14 ނޮވެމްބަރ 2023
މިދިޔަ މަހުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ރައުންޑްގެ މެޗެއް ކުޅުމަށް ދިވެހި ގައުމީ ޓީމުން ބަންގަލްދޭޝްއަށް ގޮސް ތިބި ހޮޓަލަށް ފައިސާ ނުދައްކާ އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިދިޔަ މަހުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ރައުންޑްގެ މެޗެއް ކުޅުމަށް ދިވެހި ގައުމީ ޓީމުން ބަންގަލްދޭޝްއަށް ގޮސް ތިބި ހޮޓަލަށް ފައިސާ ނުދައްކާ އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ބަންގަލްދޭޝީގެ "އަމާރީ ޑާކާ" ހޮޓެލްއަށް 19،651.38 (303،000ރ.) ދައްކަން ޖެހެ އެވެ. މި އަދަދު ދެއްކުމަށް އެ ހޮޓަލުން ފުރަތަމަ އިންވޮއިސް ފޮނުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
އެ ހޮޓަލުގައި ގައުމީ ޓީމާއި އޮފިޝަލުން ބޭތިއްބީ ހޮޓަލުގައި ތިބޭ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ގޮތަށެވެ. އަދި ފައިސާ ނުލިބި ލަސްވެގެން، މިދިޔަ މަހުގެ 19 ވަނަ ދުވަހު ވެސް އެ ހޮޓަލުން ވަނީ އެފްއޭއެމްއަށް އީމެއިލް މެދުވެރިކޮށް ވަނީ އެކަން އަންގާފަ އެވެ. އޭރު އެފްއޭއެމްއިން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ފައިސާ ހަމަޖައްސާނެ ކަމަށް ބުނެފަ އެވެ.
އަމާރީ ޑާކާ ހޮޓަލް. އެ ހޮޓަލަށް އެފްއޭއެމް އިން ދައްކަން ޖެހޭ ތިން ލައްކައެއްހާ ރުފިޔާ އޮތީ ނުދައްކާ
އެ ހޮޓަލުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒަށް ފޮނުވި ސިޓީގައި މާދަމާގެ ނިޔަލަށް އެ ފައިސާ ދެއްކުމަށް އެދިފައިވެ އެވެ. އަދި އެފައިސާ ނުދައްކައިފި ނަމަ ކޮންމެ 15 ދުވަހަކަށް އިތުރަށް 15 ޕަސެންޓް ޗާޖެއް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ޕޭމެންޓްގެ މައްސަލަ ދިމާވުމުން އެ ހޮޓަލުން ވަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފަ އެވެ.
މިކަމާ ގުޅޭގޮތުން އެމްއެފްއޭއިން ވަނީ "މިހާރު" އަށް ޖަވާބު ދޭން ދެކޮޅު ހަދާފަ އެވެ. އެހެން ނަމަވެސް ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޝިރުޒިމަތް ސަމީރް ވިދާޅުވީ އެފްއޭއެމް އިން ފައިސާ ނުދައްކާ މައްސަލައެއް ފެންމަތިވެފައިވާ އިރު މިހާތަނަށް އެފައިސާ ހޮޓަލަށް ދައްކާފައި ނުވާ ކަމަށެވެ. އެކަމުގެ ތަފްސީލު ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް މެދުވެރިކޮށް އޮޅުން ފިލުވަން އޭނާ އެދިވަޑައިގަތެވެ.
"މިހާރު" އަށް ލިބުނު ލިޔުމުގައިވާ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ފޮރިން މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ފައިސާ އެފްއޭއެމްއިން ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އަދި އެ ފައިސާ އެފްއޭއެމްއަށް ނުދެއްކިއްޖެނަމަ އޭގެ ޒިންމާ ސަރުކާރުން ނަގާނެ ކަމަށް ބުނެފަ އެވެ.
ބަންގްލަދޭޝްއަށް ގޮސް ކުޅުން ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ރައުންޑްގެ މެޗުގައި ރާއްޖެ ވަނީ 2-1 އިން ބަލިވެފަ އެވެ. އެއާ އެކު ރާއްޖެ އަށް ވަނީ ވޯލްޑް ކަޕް ކޮލިފައިން އިން ޖާގަ ގެއްލިފަ އެވެ.
ބަންގްލަދޭޝްގެ އަމާރީ ޑާކާ ހޮޓަލަށް ފައިސާ ނުދެއްކި މައްސަލައިގެ އިތުރުން ވެސް އެފްއޭއެމްއަށް ފައިސާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ފުލުހުން ވެސް އަންނަނީ އެ އިދާރާއާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
އުއްޗު ދެއްވި ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
ފުޓުބޯޅަ ހަލާކުވެއްޖެ، ޒިންމާ ނަގާނެ ބަޔަކު ނެތް!
އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި
އެފްއޭއެމް ރިފޯމް ކުރަން ގޮވާލާ ކެމްޕޭނެއް ފަށަނީ
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
އެފްއޭމުން ކުޅުންތެރިންނަށް އަދިވެސް ފައިސާ ނުދޭ
އުއްޗު ފައިސާ ދީފި، އެފްއޭއެމުން ކުޅުންތެރިންނަށް ނުދޭ
ލާއޯސް އާއި ބުރުނާއީ އެކު ރާއްޖެއިން ދެ މެޗު ކުޅެނީ