އިއްޔެ ނެރުނު ފީފާ ދުނިޔޭގެ ރޭންކިންގެ ލިސްޓުގެ 100 ވަނައަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގަދަ ބާރު އިންޑިއާ ޖެހިލިއިރު، 154 ވަނައިގައި އޮތް ރާއްޖޭގެ ރޭންކިން އަށް ބަދަލެއް ނާދެ އެވެ.
30 ޖޫން 2023
އިއްޔެ ނެރުނު ފީފާ ދުނިޔޭގެ ރޭންކިންގެ ލިސްޓުގެ 100 ވަނައަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގަދަ ބާރު އިންޑިއާ ޖެހިލިއިރު، 154 ވަނައިގައި އޮތް ރާއްޖޭގެ ރޭންކިން އަށް ބަދަލެއް ނާދެ އެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށް ދާއިރު، މުބާރާތުގެ ސެމީ ފައިނަލަށް އިންޑިއާ ވަނީ ކޮލިފައި ވެފަ އެވެ. ނަމަވެސް ރާއްޖެއަށް ވަނީ ސެމީ އަށް ނުގޮސް ގުރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިންމާލަން ޖެހިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިއަހަރު ދައުވަތު ދީގެން ސާފް ސަރަހައްދުން ބޭރުން ދެ ޓީމެއް ވެސް ވާދަ ކުރެ އެވެ. އެއީ ހުޅަނގު އޭޝިއާގެ ދެ ގައުމު ކަމަށްވާ ލެބަނަން އާއި ކުވެއިތެވެ. ރާއްޖެ ވަނީ ގުރޫޕް ސްޓޭޖުގައި ލެބަނަން އަތުން 1-0 އިން ބަލިވެފަ އެވެ.
މެއި މަހު މުބާރާތުގެ ގުރު ނެގި އިރު ލެބަނަން އަކީ ވާދަކުރާ ގައުމުތަކުގެ ރޭންކިންގެ އެންމެ މަތީގައި އޮތް ގައުމެވެ. އެޓީމު އޮތީ 99 ވަނައިގަ އެވެ. ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އޮތީ ދެން ތިބި ޓީމުތަކަށް އަތުނުވާ ހިސާބު، 101 ވަނައިގަ އެވެ. އިއްޔެ ނެރުނު އެންމެ ފަހުގެ ރޭންކިންގައި އިންޑިއާ އިން އެއް ދަރަޖައިގެ ކުރި އެރުމެއް ހޯދި އިރު، ލެބަނަން ވަނީ ތިން ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.
މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ގުރޫޕް ސްޓޭޖުގައި އިންޑިއާ، ކުވެއިތާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި މާދަމާ ރޭ ވާދަ ކުރާނީ ވެސް އިންޑިއާ އާއި ލެބަނަން އެވެ. މި ދެ ޓީމު ވަނީ އޭޕްރީލް މަހު ނެރުނު ރޭންކިން އަށް ފަހު ދެ ފަހަރު ވާދަ ކޮށްފަ އެވެ. އެއީ މި މަހު އިންޑިއާގައި އޮތް އިންޓަކޮންޓިނެންޓަލް ކަޕްގަ އެވެ. ލީގު ބުރުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުމު އިރު ފައިނަލްގައި މި ދެ ޓީމުގެ ކުރިމަތިލުން 2-0 އިން ކާމިޔާބު ކުރީ އިންޑިއާ އެވެ.
އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ކުރިން މި އަހަރު ވަނީ ހަ މެޗު ކުޅެފަ އެވެ. މިޔަންމާ އާއި ކިރިގިސްތާނާ އެކު ޓްރައި ނޭޝަންސް ކަޕެއް ކުލުނު އިރު ލެބަނަން އާއި މޮންގޯލިއާ އަދި ވަނުއަޓޫ އާ ދެކޮޅަށް ކުޅުނު އިންޓަ ކޮންޓިނެންޓަލް ކަޕްގައި ލެބަންން އާ އެއްވަރުވި މެޗު ފިޔަވައި ހުރިހާ މެޗަކުން ވެސް ވަނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ މޮޅުވެފަ އެވެ. ރާއްޖެ ހަމައެކަނި ކުޅުނު މެޗަކީ މާޗު މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ.
