އޭގެ އަސަރު ކުރި އެވެ. ސަރަހައްދީ ފުޓްބޯޅައިގައި ކުރިން ދުވަހަކު ރާއްޖެ ނުވެއްޓޭ ވަރަށް އަޑިއަޅާލައިފި އެވެ.
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމްގެ ފަރާތުން އުއްޗު އަށް ޖޯޒީއެއް ހަވާލުކޯށް ދެއްވަނީ: އުއްޗު މެދުވެރިކޮށް ގައުމީ ޓީމަށް ހޯދައިދިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަދިވެސް ކުޅުންތެރިންނަށް ދީފައެއް ނުވޭ
އަންހެން ފުޓްބޯޅައިގެ ރަސްމީ އެއްވެސް މުބާރާތެއް އެފްއޭއެމުން އިސްވެ ނުބާއްވާތާ ހަތް އަހަރު ވެއްޖެ އެވެ. އެކަމަކު އަންހެން ފުޓްބޯޅަ އަށް ހޭދަ ކުރުމަށް ފީފާއި އާއި އޭއެފްސީން ކަނޑައަޅައިފައިވާ ފައިސާ އެފްއޭއެމުން ހޯދަ އެވެ.
"އަޅުގަނޑަށް ޔަގީންކަން ދޭން ކެރޭ އެ ފައިސާގެ 80 ޕަސެންޓް ވެސް އަންހެން ފުޓްބޯޅަ އަށް ހޭދަ ނުކުރާކަން. އެ ފައިސާ ބޭނުން ކުރަނީ އެހެންކަންކަމަށް،" އެފްއޭއެމްގެ ފުޓްބޯޅަ ޑިޕާޓްމެންޓްގައި ކުރިން މަސައްކަތް ކުރި މުވައްޒަފަކު ބުންޏެވެ.
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްއިން ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން ފުޓްބޯޅަ ޓީމު: އަންހެން ފުޓްބޯޅަ އާ މެދު އެފްއޭއެމުން އިހުމާލުވެފައިވާ ކަމަށް ކުރީގެ ކުޅުންތެރިން ބުނޭ
އަންހެން ފުޓުބޯޅައިގެ ބައެއް ހަރަކާތެރިން ބުނި ގޮތުގައި އަންހެން ފުޓްބޯޅަ އާމެދު އެފްއޭއެމުން ވަނީ އިހުމާލު ވެފަ އެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި، އެކްސްކޯ ހޮވަން، ބަޖެޓަށް އަދި އަސާސީ ގަވާއިދު ފާސްކުރަން ވޯޓް ދެނީ ކްލަބްތަކެވެ. އެ ކޮންގްރެސްގައި ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުން އެކަނި 16 ވޯޓް ކޮންޓްރޯލް ކުރެ އެވެ. އެއީ ކޮންގްރެސްގެ ކަމެއް ފުރޮޅާލަން އަގުލަބިއްޔަތު ހޯދޭވަރުގެ އަދަދެކެވެ.
އެކަމަކު ކަމެއް އިސްލާހު ކުރަން ވާހަކަ ދައްކާ ކްލަބެއް ނެތެވެ. އެފްއޭއެމް އާއި ފުޓްބޯޅައިގައި ހުރި ބޮޑެތި މައްސަލަތަކާ މެދު ކަންބޮޑުވާނެ ކްލަބެއް ވެސް ނެތެވެ.
އެފްއޭއެމްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އިސް ނެގި ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން ދެން އެކަމަށް ފައި ނެގި ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް މުސާރައިގެ މައްސަލަ އަޅުވާފައި ސަސްޕެންޑް ކުރީ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ--. ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
"މިހާރު ފުރަތަމަ ޑިވިޝަންގައި އޮތް ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ނުދީގެން އެފްއޭއެމް އަށް މައްސަލަ ހުށަހަޅާފައި އެބައޮތް. އެކަމަކު އެއިން މައްސަލައެއް އެބަ ހިނގާތަ؟ އެއިން ކްލަަބަކާ ސުވާލެއް ވެސް ކުރޭތަ؟ އެކަމަކު އެފްއޭއެމްއާ ދެކޮޅަށް އެއިން ކްލަބެއް ތެދުވާ ހިސާބުން މައްސަލަތައް ނިންމަން ފަށާނެ،" ވިކްޓަރީގެ އޭރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ކުރިން އެފްއޭއެމްގައި މަސައްކަތް ކުރި ހުސައިން ރަޝީދު ވިދާޅުވީ، ފުޓްބޯޅަ އަށް ބަދަލު ނާންނަނީ ވެސް ކްލަބެއްގެ ގޮތުގައި ހިންގަން ޖެހޭގޮތަށް ކްލަބްތައް ނުހިނގާތީ ކަމަށެވެ.
ދަރަންޏާއި ކުޅުންތެރިންގެ މުސާރަތައް އަދާކޮށް އަމިއްލަ އަށް ހިންދެމިލެވޭ ކްލަބަކަށް ކިރިޔާ ވެސް އޮތީ މާޒިޔާ އެވެ. އެކަމަކު ފުޓްބޯޅައިގެ ހުރި މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް ވެސް އެ ކްލަބުން ބޭނުމެއް ނުވެ އެވެ.
