އެފްއޭއެމްގެ އަސާސީ ގަވާއިދުން ވެސް ޒޯންތަކުގެ މާއްދާ އުވާލައި މަތީ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރު ކުރުމަށް ގަވާއިދުގެ ޑްރާފްޓްގައި ހިމަނައިފި އެވެ.
24 ޖޫން 2025
އެފްއޭއެމްގެ އަސާސީ ގަވާއިދުން ވެސް ޒޯންތަކުގެ މާއްދާ އުވާލައި މަތީ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރު ކުރުމަށް ގަވާއިދުގެ ޑްރާފްޓްގައި ހިމަނައިފި އެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސްގައި އެ އަސާސީ ގަވާއިދަށް ވޯޓަށް އަހާނެ އެވެ.
ޑްރާފްޓް އަސާސީ ގަވާއިދު ކްލަބްތަކަށް އެފްއޭއެމުން ވަނީ ފޮނުވައިފަ އެވެ. އެ ގަވާއިދަށް އަންނަ އެންމެ ބޮޑު ބަދަލަކީ އެންމެ މަތީ ޑިވިޝަނުގެ ކްލަބްތަކުގެ ގާނޫނީ އަދަދު އިތުރު ކުރުމާއި ޒޯންތަކުގެ މާއްދާ އުވާލުމެވެ.
ފުރަތަމަ ޑިވިޝަނުގައި މި ވަގުތު 10 ޓީމު އެބައޮތެވެ. އެއީ ކުރިން ވެސް އޮތް އަށް ޓީމުގެ އިތުރުން އެންމެ ފަހުގެ ދެ ވަނަ ޑިވިޝަން މުބާރާތުން ކޮލިފައިވި ވިކްޓަރީ އާއި އޮޑި އެވެ. އެކަމަކު އެފްއޭއެމްގެ މިހާރު އޮތް އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އެއް ވަނަ ޑިވިޝަނުގެ މެންބަރު ކްލަބްތަކުތެ އަދަދަކީ އަށެއް ކަމަށެވެ. އެހެންވެ އެންމެ ފަހުން ބޭއްވި ކޮންގްރެސް އަށް ވެސް ވިކްޓަރީ އާއި އޮޑިއަކަށް ދައުވަތެއް ނުދެ އެވެ.
ދެ ވަނަ ޑިވިޝަނުގައި ކުރިން އޮންނަނީ 10 ޓީމެވެ. މިހާރުގެ ގަވާއިދުގައި ވެސް އޮންނަނީ އެހެންނެވެ. އެކަމަކު ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން 13 ޓީމު އެބައޮތެވެ. އެހެންވެ އަސާސީ ގަވާއިދު ވެސް އެގޮތަށް ބަދަލު ކުރުމަށް ޑްރާފްޓްގައި ވަނީ ހުށަހަޅައިފަ އެވެ.
އެފްއޭއެމުން އަމަލު ނުކުރިޔަސް މިހާރުގެ ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނަށް ކޮންގްރެސްގައި ހައިސިއްޔަތު ލިބެން ޖެހޭނެ ކަމަށް އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއިން ބާރު ލިބޭ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
- އެއް ވަނަ ޑިވިޝަނުގެ 8 ކްލަބް
- ދެ ވަނަ ޑިވިޝަނުގެ 10 ކްލަބް
- 9 ޒޯން
މިއީ ޖުލައި 2020 ގައި އެފްއޭއެމުން ބޭއްވި ކޮންގްރެސްއިން އިސްލާހު ކުރި އަސާސީ ގަވާއިދުގައި އޮތް ގޮތެވެ.
ނުވަ ޒޯންކަމަށް ބުނެ އެފްއޭއެމުން ކޮންގްރެސްއިން ޖާގަ ދެނީ ތިން ވަނަ ޑިވިޝަނުގެ އެއް ކްލަބަށެވެ. ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެގެން ބޭއްވި ފުރަތަމަ ކޮންގްރެސްގައި ވެސް ތިން ވަނަ ޑިވިޝަނުން އެ ޖާގަ ދިނީ ސީބީއެލްއަށެވެ.
- އެއްވަނަ ޑިވިޝަނުގެ 10 ކްލަބް
- ދެ ވަނަ ޑިވިޝަނުގެ 13 ކްލަބް
ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސް އަށް ވެސް އެ ޓީމަށް ދައުވަތު ފޮނުވާފައިވާ ކަމަށް ސީބީއެލްގެ އޮފިޝަލް ބުންޏެވެ.
އެކަމަކު، މިހާރު ހުށަހަޅާފައިވާ އަސާސީ ގަވާއިދު ފާސް ވެއްޖެނަމަ ޒޯން ނުވައެއް ނޯންނާނެ އެވެ. އޭރުން އޮންނާނީ ގަދަ ދެ ޑިވިޝަނުން ޖުމުލަ 23 ކްލަބެވެ.
އަސާސީ ގަވާއިދު ފާސް ކުރާ ކޮންގްރެސް ބޭއްވުމުގެ ކުރިން ބުރާސްފަތި ދުވަހު ކްލަބްތަކާ އެކު ފީފާގެ ވަފުދުން މަޝްވަރާ ކުރުމަށް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންގްރެސްގެ އެޖެންޑާގައި ދެން ހިމެނޭނެނީ؛ 2023 އަދި 2024 ގެ އަހަރީ ރިޕޯޓް ފާސް ކުރުން، މި އަހަރުގެ ބަޖެޓް ފާސް ކުރުން، 2025 އިން 2028 އަށް އޮޑިޓްކުރާނެ އޮޑިޓަރުން އައްޔަން ކުރުން، އަދި އިލްކްޓޯރަލް ކޯޑް ފާސް ކުރުމާއި އާ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމެވެ.
އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 26 އަށް
އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ކޮންގްރެސްއަށް ފަހު
އެފްއޭއެމް ޒޯންތައް އުފެއްދުން އިންތިހާބުވާ އެކްސްކޯއަށް
ބައްސާމަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ
އެފްއޭއެމް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ނިއު އާއި ވިކްޓަރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
އެފްއޭއެމްގެ ބަދަލުތައް ރާއްޖޭގެ ހަގީގަތާ ދުރަށް!
ކުރިން ބައްސާމް ފަޅީގައި އޮތް ގްރީންގެ ތާއީދު ތޯރިގަށް
އެފްއޭއެމްގެ ކޮންގްރެސް އަސާސީ ގަވައިދާ ހިލާފު: ޝާހް
ނުވަޒޯނަށް ކޮންގްރެސްގެ ޖާގަ ދޭންޖެހޭ: ސޭވް އެފްއޭއެމް