ދެ ދަތަޖައިގެ ކުރި އެރުމަކާ އެކުކުވެއިތު 141 ވަނައަށް ޖެހިލާފައި ވާއިރު، ކުރިން 174 ގައި އޮތް ނޭޕާލް ވަނީ އެއް ދަރަޖަ ފަހަތަށް ޖެހިލައިފަ އެވެ.މީގެ އިތުރުން އެންމެ ބޮޑު ވެއްޓުމަކާ ކުރިމަތިވީ ސާފް ޗެމްޕިއަންޝިޕްގައި ލަނޑެއް ނުޖެހި ހުރިހާ މެޗަކުން ބަލިވެގެން ގުރޫޕް ސްޓޭޖުން ކެޓި ޕާކިސްތާނެވެ. ޕާކިސްތާން މިހާރު އޮތީ ހަ ދަރަޖައިގެ ވެއްޓުމަކާ އެކު 201 ވަނައިގަ އެވެ. އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ބޫޓާން 184 ވަނައަށް ޖެހިލާފައި ވާރު ބަންގްލަދޭޝް އަދިވެސް އޮތީ 192 ވަނައިގަ އެވެ.
ފަހުގެ ތާރީހުގައި އިންޑިއާ ވަނީ މީގެ އަށް ވަތަކަށް އަހަރު ކުރިން 173 ވަނަ އަށް ވެސް ވެއްޓިފަ އެވެ. ނަމަވެސް ބޮޑު ކުރިއެރުމެއް ހޯދައި ދެ އަހަރު ތެރޭ، 2017 ގައި އިންޑިއާ އިން ރޭންކިންގެ 96 ވަނައަށް ވެސް ޖެހިލި އެވެ. އޭގެ ފަހުން އެޓީމު ރޭންކިންގައި 109 އަށް ވުރެ ދަށަކަށް ނުދެ އެވެ. ރާއްޖޭގެ މިހާރުގެ ރޭންކިން އަކީ އާއްމު ގޮތެއްގައި ފީފާ ރޭންކިންގައި ރާއްޖެ އޮންނަ ހިސާބެވެ.
އޭޝިއާގެ ރޭންކިން އަށް ބަލައިލާއިރު ރާއްޖެ އޮތީ 30 ވަނައިގަ އެވެ. އޮކްޓޫބަރު މަހު ފަށާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރު ނެގުން އަންނަ މަހުގެ ފަހު ކޮޅަށް ތާވަލް ކުރެވިފައި ވާއިރު، ރާއްޖެ މިހާރު އޮތް ރޭންކިންގެ ސަބަބުން، ކޮލިފިކޭޝަންގެ ފުރަތަމަ ބުރުން ފަށަން ޖެހުން ގާތެވެ. އަދި ގުރޫޕް ސްޓޭޖު ކުޅެން ޖެހޭ ކޮލިފައިންގެ ދެވަނަ ބުރަށް ހޮވިއްޖެ ނަމަ ހިމެނުން އެންމެ ގާތީ ވެސް ރޭންކިންގެ އެންމެ ފަހަތުގައި ހިމެނޭ ޓީމުތަކާ އެކު ޕޮޓުގަ އެވެ.
ފީފާގެ ރޭންކިންގައި ރާއްޖެ ފަހަތަށް ސޮއްސާލައިފި
އިންޑިއާ 101 ވަނައިގައި، ރާއްޖެ އަށް 151 ވަނަ
ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
ސީނިއާ ޓީމުގެ ކާމިޔާބަކީ ޒުވާން ޓީމުތަކަށް ހިތްވަރެއް
ގައުމީ ޓީމަށް މަރުހަބާ ކިޔުން މިއަދު ހަވީރު ދަނޑުގައި
އިތުރަށް ރަނގަޅުކުރަން ކެތްތެރިކަން ބޭނުންވޭ: މޯހަން
ރާއްޖޭގެ ރެކޯޑް ދެމެހެއްޓުމުން ފައިސަލަށް ހިތްހަމަޖެހުން
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
ރައީސްގެ ހިތްވަރު ގައުމީ ޓީމަށް