މިދިޔަ އަހަރު ބޭއްވި އެފްއޭއެމް ކޮންގްރެސްގައި ބައިވެރި މާޒިޔާގެ އިސް އޮފިޝަލަކާ ބައްސާމް ވާހަކަ ދައްކަވަނީ: އެފްއޭއެމްގެ މައްސަލަތަކާ މެދު ކްލަބްތަކުން ކަންބޮޑުވާތަނެއް ނުފެނޭ --- ފޮޓޯ: ނިޝާން އަލީ | މިހާރު
އެފްއޭއެމް އާއި ފުޓްބޯޅައިގައި ހުރި މައްސަލަތަކާ މެދު މާޒިޔާއިން ކަންބޮޑު ނުވަނީތޯ، އެ ކްލަބްގެ އާ ކޯޗު ތައާރަފް ކުރަން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުވާލު ކުރުމުން މައުލޫއާ ނުގުޅޭ ކަމަށް ބުނެ އެ ވާހަކަ ދައްކަން އެ ކްލަބްގެ މީޑިއާ އޮފިޝަލް ބޭނުމެއް ނުވި އެވެ.
ބައްސާމްއާ "ތަޅާ ފޮޅުން ނިމުނީ" ކަމަށް ވިދާޅުވެ، އޭރު މަހުލޫފް ވިދާޅުވި އަނެއް ވާހަކަ އަކީ އެފްއޭއެމް ބަދަލު ކުރުމުގެ މަސައްކަތުގައި އޭނާ އުޅުއްވައިގެން ފީފާއިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމެވެ.
އެކަމަކު 2008 އެފްއޭއެމް އިންތިހާބަށް ތައްޔާރުވި އިރު އޭރު އިންޓަރިމް ކޮމިޓީއާ އެކު މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރަން ސަރުކާރުން ބާރު އަޅައިގެން ފީފާގެ ސަސްޕެންޝަނެއް ނާންނާނެ ކަމަށެވެ.
"ރިފޯމް އަކީ ލިޑާޝިޕް ފުރޮޅާލައިގެން ކުރެވޭ ކަމެކޭ މިނިސްޓަރަކަށް ހުންނެވި ބޭފުޅަކަށް ހީވަންޏާ އެއީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް، ދަނޑެއްގެ ބިންގާ އަޅުއްވައި ދެއްވަނީޅ އެފްއޭއެމްގެ އެންމެ ބޮޑު ސްޕޮންސަރަކީ ސަރުކާރު
އެފްއޭއެމްގެ އެންމެ ބޮޑު ސްޕޮންސަރަކީ ސަރުކާރެވެ. އެއީ ސަރުކާރުގެ ކުންފުންޏަކުން ދޭ ސްޕޮންސާޝިޕްތަކާ ވެސް އެކުގަ އެވެ. އަދި ސީދާ ޔޫތު މިނިސްޓްރީ މެދުވެރިކޮށް އެފްއޭއެމަށް ދޫކުރާ ފައިސާ ކަމުގައި ވިޔަސް ރާއްޖޭގެ ފުޓްބޯޅައިގައި ސީދާ އެފްއޭއެމް އަށް އެންމެ ބޮޑު އެހީއެއް ދެނީ ސަރުކާރުންނެވެ.
"އެންމެ ކުޑަ ވެގެން މިނިސްޓްރީ އަށް ނޫނިއްޔާ ސްޕޯޓްސް ކޮމިޝަނަރަށް އެބަ ޖެހޭތާ އެފްއޭއެމްއާ ސުވާލު ކުރެވެން ކީއްވެހޭ ރާއްޖޭގައި އަންހެން ފުޓްބޯޅައިގެ ލީގެއް ނެތީ؟ މިއީ މިނިސްޓަރަށް ނޫނީ ސްޕޯޓްސް ކޮމިޝަނަރަށް ބާރު އެޅޭނެކަންކަން،" އިންޓަރިމް ކޮމިޓީއާ އެކު ކުރިން މަސައްކަތް ކުރެވި ބޭފުޅާ ވިދާޅުވި އެވެ.
އަންހެން ފުޓްބޯޅަ އާ މެދު އެފްއޭއެމުން "އިހުމާލު ވެފައި އޮތަސް" އެކަމާ މެދު ވެސް މިނިސްޓަރު މަހްލޫފް ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެއް ނެތެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "މިހާރު" އަށް ކަށަވަރު ކޮށްދިން ގޮތުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އެފްއޭއެމުން ހަރަދުކޮށްފައިވާ ބިލްތަކަށް ވެސް ޔޫތު މިނިސްޓްރީ މެދުވެރިކޮށް ފައިސާ ފޯރުކޮށް ދީފައި ވެއެވެ.
އެފްއޭއެމް އަކީ ބައެއް މީހުން ސިފަކުރާ ގޮތުގައި އެއްވެސް މިސްރާބެއް ނެތި ދާނެ ދިމާލަކަށް ދާން ދޫކޮށްލައިފައި އޮތް ޖަމާއަތެކެވެ. އެއީ، އަމިއްލަ ބޭނުންތަކަށް ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން އޮތް ޖަމާއަތެކެވެ. އެކަމަކު، އާންމުންނަށް ވެސް ބެހެވޭނެ ހިސާބެއް އެބައޮވެ އެވެ. އެފްއޭއެމް ތަމްސީލު ކުރަނީ ރާއްޖެ އެވެ. ދިވެހިރައްޔިތުންނެވެ. އަދި، ރައްޔިތުންގެ ބަޖެޓުން ފައިސާ ހޭދަކުރެވެ އެވެ. ގައުމީ އެންމެ ވަރުގަދަ ކުޅިވަރު އޮތީ އެ ޖަމިއްޔާގެ ބެލުމުގެ ދަށުގަ އެވެ. އެހެން ކަމަށް ވާ ނަމަ، މީގެ ޒިންމާ ސަރުކާރުން ވެސް ނަގަން އެބަ ޖެހެ އެވެ.
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް
އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާއެއް ނެތް: ޒުހޫރު