އެފްއޭއެމްގެ އާ އަސާސީ ގަވާއިދުން އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަންދުވެއްޖެ އެވެ.
28 ޖޫން 2025
އެފްއޭއެމްގެ އާ އަސާސީ ގަވާއިދުން އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަންދުވެއްޖެ އެވެ.
މިއަދު އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފަ އެވެ. އިންތިހާބަށް ހުޅުވާލިކަން އިއުލާންކޮށް ގެޒެޓްގައި އެފްއޭއެމުން ކުރި އިއުލާނުގައި ވަނީ އެ އެސޯސިއޭޝަނުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަކެއް ހިމަނައިފަ އެވެ.
އެ ޝަރުތުތަކަކީ އަސާސީ ގަވާއިދުން ވެސް ބާރު ލިބޭ ކަންކަމެވެ. އިންތިހާބަށް ކުރިމތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ހަވަނަ މާއްދާއިން ބައްސާމަށް ކުރިމަތިލުމުގެ ދޮރު ބަންދުވާނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.
އެ ނުކުތާގައި ބުނެފައި ވަނީ؛ ފީފާގެ އެތިކްސް ކޮމިޓީ ނުވަތަ ކުޅިވަރުގެ އެހެން ޖަމިއްޔާއަކުން ކުށް ސާބިތުވެ/ ނުވަތަ ހުކުމް ކޮށްފައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ބައްސާމްގެ މައްޗަށް ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ވަނީ ނުވަ މަސް ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތިކޮށްފަ އެވެ. މިދިޔަ އަހަރު ޖުލައި މަހު ކުރިމަތި ކުރި ސަސްޕެންޝަނުގެ މުއްދަތު މިދިޔަ މާޗް މަހު ވަނީ ހަމަވެފަ އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) އަށް ހުށަހެޅުމުން އެ ކޯޓުން ވެސް ހުކުމް ކުރީ އޭނާއާ ދެކޮޅަށެވެ.
އިންތިހާބަށް ކުރިމަތިލާއިރު ނަޒާހާތްތެރިކަން ކަށަވަރު ކުރަން އެފްއޭއެމުން ވަނީ ފޯމެއް ވެސް އިއުލާނާ އެކު ހިމަނައިފަ އެވެ. އެ ފޯމުގެ ތިންވަނަ ބައިގައި ހިމަނާފައިވާ ސުވާލުތަކުގެ ތެރެއިން ދެވަނަ ސުވާލަކީ ފީފާގެ ކޮމިޓީއަކުން އެއްވެސް ފިޔަވަޅެއް އެޅިތޯ ކަށަވަރު ކުރުމަށް ކުރިމަތިކޮށްފައިވާ ސުވާލެކެވެ.
އެ ސުވާލަކީ: ފީފާގެ ކޯޑް އޮފް އެތިކްސްގެ ދެ ވަނަ ބައިގައި ފަސް ވަނަ ސެކްޝަންގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވެ، މީގެ ކުރިން ކުޅިވަރު އެއްވެސް އިދާރާއަކުން (ކެންޑިޑޭޓްގެ) މައްޗަށް ސުލޫކީ ނުވަތަފިޔަވަޅެއް އަޅާފައި ނުވަތަ އަދަބެއް ދީފައި ވޭހެއްޔެވެ؟
ނަޒާހާތްތެރިކަން ކަށަވަރުކުރާ ފޯމުގެ އެ ސުވާލުން ވެސް ބައްސާމަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނެ އެވެ.
އެފްއޭއެމުން މިދިޔަ އަހަރު ދެވަނަ ފަހަރަށް ބާއްވަން މަސައްކަތް ކުރި އިންތިހާބުގައި ބައްސާމް ވާދަ ކުރެއްވި އެވެ. ދެން އެފަހަރު ކުރިމަތިލެއްވީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އެވެ. އެކަމަކު ފީފާއިން އެ އިންތިހާބު ހުއްޓުވި އެވެ. އޭގެ ފަހުން އެފްއޭއެމް ނޯމަލައިޒޭޝަން ހާލަތައް ގެނެސް އަސާސީ ގަވާއިދު އިސްލާހު ކުރި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން މިއަދު ފުރުސަތު ހުޅުވާލި އިންތިހާބުގައި ވެސް ތޯރިގް ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތަރީހަކީ ޖުލައި 6 ވާ އަންނަ އާދިއްތަ ދުވަހެވެ. އިންތިހާބު އޮންނާނީ އަންނަ މަހުގެ 26 ގަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ވެސް އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
އެފްއޭއެމްގެ ބަދަލުތައް ރާއްޖޭގެ ހަގީގަތާ ދުރަށް!
އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 26 އަށް
ކުރިން ބައްސާމް ފަޅީގައި އޮތް ގްރީންގެ ތާއީދު ތޯރިގަށް
ޒޯން އުވާލައި ދެ ޑިވިޝަނުގެ ޓީމުތަކުގެ އަދަދު އިތުރު
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
ބައްސާމާ އެކު އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތަ؟
ބައްސާމް އެކަނިވެއްޖެ، ރީތިގޮތަކީ އިސްތިއުފާ ދެއްވުން!