އެފްއޭއެމްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ، ގިނަ ދުވަސްތަކެއް ފަހުން، މުސާރަ ޖަމާ ކުރަން ފަށައިފި އެވެ.
02 ޖުލައި 2023
އެފްއޭއެމްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ، ގިނަ ދުވަސްތަކެއް ފަހުން، މުސާރަ ޖަމާ ކުރަން ފަށައިފި އެވެ.
ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ނުވަވަރަކަށް މަސް ވެއްޖެ އެވެ. އެ އެސޯސިއޭޝަންގެ މައުލޫމާތު އެނގޭ ފަރާތަކުން "މިހާރު" އަށް ކަށަވަރުކޮށް ދިން ގޮތުގައި ބައެއް މުވައްޒަފުންނަށް ވަނީ ނުދީ ހުރި މަސް މަހުގެ މުސާރަތައް ގަނޑުކޮށް ޖަމާކޮށްފަ އެވެ.
"ކުދި މުސާރަތައް ލިބޭ މުވައްޒަފުންނަށް ވަނީ ޖަމާކުރަން ފަށާފަ،" އޭނާ ބުންޏެވެ.
އިންޑިއާގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭތާ އަށެއްކަ މަސް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕަށް ނުދިޔައީ ނުވަ ވަރަކަށް މަސް ފާއިތުވީ އިރު ވެސް އޭނާ އަށް މުސާރަ ދީފައި ނުވުމުންނެވެ.
އެކަމަކު، ގައުމީ ޓީމަށް ނުދިޔަ ސަބަބާ ބެހޭގޮތުން މީޑިއާ އާ ވާހަކަ ދައްކާކަށް އަސްލަމް ބޭނުމެއް ނުވެ އެވެ.
މުސާރައިގެ އިތުރުން ރޯދަ އިނާޔަތާއި ޕެޝަން ފައިސާ، ޖަމާކުރުމުގައި ވެސް އެފްއޭއެމުން ފަރުވާކުޑަކުރާ މައްސަލަ ވަނީ މީގެ ކުރިން ވެސް ފެންމަތިވެފަ އެވެ.
މިދިޔަ ދެ އަހަރުގެ ރޯދަ މަހު ވެސް މުވައްޒަފުންނަށް ރޯދައިގެ އިނާޔަތް ދިނީ ގާނޫނުގައި ދޭން ކަނޑައަޅައިފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ.
ފުޓުބޯޅަ ހަލާކުވެއްޖެ، ޒިންމާ ނަގާނެ ބަޔަކު ނެތް!
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާވެސް އެކްސްކޯ މީހެއް
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރަނީ
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ބައްސާމަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