ގައުމީ ޓީމުން ޖާގަ ދިނުމުގައި މެޗުތަކާއި ކްލަބްގެ ޕްރެކްޓިހުގައި ވެސް ކުޅުންތެރިން ދައްކާ ކުޅުމަށް ކުރިއަށް އޮތް ތަނުގައި ބަލާނެކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މީހަން) ބުނެފި އެވެ.
03 ސެޕްޓެމްބަރ 2025
ގައުމީ ޓީމުން ޖާގަ ދިނުމުގައި މެޗުތަކާއި ކްލަބްގެ ޕްރެކްޓިހުގައި ވެސް ކުޅުންތެރިން ދައްކާ ކުޅުމަށް ކުރިއަށް އޮތް ތަނުގައި ބަލާނެކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މީހަން) ބުނެފި އެވެ.
މޯހަންގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމުން ކުރިމަތިލާ ފުރަތަމަ މެޗަށް އޭނާ ވަނީ ސްކޮޑް އެކުލަވާލާފަ އެވެ. ލަންކާގައި އެ ގައުމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްކޮޑް ނެގުމުގައި އެ ޝަރުތުތައް ނުބެލީ މޯހަން ބުނި ގޮތުގައި ޑޮމެސްޓިކް ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް މިދިޔަ ދޮޅު އަހަރު ނުކުޅެ ގައުމީ ޓީމު ނަގަން ޖެހުމުންނެވެ.
މި މަހު ފަށާ އާ ސީޒަނަށް ގިނަ ކްލަބްތަކުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ލަންކާއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު ކުޅޭ މެޗުތަކަށް ފަހު އާ ސީޒަނާ ކުޅުންތެރިން ކުރިމަތިލާނެ އެވެ.
ލަންކާގެ ދެ މެޗަށް ފަހު، ދެން ގައުމީ ޓީމު މެޗެއް އޮންނާނޯ އޮކްޓޯބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް އެ ގައުމުގަ އެވެ.
ގައުމީ ޓީމުގެ ފުރަތަމަ ޕްރެކްޓިސް ސެޝަނުގައި މޯހަން: އޭނާ ބުނީ ގައުމީ ޓީމު ނެގުމުގައި މަޝްހޫރު ނަމަކަށް ނުބަލާނެ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ބަދަލުތަކެއް (ކުރިމަގުގައި) އަންނާނެ. އެކަމަކު މިފަހަރު (ކްލަބް) މުބާރާތެއް ނެތި ގައުމީ ޓީމު ދާއިރު މާބޮޑު ބަދަލެއް ނައި ކަމުގައި ވިޔަސް މުސްތަގުބަލުގައި ގައުމީ ޓީމަށް ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ،" މޯހަން ބުންޏެވެ.
އޭނާ ބުނީ އެ ފުރުސަތު އޮންނާނީ ކުޅުންތެރިޔާގެ މަޝްހޫރު ކަމަށް ބަލައިގެން ނޫން ކަމަށެވެ. ފުރުސަތު ދޭނީ ކްލަބްތަކުގެ ކޯޗުންނާއި މަޝްވަރާކޮށް ވާހަކަ ދައްކައި މެޗުތަކުގެ އިތުރުން ޕްރެކްޓިހުގައި ވެސް ރަނގަޅަ މަސައްކަތް ކުރާ ކުޅުންތެރިންނަށް ދެނެގަނެގެން ކަމަށެވެ.
"ކުރިއަށް އޮތް ތާންގައި ވެސް އަޅުގަނޑު ގައުމީ ޓީމަށް ނަގާނީ ވެސް ކްލަބްގެ ޕްރެކްޓިހުގައި ވެސް ކްލަބްގެ މެޗުތަކުގައި ވެސް ރަނގަޅަށް ޕާފޯމް ކުރާ (އަދި) ހަމަ ކްލަބްގެ ޕްރެކްޓިހުގައި ވެސް ރަނގަޅަށް މަސައްކަތް ކުރާ، ރަނގަޅަށް ޕްރެކްޓިސް ކުރާ ކުޅުންތެރިން. އަޅުގަނޑު އެ ހުރިހާ ކަމަކަށް ވެސް ބަލާނަން. ކްލަބްތަކުގެ ކޯޗުންނާ ވެސް މަޝްވަރާކޮށް ވާހަކަ ދެކެވިގެން އަޅުގަނޑު ޓީމު ނަގާނީ،" މޯހަން ބުންޏެވެ.
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
ސީނިއާ ޓީމުގެ ކާމިޔާބަކީ ޒުވާން ޓީމުތަކަށް ހިތްވަރެއް
ނަތީޖާއަށް ވުރެ މޯހަން އުފާކުރީ ޓީމުގެ މަސައްކަތާ މެދު
ފުޓްބޯޅަ އިމޭޖް ރީތިކުރުމަކީ ޓީމުގެ ޒިންމާއެއް: ކޯޗު
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާވެސް އެކްސްކޯ މީހެއް
ގޮންޖެހުންތަކާއެކުވެސް ލަންކާގެ މެޗަށް މޯހަންގެ އުއްމީދު
ގައުމީ ޓީމުގެ ކޯޗުކަމަށް މޯހަން ހަމަޖައްސައިފި
ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރަނީ
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
އުނދަގޫ ވަގުތު ސުޒޭން ކުރި ހިދުމަތަށް ޝުކުރު